އިގްތިސޯދީ ހީނަރުކަމަކަށް ނުދިއުމަށް ރައްޔިތުން ހަރަދުކުޑަކުރަން ޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ހުރިހާ ފަރުދުން ވެސް ހަރަދު ކުޑަ ކުރުމަށް ރައީސް ގޮވާލައްވައިފައިވޭ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ހުރިހާ ފަރުދުން ވެސް ހަރަދު ކުޑަ ކުރުމަށް ރައީސް ގޮވާލައްވައިފައިވޭ-- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ އިގްތިސޯދަށް ކުރަމުން އަންނަ ނުރަނގަޅު އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހީނަރުވިޔަ ނުދިނުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް ހަރަދުތައް ކުޑަ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ގޮވާލައްވައިފި އެވެ.

ރައީސް އޮފީހުގެ ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ދުނިޔެއަށް އަންނަ ސްޓްރެޓީޖިކް އަދި އިގްތިސޯދީ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެން އެންމެން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. މިކަމަށް ތައްޔާރުވުމަށް ޓަކައި ފަރުދީ ގޮތުން އަދާކުރަން ޖެހޭ ޒިންމާ ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ކަންކަމާ ކުރިމަތިލުމުގައި ވެސް، އެދެވޭ ނަތީޖާއެއް ނެރެވޭނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުން. އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން. ކޮންމެ ކަމެއްގައިވެސް އިގްތިސޯދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުން. ކަރަންޓު ހަރަދު ކުޑަކުރުން، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަރަދު ކުޑަ ކުރުމާއި އިގްތިސޯދު ކުރުމުގެ ކަންކަން ފަރުދީ ގޮތުން ކުރިއަށް ގެންދިއުމުގެ ހެޔޮ ނަތީޖާ ގައުމީ ފެންވަރުގައި ފެންނާނެ ކަމަށެވެ.

"އެއީ އިގްތިސޯދީ ގޮތުން ގައުމީ ފެންވަރުގައި އުފުލަންޖެހޭ ބުރަ ކުޑަވެގެން ދިއުން. އިގްތިސޯދީ ހީނަރުކަމެއް މެދުވެރި ނުވެ، އިމްޕޯޓް އެކްސްޕޯޓް ނުހުއްޓި ކުރިއަށް ދިއުން. މިއީ އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދަކު އެދޭނެ ކަންކަން." ރައީސް ވިދާޅުވި އެވެ.

"ގައުމުގެ ކޮންމެ ފަރުދަކުވެސް މި ކަންކަން ޢަމަލީ ގޮތުން ތަންފީޒުކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް,"

މީގެ އިތުރުން ރައީސް ވަނީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކަށް މުހިންމު އިސްކަމެއް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން، އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ޓަކައި ކުނި ވަކި ކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox