ކަސްޓަމްސް އޮފިސަރުން ތަރައްގީ ކުރުމަށް، 30 އޮފިސަރުން އިންޑިއާއަށް ފޮނުވަން ހަމަޖައްސައިފި އެވެ.
ކަސްޓަމްސް އިން ބުނީ މިއީ މުމްބާއީގެ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ފަސް ދުވަހުގެ މުއްދަތަށް މި މަހުގެ ހަޔަކުން އަންނަ މަހުގެ އެކަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްސްގައި 30 އޮފިސަރުން ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ.
މި ދަތުރުގައި ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ގާނޫނު ތަންފީޒުކުރުމުގެ މައުލޫއަށް ބިނާކޮށް ހިންގޭ ހަތަރު ހަފްތާގެ ތަމްރީނެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. އިންޓަރެކްޓިވް ސެޝަންތަކާއި ކަމާބެހޭ ވުޒާރާތަކަށް ޒިޔާރަތްކުރުން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.
ކަސްޓަމްސްއިން ވަނީ މި ތަމްރީނަށް ފުރާ އޮފިސަރުން ފުރުވާލުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތު ރިތޭޝްއާއެކު މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނަރު ޖެނެރަލް އަބްދުالله ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިއާގެ އެހީތެރިކަމާއެކު 100 އަށް ވުރެ ގިނަ ކަސްޓަމްސް އޮފިސަރުން އެ ގައުމަށް ފޮނުވައިގެން ތަމްރީނު ކޮށްފައިވާ ކަމަށް ކަސްޓަމުން މައުލޫމާތު ދެ އެވެ. އަދި އިތުރު 90 އޮފިސަރުން ވަނީ އޮންލައިން ތަމްރީންތަކެއްގައި ވެސް ބައިވެރިވެފަ އެވެ.













