އިޓަލީ ބަލިކޮށް އާޖެންޓީނާ އިން ފައިނަލިސިމާ ކާމިޔާބުކޮށްފި

Jun 1, 2022, 8:44 PM
އާޖެންޓީނާ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖޫން 1) - ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ، "ފައިނަލިސިމާ" މެޗުގައި މިރޭ 3-0 އިން އިޓަލީ ބަލިކޮށް އާޖެންޓީނާ އިން ތަށި އުފުލާލައިފި އެވެ.

މިއީ ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ ކޮޕަ އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރަޕްގެ ޗެމްޕިއަނުން މެޗެއްގައި ނުކުތް ތިން ވަނަ ފަހަރެވެ. މީގެ ކުރިން 1985 ވަނަ އަހަރު އުރުގުއޭ އަތުން ފްރާންސް މޮޅުވިއިރު، 1993 ވަނަ އަހަރު ޑެންމާކް އަތުން އާޖެންޓީނާ ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. މިރޭ، އިޓަލީ ބަލިކުރުމާ އެކު އާޖެންޓީނާ އަކީ މި މެޗުގެ ތާރީހަށް ބަލާއިރު، އެންމެ ކާމިޔާބު ޓީމެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން އިޓަލީ އާއި އާޖެންޓީނާގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އިޓަލީގެ ޖިއަކޯމޯ ރަސްޕަޑޯރީ ޖެހި ބޯޅައެއް އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓީނޭޒް ވަނީ އަތަށް ނަގައިފަ އެވެ. އޭގެ ފަހުން، އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ޖެހި ބޯޅައެއް އަމާޒުވީ އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަތަށެވެ.

އާޖެންޓީނާ އިން ލީޑުނެގީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. އިޓަލީގެ ޑިފެންޑަރު ޑި ލޮރެންޒޯ ކައިރިން ދެމިގަތުމަށް ފަހު، މެސީ، އޭރިއާތެރެެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ލަޓާރޯ މާޓީނޭޒް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މިއީ ލަޓާރޯ މާޓީނޭޒް އާޖެންޓީނާ އަށް ޖަހައިދިން، 20 ވަނަ ގޯލެވެ. އާޖެންޓީނާ އިން އެ އެޓޭކްފެށިއިރު، އިޓަލީގެ ކުޅުންތެރިއަކަށް ފައުލުކުރިތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި، ކަށަވަރުކުރި އެވެ.

އިޓަލީގެ ކެޕްޓަން ކިއެލީނީ (ވ) އާޖެންޓީނާގެ ކެޕްޓަން މެސީ ހުއްޓުވަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނަތީޖާ ހަމަހަމަކުރަން އިޓަލީގެ އަންދްރެއާ ބެލޮއްޓީ، އޭރިއާތެރެއިން، ބޮލުން ޖެހި ބޯޅަ ކީޕަރު މާޓީނޭޒް އަތަށް އަމާޒުވިއިރު، އޭރިއާބޭރުން އިޓަލީގެ ނިކޯލޯ ބަރޭލާ ޖެހި ބޯޅަ ވެސް ކީޕަރު މާޓީނޭޒް ވަނީ ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާ އިން ލީޑުފުޅާކުރިއިރު، މި ގޯލުގައި ކީޕަރު މާޓީނޭޒްގެ ދައުރު ބޮޑެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ކީޕަރު މާޓީނޭޒް ޖެހި ބޯޅަ، ލަޓާރޯ މާޓީނޭޒް ހާފުގެ މެދެއްހާ ހިސާބުން ކޮންޓްރޯލް ކުރުމަށް ފަހު، އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ކައިރިން ނައްޓާފައި، އޭރިއާތެރެއިން ހުސްކޮށްލާފައި ދިނީ އެންހެލް ޑި މާރިއާ އަށެވެ. ޑި މާރިއާ ވަނީ ހަަމަޖެހިލާފައި ކީޕަރު ޑޮންނަރުންމާ ކައިރިން ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

މިއީ، މިދިޔަ އަހަރު، ކޮޕަ އެމެރިކާގެ ތަށި އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން ގޯލު ޖެހި ޑި މާރިއާ ގައުމީ ޓީމަށް ޖަހައިދިން 25 ވަނަ ގޯލެވެ. ޑި މާރިއާ ވަނީ މި ފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފަ އެވެ.

އިޓަލީން ދެ ވަނަ ހާފަށް ނުކުތީ ތިން ބަދަލެއް ގެނެސްގެންނެވެ. މި މެޗަށް ފަހު އިޓަލީ ޓީމުން ރިޓަޔާކުރަން ނިންމާފައިވާ، ތަޖުރިބާކާރު ޑިފެންޑަރު، ޖިއޮޖިއޯ ކިއެލީނީ، 37، ގެ ބަދަލުގައި މެނުއަލް ލަޒާރީ ކުޅެން އެރިއިރު، ބެލޮއްޓީ އާއި ފެޑެރީކޯ ބާނަޑޭޝްކީގެ ބަދަލުގައި ޖިއަންލޫކާ ޝްކަމާކާ އާއި މެނުއަލް ލޮކަޓެލީ ވަނީ ކުޅެން އަރުވައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޑި މާރިއާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގައި ކުޅެން ނުކުމެ، އާޖެންޓީނާ އިން މެޗުގެ 59 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެކަމަކު، ޑި މާރިއާ ޖެހި ބޯޅަ ހުއްޓުވުމުގައި ކީޕަރު ޑޮންނަރުންމާ ވަނީ ކާމިޔާބު ހޯދައިފަ އެވެ. އަދި އިޓަލީގެ ކީޕަރު ބޮނުއްޗީ ފަހަތައް ޖައްސާލި ބޯޅަ ބައިކޮޅަށް ވަނުމުގެ ކުރިން، ކީޕަރު ޑޮންނަރުންމާ ވަނީ އެ ބޯޅަ ވެސް ސަލާމަތްކޮށްފަ އެވެ.

ފުލުފުލުގައި އާޖެންޓީނާގެ އެޓޭކް ފެނިގެންދިޔައިރު، މެޗުގެ 64 ވަނަ މިނިޓްގައި މެސީ ހުސްކޮށްލާފައި ދިން ބޯޅައެއް ޖަހަން އެރި ޖިއޮވާނީ ލޮ ސެލްސޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އޭގެ ފަސް މިނިޓް ފަހުން އޭރިއާބޭރުން މެސީ ޖެހި ބޯޅަ ކީޕަރު ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީން ބަދަލުތަކެއް ގެނެސްގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އާޖެންޓީނާގެ ޑިފެންސް ފެނުނީ ވަރަށް އޮގަނައިޒްކޮށެވެ.

އާޖެންޓީނާ އިން ވަނީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެސީ ތަނަަވަސްކުރި ފުރުސަތެއްގައި މި ގޯލު ޖެހީ ޕައޮލޯ ޑިބާލާ އެވެ. ބަދަލަކަށް ކުޅެން އެރި ޑިބާލާ ޖެހި ބޯޅަ ވަނީ ތިރީ ކަނަށެވެ.

މެޗަށް ފަހު އާޖެންޓީނާ ކުޅުންތެރިން އެ ޓީމުގެ ކެޕްޓަން މެސީ އުރާލައިގެން: ގޯލެއް ނުޖެހުނު ކަމުގައި ވިޔަސް މެސީ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައި.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗާ އެކު އާޖެންޓީނާ ވަނީ ބަލިނުވެ، 32 މެޗު ހަމަކޮށްފަ އެވެ. އާޖެންޓީނާ އެންމެ ފަހުން މެޗަކުން ބަލިވީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ސެމީ ފައިނަލުގައި ބްރެޒިލް އަތުންނެވެ. އާޖެންޓީނާ އިން 28 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ތަށީގައި އަތްލީ މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބު ކުރުމަށް ފަހު އެވެ. އެ މުބާރާތް ކާމިޔާބުކުރީ ވެސް މެޗަކުން ބަލިނުވެ އެެވެ.

މިރޭގެ ނަތީޖާއާ އެކު އާޖެންޓީނާގައި މިހާރު މި އޮތް ޓީމުން މި ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ބަލިނުވެ، އެންމެ ގިނަ މެޗު ފުރިހަމަކޮށް އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އާޖެންޓީނާ އިން ވަނީ 1991 އިން 1993 އަށް ބަލިނުވެ، 31 މެޗު ފުރިހަމަކޮށްފަ އެވެ. މި ފަހަރު މި ވަނީ އެ ރެކޯޑަށް އިތުރު ފުރިހަމަކަމެއް ގެނެސްފަ އެވެ.

މިރޭގެ މެޗަކީ، 2000 ވަނަ އަހަރަށް ފަހު އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި އާޖެންޓީނާ އިން ކުޅުނު ފުރަތަމަ މެޗެވެ.

މީގެ އެއް އަހަރު ކުރިން އިންގްލެންޑް ބަލިކޮށް، ވެމްބްލީ ސްޓޭޑިއަމްަގއި އިޓަލީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ނަމަވެސް މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އިޓަލީ އަށް ވަނީ މާޔޫސްކަމާ ކުރިމަތިލާން ޖެހިފަ އެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ވަނީ މިރޭގެ މެޗަށް ފަހު ދެން ފެށޭނީ އިޓަލީގެ ފުޓްބޯޅައިގެ އާ ސަފުހާއެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox