ލިވަޕޫލް ދޫކޮށް ސަލާހު އިނގިރޭސި އެހެން ކްލަބަަކަށް؟

Jun 2, 2022, 2:49 AM
ލިވަޕޫލް ދޫކޮށް ސަލާހު އިނގިރޭސި އެހެން ކްލަބަަކަށް؟

ލަންޑަން (ޖޫން 2) - ލިވަޕޫލާ އެކު، އެ ޓީމުގެ ތަރި މުހައްމަދު ސަލާހު އާ ކޮންޓްރެކްޓެއްގައި ސޮއިނުކޮށްފިނަމަ އޭނާ އިނގިރޭސި އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސަލާހު، 29، ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ސަލާހު ލިވަޕޫލްގައި މަޑުކުރަން ބޭނުންވި ނަމަވެސް އެއްބަސްނުވެވި އޮތީ މުސާރައަކާ މެދުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސަލާހު ލިވަޕޫލްގައި މަޑުކުރަން ކިޔާ މުސާރަ އުޅެނީ ހަފްތާ އަކު 450،000 ޑޮލަރަށް ވުރެ މަތީގަ އެވެ.

ލިވަޕޫލުން ސަލާހު ބޭނުންވާ އެ މުސާރަ ދޭނަަމަ އެ ކްލަބްގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ އެވެ. އެހެންވެ، ލިވަޕޫލުން ހުށަހަޅާފައިވަނީ އެ ކްލަބުން ގެންގުޅޭ މުސާރައިގެ އޮނިގަނޑަށް ފެތޭ ގޮތަށް 30 އަހަރުގެ ނުވަތަ އެ އުމުރާ ގާތުގައި ހުރި ކުޅުންތެރިއަކަށް ދެވޭނެ އެންމެ ބޮޑު މުސާރަ ސަލާހު އަށް ދޭށެވެ. އެއީ ހަފްތާ އަކު 380،000 ޑޮލަރު ލިބޭ ގޮތަށެވެ. އެކަމަކު، ސަލާހާއި އޭނާގެ އޭޖެންޓް ރާމީ އައްބާސް އެ ހުށަހެޅުމާ މެދު ވަކި ގޮތެއްނުނިންމަ އެވެ.

ލިވަޕޫލުން ހުށަހަޅާފައި އޮތީ ކުރިން ލިބެމުން އައި މުސާރަ އަށް ވުރެ 15 ޕަސެންޓް އިތުރު އަދަދެކެވެ. އެކަމަކު، ސަލާހުގެ އޭޖެންޓް، އައްބާސް ދެކޭގޮތުގައި މިއީ ސަލާހު ދައްކަމުން އަންނަ ކުޅުމާ އަޅާކިޔާއިރު، ހައްގު މިންވަރެއް ނޫނެވެ. ރިޕޯޓްތައް ބުނާގޮތުން ސަލާހު ވަނީ ލިވަޕޫލާ އެކު ބޮޑު މުސާރަ އަށް ދެ އަހަރަށް ކޮންޓްރެކްޓް އާ ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސަލާހު، ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެނަމަ އިނގިރޭސި ޕްރިމިއާ ލީގުގެ އެހެން ކްލަބަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

އިޓަލީގެ އޭއެސް ރޯމާ ދޫކޮށް 2017 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ސަލާހަކީ ފާއިތުވި ސީޒަންތަކުގައި ލިވަޕޫލްގެ އެޓޭކްގެ މައި ކުޅުންތެރިޔާ އެވެ. ސަލާހު ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ތިން ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

ޕްރިމިއާ ލީގުގައި ސަލާހު އެންމެ ފުރަތަމަ ކުޅުނީ ޗެލްސީ އަށެވެ. ސްވިޒަލެންޑްގެ ކްލަބް، ބަސެލް ދޫކޮށް 2014 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެ، ސަލާހަށް އެ ޓީމުގައި ރަނގަޅު ކުޅުމެއް ނުދެއްކި، ޖެހުނީ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ފިއޮރެންޓީނާ އާއި ރޯމާ އަށް ކުޅޭށެވެ. އިޓާލިއަން ލީގުގައި ކުޅެގެން ކެރިއަރު ހަމަޔަކަށް އަޅުވައި، ސަލާހު ޕްރިމިއާ ލީގަށް ބަދަލުވެ، ލިވަޕޫލް ޖޯޒީގައި އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި ފަހަރުގެ ޓްރާންސްގާ މާކެޓްގައި ލިވަޕޫލްގެ ސެނެގާލް ފޯވާޑް، ސަޑިއޯ މާނޭ އެ ކްލަބް ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި މާނޭ ގަންނަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކް އެވެ. ބަޔާނުން އޮތީ މާނޭގެ ސޮއި ހޯދަން 35 މިލިއަން ޑޮލަރު ދޭން ތައްޔާރަށެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ލިވަޕޫލްގެ ބެލްޖިއަމް ފޯވާޑް، ޑިވޮކް އޮރީގީ ވަނީ އިޓަލީގެ ޗެމްޕިއަން، އޭސީ މިލާނާ ގުޅެން ނިންމައިފަ އެވެ. އޮރީގީގެ އިތުރުން މާނޭ ވެސް ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު އޮތްއިރު، ލިވަޕޫލުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ފޯވާޑެއް ގެންނާނެ ކަމަށް ބެލެވެ އެވެ. ލިވަޕޫލުން އެންމެ ބޮޑަށް ފާރަލަނީ ބެންފީކާ އަށް ކުޅޭ އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox