އައިމިނަދިޔެ ޝަރީއަތް ނިމެންދެން ބަންދު ކުރީ ހެކި ހުރުމުން: ސުޕްރީމް ކޯޓު

އައިމިނަދިޔެ ޝަރީއަތް ނިމެންދެން ބަންދު ކުރީ ހެކި ހުރުމުން: ސުޕްރީމް ކޯޓު

އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އައްޑޫ ސިޓީގައި ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 59 އަހަރުގެ އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

މި މައްސަލަ އައިމިނަދިޔެގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ހައި ކޯޓުގައި އިސްތިއުނާފް ކުރި ނުކުތާތަކަށެވެ. ހައި ކޯޓުން ވެސް ވަނީ ހިތަދޫ ކޯޓުގެ އަމުރު ދަމަހައްޓައިފަ އެވެ.

މިއަދު ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ހުކުމް ކުރަން ބޭއްވި އަޑުއެހުމުގައި ރައުޔައެއް އިއްވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މަހާޒްގެ ރައުޔައަށް ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދާއި، ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެސް ތާއީދު ކުރެއްވި އެވެ.

"ޝަރީއަތް ނިމެންދެން ބަންދު ކުރުމުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ގޮތެއް ނިންމީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، އެ ގޮތަށް ބަންދު ކުރުމަށް އެދި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށްފައި،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

ދައުލަތުން ދަށު ކޯޓުގައި ތިން ހެއްކެއް ހުށަހަޅާފައިވެ އެވެ. އެއީ ކުއްޖާގެ މަންމައަށް އަނިޔާ ކުރި ގޮތް ކިޔާދީފައިވުމާއި، އަނިޔާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓްއާއި، ސްކޫލްގައި ކުއްޖާގެ ބެލުމާ ހަވާލުވެ ހުރި ފަރާތުގެ ބަޔާނެވެ.

މީގެ އިތުރުން ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި އައިމިނަދިޔެއާއެކު މަސައްކަތް ކުރާ މީހުން ތިބުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަން ވެސް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރަށް އައިމިނަދިޔެގެ ބެލުމުގެ ދަށުގައި 18 އަހަރު ނުފުރޭ ކުޑަ ތިން ކުދިން ތިބުމާއި، އޭނާ ހުރީ ގިނަ އަދަދެއްގެ ކުޑަކުދިން ކިޔަވާ ސްކޫލެއްގެ ޒިންމާދާރު މަގާމެއްގައި ކަމުން، އެފަދަ ކުށެއްގެ ޝިކާރައަކަށް އިތުރު ކުއްޖަކު ވެދާނެތީ ބަންދު އަމުރު ނެރެން ނިންމި ނިންމުން ރަނގަޅު ކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅުއްވި އެވެ.

އައިމިނިދިޔެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމިއިރު، ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ އައިމިނިޔަދެއަށް ދައުވާ ނުކުރުމަށެވެ. އެހެންވެ އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox