ސްކައުޓު ހަރަކާތް ފުޅާކޮށްގެން ޒުވާނުންނަށް ދިމާވާ އިޖުތިމާއީ ގިނަ މައްސަލަތައް ހައްލުކުރެވޭނެ: ރައީސް

May 31, 2022, 3:48 AM
ރާއްޖޭގެ 66 ވަނަ ގައުމީ ސްކައުޓް ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ 66 ވަނަ ގައުމީ ސްކައުޓް ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް

ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާކޮށްގެން އިޖުތިމާއީ ގޮތުން ހާއްސަކޮށް ޒުވާނުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 66 ވަނަ ގައުމީ ސްކައުޓް ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތަކީ ހެދިބޮޑުވަމުން އަންނަ ކޮންމެ ކުއްޖަކަށް ވެސް ވަރަށް ބޭނުންތެރި ހަރަކާތެއް ކަމަށެވެ.

"ސްކައުޓް ހަރަކާތްތައް ރޭވިފައި އޮންނަ ގޮތުން، ފަރުދީ މަސްއޫލިއްޔަތުތަކުގެ އިތުރުން، އާއިލީ ޒިންމާތަކާއި، އިޖްތިމާއީ ޒިންމާތަކަށް ކުދިންގެ ސިކުނޑިތައް ވަރަށް ބޮޑަށް ހުޅުވިގެންދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގައުމުގެ މުސްތަގުބަލުގެ ޖީލެއް ބިނާކުރުމުގެ މުހިންމު ދައުރެއް އަދާކުރާ ސްކައުޓް ހަރަކާތުގައި ކުދިން އާންމުކޮށް ބައިވެރިވަނީ އެންމެ ގިނަ ވެގެން ގްރޭޑް 12 ނިމެންދެނެވެ.

އެކަމަކު އެމަނިކުފާނު ވިދާޅުވީ އުމުރުން 18 އަހަރަށް ފަހަރު ދެން އަންނަ ދުވަސްތަކަކީ ކުދިންނާމެދު އެންމެ ސަމާލުވާންޖެހޭ އުމުރުފުރާ ކަމަށާއި، ނަމަވެސް އޭގެ ފަހުން ބައެއް ކުދިންނަށް ކުރިމަތިވާ ހުސްކަމެއްގެ ތެރެއިން ނުބައި މަގަކަށް އަނބުރާލާ ހާލަތު އަންނަ ކަމަށެވެ.

"...މި ދެންނެވި ހުސްކަމާ ބައްދަލުވުމުން، އެކުދިންގެ ހަޔާތަށް ވަރަށް ނުރަނގަޅު އަސަރުތަކެއް އެބަ ފޯރާ. މަސްތުވާތަކެތީގެ ވަބާގައި ޖެހުމާއި، ގޭންގު ކުށްތަކަށް ދެވިހިފުންފަދަ، އިޖްތިމާއީ މައްސަލަތަކުގެ ތެރެއަށް ކުދިން ދަމައިގަންނަނީ މިއުމުރު ފުރާގައި،" ރައީސް ފާހަގަކުރެއްވި އެވެ.

މިއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ސްކައުޓް ހަރަކާތް ފުޅާކުރަންޖެހޭ މައިގަނޑު ސަބަބެވެ.

ބާކީވެ ހާވިޔާވެގެން އުޅޭ ޒުވާނުންނަށް ސްކައުޓް ހަރަކާތްތައް އަމާޒުކުރެވިިއްޖެނަމަ، ވަރަށް ގިނަ ޒުވާނުން ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ.

މިގޮތުން، ކަމެއް ނެތި ބާކީވެފައި ތިބޭ ކުދިންގެ އަދަދު މަދުކުރެވުމަކީ ކުށަށް އަރައިގަންނަ ކުދިން ވެސް މަދުކުރެވި އިޖްތިމާއީ ވަރަށް ގިނަ މައްސަލަތަކަށް ލިބޭނެ ހައްލަކަށް ވެސް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާ ކުރެވިއްޖިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަރަށް ގިނަ އިޖްތިމާއީ މައްސަލަތަކަށް ހައްލުތަކެއް ހޯދޭނެ. މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގު ކުށްތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކަށްވެސް، އެދެވޭ ހައްލެއް ފެންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

މި ކަންކަމަށް އަމާޒުކޮށްގެން ސްކައުޓް ހަރަކާތްތައް ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް، ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ދޭނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ރޭ ވަނީ ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox