ލިވަޕޫލްގެ ކޯޗު ކްލޮޕަށް ފްރާންސް މިނިސްޓަރެއްގެ ބަހުގެ ހަމަލާއެއް!

May 31, 2022, 2:58 AM
ލިވަޕޫލްގެ ކޯޗު ކްލޮޕަށް ފްރާންސް މިނިސްޓަރެއްގެ ބަހުގެ ހަމަލާއެއް!

ޕެރިސް (މެއި 31) - ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕެރިހަށް ދިޔަ ލިވަޕޫލްގެ ސަޕޯޓަރުންނާ މެދު އިހާނެތިކޮށް ކަންތައްތައް ކޮށްފައިވާ ކަމަށް ބުނެ، ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެއްކި ވާހަކަތަކަށް ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑާމަނީން ރައްދުދެއްވައިފި އެވެ.

ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، 14 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދި މެޗު ބަަލަން ލިވަޕޫލް ސަޕޯޓަރުން ދަނޑަށް ވަންނަން އުޅުމުގެ ތެރޭގައި މައްސަލަ ހޫނުވެ، މެޗު 36 މިނިޓަށް ފަސްކުރަަން ޖެހުނެވެ.

ފްރާންސްގެ ސަލާމަތީ ބާރުތަކުން ވަނީ ދަނޑު ބޭރުގައި ދިމާވި ކަންތައްތައް ހައްލުކުރަން ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ވެސް ޖަހައިފަ އެވެ. ފައިނަލް މެޗުގެ އިންތިޒާމް ކޮމިޓީން ބުނީ "ފޭކް ޓިކެޓް" ތަކެއްގެ މައްސަލަ އުޅޭތީ ބައެއް ސަޕޯޓަރުން ވެއްދުމުގައި ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. ޔުއެފާ އިން އަންނަނީ ފައިނަލް މެޗުގެ ކުރިން އެ ހިނގާދިޔަ ކަންތައްތަކާ ގުޅޭ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން ޔުއެފާ އިން އަންނަނީ ސައްހަ "2700 ޓިކެެޓް" އޮތް ސަޕޯޓަރުންގެ ބަޔަކަށް މެޗަށް ވަދެވޭގޮތް ނުވުމުން އޭގެ ބަދަލުދޭނެ ގޮތެއް ވެސް މަޝްވަރާ ކުރަމުންނެވެ. ޓިކެޓް ގަނެފައި ދަނޑަށް ނުވަދެވުނު މީހުންގެ ތެރޭގައި ލިވަޕޫލްގެ ކުޅުންތެރިންގެ އާއިލާގެ މެމްބަރުން ވެސް ހިމެނެ އެވެ. އެ މައްސަލައިގައި ކްލޮޕް ވަނީ ފްރާންސްގެ އިންތިޒާމްތަކަށް ފާޑުކިޔައިފަ އެވެ.

އިނގިރޭސި މީޑިއާ އިން އަންނަނީ 2024 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން ފްރާންސްގެ ޕެރިހަކީ އެންމެ ރައްކާތެރި ތަން ކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެ ވާހަކަތަކަށް ރައްދުދެއްވަމުން، ފްރާންސްގެ އިންޓީރިއާ މިނިސްޓަރު، ޑާމަނީން ވިދާޅުވީ މީގެ ކުރިން ވެސް ލިވަޕޫލުން 2019 ވަނަ އަަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޑްރިޑްގައި ކުޅުނުއިރު ވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އިނގިރޭސިވިލާތުގައި ބާއްވާފައި ހުރި ކުޅިވަރުގެ ބޮޑު އިވެންޓްތަކުގައި ވެސް ގޯސް ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.

"އަހަރެން ހަނދާން އެބަވޭ މީގެ ދުވަސްތަކެއް ކުރިން ލިވަޕޫލްގެ ކޯޗު (ކްލޮޕް) ވަނީ އާންމުކޮށް ބުނެފައި، ޓިކެޓެއް ނެތި ވެސް ޕެރިހަށް މެޗަށް ދާން. މިއީ ވެސް ގޯހެއްގެ ފެށުން. މިއީ ކޮންގެން ވާނެ ކަމެއް ވެސް ނޫން،" ޑާމަނީން ވިދާޅުވި އެވެ. "ބަޔެއްގެ މައްސަލަ ބަލާނަމަ މީގައި ގޯސް ހަދާފައި ހުރި އެންމެންގެ މައްސަލަ ބަލަން ޖެހޭނެ،"

ޑާމަނީން ވިދާޅުވީ ލިވަޕޫލުން ޕެރިހަށް ގާތްގަނޑަކަށް 30،000-40،000 ދެމެދުގެ ސަޕޯޓަރުން އައި ކަމަށާއި އޭގެ ތެރޭގައި ޓިކެޓް ހުރި މީހުންނާއި ޓިކެޓް ނެތް މީހުން އަދި ފޭކް ޓިކެޓް ހިފައިގެން އުޅުނު މީހުން ވެސް ތިބި ކަމަށެވެ.

މި މަހުގެ ކުރީކޮޅުގައި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ކްލޮޕް ބުނީ ޕެރިހަކީ ބޮޑު ސިޓީއެއް ކަމަށާއި ޗެމްޕިއަންސް ލީގުގެ ފައިނަލް އެ ވަރުގެ ސިޓީއެއްގައި ކުޅޭއިރު، މެޗު ޓިކެޓެއް ނެތް ކަމުގައި ވިޔަސް އެ މާހައުލުގައި އުޅެލަން ދިއުމަކީ ވެސް ކުރަން ރަނގަޅު ކަމެއް ކަމަށެވެ. އެއީ ވޯލްޑް ކަޕްގެ ޓިކެޓެއް ނެތްއިރު ވެސް ގިނަ ބަޔަކު ވޯލްޑް ކަޕް ހޯސްޓް ކުރާ ގައުމަކަށް ދާތީ ޗެމްޕިއަންސް ލީގު ވެގެން ވަކި ތަފާތެއް އޮންނާނެ ކަމަށް ނުދެކޭ ކަމަށް ބުނެ ކްލޮޕް ދެއްކި ވާހަކަ އެކެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހިނގައިދިޔަ ކަންކަން ތަހުގީގު ކުރަން އިސް ފަރާތެއްގެ ގޮތުގައި ޔުއެފާ އިން އައްޔަނުކޮށްފައިވަނީ ޕޯޗުގީސް ސިޔާސީ ފަރާތެއް ކަމަށްވާ ޓިއާގޯ ބްރަންޑާއޯ ރޮޑްރިގޭޒް އެވެ. ޕޯޗުގަލްގެ އެޑިއުކޭޝަން މިނިސްޓަރަކަށް ކުރިން ހުންނެވި، ޓިއާގޯ އަކީ ކުރިން ވޯލްޑް އެންޓި ޑޯޕިން އެެޖެންސީގެ މެމްބަރެއްގެ އިތުރުން ލަންޑަން އޮލިމްޕިކްސްގައި 2012 ވަނަ އަހަރު ޕޯޗުގަލްގެ ޑެލިގޭޓްސްގެ މަންދޫބެއްގެ ގޮތުގައި ހުރި ފަރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox