"އެއް ސަހަރެއްގައި" އެއް ނޫން، ފުލޯކު ވާހަކަ ދެން ފަށަންވީ މިހެން

"އެއް ސަހަރެއްގައި" އެއް ނޫން، ފުލޯކު ވާހަކަ ދެން ފަށަންވީ މިހެން

ފުލޯކު ވާހަކަތައް އާންމުކޮށް ފަށާ އުޅެނީ "އެއް ސަހަރެއްގައި އުޅުނޯ" އިންނެވެ؛ އެ ފެށުމުން ސިފަކޮށްދެނީ މާ ދުރު މާޒީއެކެވެ. ނޫނީ ހިޔާލީ ދުނިޔެއެކެވެ.

އެކަމަކު އެފަދަ ފުލޯކު ވާހަކައެއްގެ ފެށުން ތަފާތުކޮށް ސިފަކުރެވިދާނެ ގޮތެއް ގާނޫނު ހަދާ މަޖިލީހުގައި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިވިގެން ގޮސްފަ އެވެ. އެކި އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ވެރިން އަމުނާލައި ވައުދު ނާމާއަކީ ފުލޯކު ވާހަކަތަކެއްގެ ގޮތުގައި ގިނަ ރައްޔިތުން ގަބޫލުކުރާތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ދައުލަތުގެ ވަޒީރަކު ވަނީ އެކަމަށް ޒާތަކަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ނުފެއްދޭ ކަމުގެ ޝަކުވާ އަމާޒުވުމުން، އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނަވާ ކޮންމެ ވައުދަކީ ފުއްދޭނެ ވައުދުތަކެއް ނޫން ކަމަށެވެ.

"މި ޖަލްސާގައި މި ތިއްބެވި ސިޔާސީ ބޭފުޅުން، ހުރިހާ ބޭފުޅުން ވެސް ވައުދުވެވަޑައިގެންފައި ހުންނާނެ، ގިނަ ވައުދުތައް އަޅުގަނޑުމެން ފުއްދަން، ނުފުއްދޭ ވައުދުތައް ވެސް ހުރޭ، އަނެއްހެން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، އަޅުގަނޑު ގަބޫލެއް ނުކުރަން ކުން ފަޔަކޫން ގެ އުސޫލު ހިނގާ ކަމަކަށް،" އަސްލަމް އެ ދުވަހު ވިދާޅުވި އެވެ.

އަސްލަމްގެ އިއުތިރާފާއެކު އާންމު އުސޫލުން ސޯޝަލް މީޑިޔާ ކެކި ބަންޑުންވުމުން، ވަޒީރުގެ އެ ވާހަކަ "ފަހުމް"ކޮށްދޭން ރައީސް އޮފީހުގެ ބޭފުޅަކު ގުޅުއްވައި މަސައްކަތް ކުރެއްވި އެވެ.

ވަޒީރުގެ ދިފާއުގައި އޭނާ މިސާލަކަށް ނެންގެވީ ދެ ރަށެއް ގުޅުވައިލަން ކޯޒްވޭ އަޅަން ވާ ވައުދެވެ. އޭނާ ވިދާޅުވި ގޮތުންނަމަ، ކޯޒްވޭ އަޅައިދޭން ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގަންނަވާ ފަހުން، އެކަން ކުރަން ދިރާސާކުރާއިރު އެކަން ކުރުމަކީ، އޭނާ ބޭނުން ކުރެއްވި ބަހުން ނަމަ "ފީޒިބަލް"ކަމަކަށް ނުވެދާނެ އެވެ.

މިއީ އޭނާ ވިދާޅުވި ގޮތުން ނަމަ، އަސްލަމް ވެސް އިޝާރާތް ކުރެއްވި ނުފެއްދޭ ވައުދެވެ.

އަސްލަމްގެ އިއުތިރާފު ދިފާއު ކުރައްވަން އެ ބޭފުޅާ ކުރެއްވި ސާބަސް ހައްގު މަސައްކަތުން އުފެދުނީ އިތުރު ސުވާލުތަކެވެ. ފުއްދޭނޭ ކަމަށް ބައްލަވައިގެން ރައީސް ވައުދުވެވަޑައިގަންނަވާއިރު، އެމަނިކުފާނަށް ލަފާދެއްވަން ދައުލަތުން ބޮޑެތި މުސާރަތައް ނަންގަވައިގެން ވަރުވަރުން މަގާމު ދީފައި ތިއްބަވާ އެޑްވައިޒަރުން ކުރައްވަނީ ކީއްތޯ މިއީ ފުރަތަމަ ސުވާލެވެ.

އެކަމަކު އެ ސުވާލު އިހަށް އެއްފަރާތުގައި ބާއްވާންޖެހެނީ އަސްލަމް ހަވާލުވެ ހުންނެވި އުމްރާނީ ތަރައްގީއާ ގުޅޭ އެންމެ މުހިންމު ދެ ޕޯޓްފޯލިއޯގެ ސަބަބުންނެވެ. ރައްޔިތުންނާއި ގައުމުގެ އުމްރާނީ ތަރައްގީ އާ ސީދާ ގުޅިފައިވާ ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ހުރިހާ ވައުދެއް ތަންފީޒުކުރުމުގެ ބިޔަބޮޑު މަސައްކަތް ހަވާލުވެފައި އޮތީ އަސްލަމްގެ މިނިސްޓްރީއާ އެވެ.

އުމްރާނީ ތަރައްގީގެ ވައުދުތަކަކީ އޭގެ މަތީގައި ކޮންމެ ރައީސަކު ވެސް ވެރިކަމަށް ވަޑައިގަންނަވާ ދޫލަ ކަމަށްވާއިރު، އެ ހުރިހާ ވައުދުތަކަކީ ނުފުއްދޭނެ ވައުދުތަކެއްކަމަށް އެކަމާބެހޭ ތަޖުރިބާކާރު ވަޒީރު ވިދާޅުވުމަކީ ވަރުގަދަ ހޭލެވުމެކެވެ.

އަސްލަމްގެ ދިފާއުގައި ގުޅުއްވި ބޭފުޅާ ވިދާޅުވި ގޮތަށް "ފީޒިބަލް" ނޫން ވައުދުވާ ނަމަ، މެނިފެސްޓޯ ނޫނީ ވައުދު ނާމާއެކު ވަކިވަކި ވައުދުތަކުގެ ފީޒިބިލިޓީ ސްޓަޑީސް ވެސް ހިމަނަން ރައްޔިތުން ޑިމާންޑު ކުރަން ފަށަންވީ ހެއްޔެވެ؟ ބޭންކުން ލޯނެއް ހޯދަން މާލީ ހިސާބުތަކާއި މަޝްރޫއުއެއްގެ ހުރިހާ ފޯކާސްޓެއް ހުށަހަޅަންޖެހޭ ގޮތަށް، ސިޔާސީ ޕާޓީތަކާއި ވެރިން ރައްޔިތުންނަށް ވާ ވައުދުތަކުގައި އެކަން ކުރަން ލާޒިމު ކުރަންވީ ހެއްޔެވެ؟

ގަސްތުގައި ދޮގު ވައުދުވުމާއި، ދިމާވާ ކަމެއްގެ ސަބަބުން ވައުދު ނުފުއްދޭ ހާލަތު އައުމާ އެއީ ދެކަމެކެވެ. ފަހުން މިބުނި ހާލަތުގައި ވައުދު ނުފުއްދުނީ ހަމަ ހަގީގަތުގައި ވެސް އެކަން ވާން ނެތިގެން ކަމަށް ރައްޔިތުން ގަބޫލުކުރާނެ އެވެ. އެހެންނަމަވެސް ވައުދު ނުފުއްދޭ ސަބަބަކީ ވައުދުވީމީހާ 'ކޮސްގޮވާފައި އޮތުން' ކަމަށް ދޭހަކުރެވޭ ގޮތަށް ވަޒީރަކު، ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުންނަށް ޖަވާބުދާރީވަމުން ވިދާޅުވުމަކީ ދެރަވަރު ވާހަކަ އެކެވެ. ވާ ކޮންމެ ވައުދަކީ ކޮންމެހެން ފުއްދާނޭ ވައުދެއް ނޫންކަމަށް ބެލުމަށް ރައްޔިތުންނަށް ބުނެދިނުމަކީ ސިޔާސީ އަދި އިންތިހާބީ ވައުދުތަކުގެ ސީރިއަސްކަން ކަނޑުވާލި ބަޔާންކުރުމެކެވެ.

ކޮންމެޔަކަސް، "އެއް ސަހަރެއްގައި، އެއްސަހަރެއްގައި އުޅުނޯ.." އޭ ކިޔައިގެން އެ ފަށާ ވާހަކައަކީ ފުލޯކު ވާހަކައެއްކަން ހޭޖެހޭ އެންމެން ދަނެ އެވެ. މިނިސްޓަރު އަސްލަމްގެ އިިންޒާރަށްފަހު، "ވެރިކަމަށް އާދެއްވިޖެނަމަ..." އޭ ކިޔައިގެން ފަށާ ވައުދުނާމާ އަކީވެސް ފުލޯކު ވާހަކައެއްކަމަށް ގަބޫލުކުރެވި އެގޮތަށް ސިއްކަޖެހިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox