ހިއްސާއަކަށް 65ރ. ބަހަން އެސްޓީއޯގެ ހިއްސާދާރުން ފާސްކޮށްފި

ހިއްސާއަކަށް 65ރ. ބަހަން އެސްޓީއޯގެ ހިއްސާދާރުން ފާސްކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 65ރ. މަގުން 73.2 މިލިއަން ރުފިޔާ ބަހަން މިހާރު ކުރިޔަށްދާ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

މިދިޔަ އަހަރަކީ ވެސް އެސްޓީއޯގެ އާމްދަނީ ރެކޯޑް އަދަދަކަށް އުފުލުނު އަހަރެކެވެ. އެގޮތުން މުޅި އަހަރުގެ ތެރޭގައި އެ ކުންފުނީގެ ސަބްސިޑަރީ ހިމެނޭގޮތަށް އެސްޓީއޯ ގްރޫޕަށް 11.2 ބިލިއަން ރުފިޔާ ލިބުނެވެ.

މިއީ އޭގެ ކުރީ އަހަރަށް ވުރެ 32 ޕަސެންޓު އިތުރު އަދަދެކެވެ.

މި އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބަޔެއް ހިއްސާކުރަނީ އެ ކުންފުނިން ވިއްކާ ތެލެވެ. އަދި މިދިޔަ އަހަރު ރެކޯޑް އަދަދަކަށް މަސް ބޭރުކުރުމާ ގުޅިގެން، އެސްޓީއޯގެ ދަށުން އޮންނަ މިފްކޯގެ އާމްދަނީއާއެކީ ފިޝަރީޒް ސެކްޓާއިން ލިބުނު އާމްދަނީ އާއި ކޮންސްޓްރަކްޝަން ސާމާނާއި ބޭހާއި ކާބޯތަކެތި ވިއްކާ ޓްރޭޑިން ސެކްޓާއިން ވެސް ބޮޑު އާމްދަނީއެއް ލިބުނެވެ.

އެސްޓީއޯގެ 2021 ވަނަ އަހަރުގެ މާލީ އުސްއަލިތައް

  • ޖުމްލަ ފައިދާ - 1.92 ބިލިއަން ރުފިޔާ
  • ހިންގުމުގެ ފައިދާ - 451 މިލިއަން ރުފިޔާ
  • ސާފު ފައިދާ - 288 މިލިއަން ރުފިޔާ
  • ޓެކުހަށް ކެނޑުމަށް ފަހު ފައިދާ - 186 މިލިއަން ރުފިޔާ

އެސްޓީއޯ ކުންފުނީގެ އާމްދަނީ އާއި ޖުމްލަ ފައިދާ ރެކޯޑް އަދަދުތަކަށް އިތުރުވި ނަމަވެސް، މުޅި ގްރޫޕަށް ލިބުނު ސާފު ފައިދާ އާމްދަނީގެ ނިސްބަތުން ދަށެވެ. މިހެން ދިމާވި މައިގަނޑު ސަބަބަކީ ފިޝަރީޒް ސެކްޓާއިން އަހަރުގެ ކުރީކޮޅު ލިބުނު ގެއްލުންތައް ފޫބައްދަން ޖެހުމުން ކަމަށް ކުންފުނީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެސްޓީއޯއަކީ ދިވެހި ސަރުކާރު 82 ޕަސެންޓު ހިއްސާ އަދި އާންމުންގެ 18 ޕަސެންޓު ހިއްސާވާ ޕަބްލިކް ކުންފުންޏެކެވެ.

  • އާންމު ހިއްސާދާރުން - 207،041 ހިއްސާ (18 ޕަސެންޓު)، ހިއްސާގެ ފައިދާ: 13,464,165ރ.
  • ސަރުކާރު - 919،869 (82 ޕަސެންޓު)، ހިިއްސާގެ ފައިދާ: 59,791,485ރ

އެސްޓީއޯގެ ސަބްސިޑިއަރީތަކުގެ ގޮތުގައި ނުވަ ކުންފުންޏެއް ދަނީ ހިންގަމުންނެވެ. އެއީ، އެލައިޑު އިންޝުއަރެންސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، މޯލްޑިވް ގޭސް، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިން އަދި އެސްޓީއޯ ސިންގަޕޯ އެވެ.

މީގެ ތެރެއިން ރޭސުޓް ސިމެންޓް އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފިޔަވާ އެހެން ހުރިހާ ކުންފުންޏަކީ ސީދާ އެސްޓީއޯ އާއި އެސްޓީއޯގެ ސަބްސިޑަރީތަކުން ހިއްސާވާ ކުންފުނިތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox