ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ އިގްތިސޯދު ދަނީ ރަނގަޅު މިސްރާބަށް: ރައީސް

ވިއަވަތި ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި ރައީސް: ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހުރީ ރަނގަޅު މިސްރާބަށް ކަމަށް- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި ރައީސް: ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހުރީ ރަނގަޅު މިސްރާބަށް ކަމަށް- ފޮޓޯ: ރައީސް އޮފީސް

ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖޭ އިގްތިސޯދުގެ ދުވެލި މިވަގުތު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ ކޮންމެ ހާދިސާއެއް އަދި ބަލިމަޑުކަމެއްގެ އަސަރު ވެސް އެންމެ ބޮޑަށް ކުރާ ގައުމަކީ ރާއްޖެ ކަމަށެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށް، ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މި ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ދާން މި ޖެހެނީ. އިރާދަކުރެއްވިއްޔާ އެހެންނަމަވެސް އަޅުގަނޑުމެންގެ އިގްތިސޯދު ދުވެލި ހުރީ ރަނގަޅު ދިމާލަށް. ހަރަދުތައް ބޮޑުވުމާއެކީގައި ގެންނަން ޖެހޭ ބަދަލުތައް ޕްރޮޖެކްޓުތައް ގެނެސް، ރަނގަޅު މިސްރާބަށް ކުރިއަށް ގެންދާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރަށާއި އެހެން ގައުމުތަކުގެ މާލީ ހާލަތުގެ ސަބަބުން ރާއްޖެއަށް ވެސް އަސަރު ކުރާ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއާ "ނުބެހޭ ކަންކަމުގެ އަސަރު ވެސް" ރާއްޖެއަށް ފޯރާ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑަކީ އަޅުގަނޑުމެންނާ ބެހޭ އެއްޗެއްނޫން. އެހެން ނަމަވެސް މުޅި ގައުމު އެއްކޮށް ބަންދު ކޮށްގެން ތިބެން ޖެހިއްޖެ. ކޮވިޑާ ގުޅިގެން ދަތުރު ފަތުރު ހުއްޓި ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއްވި. މާލީ އެތައް ބުރައެއް އުފުލަން ޖެހުނު،" ރައީސް ވިދާޅުވި އެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑަށް އަސަރު ކުރި އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކޮވިޑުގެ ބަލިމަޑުކަމުން ލިބުނު ގެއްލުމުން ރާއްޖެއަށް އަރައި ނުގަނެވެނީސް، ދުނިޔޭގެ އިގްތިސޯދީ ބޮޑު ބާރަކުން ހަނގުރާމައެއް ފެށުމެވެ.

ގޮދަނާއި ކާބޯތަކެތި އެންމެ ގިނައިން އުފައްދާ ދެ ގައުމުގެ ދޭތެރޭގައި ފެށި މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ވެސް މުދަލުގެ އަގު އިންތިހާއަށް ބޮޑުވި ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox