މޭޒެއް، ގޮނޑިއެއް ނެތުމާއި ފުލްޓައިމް ކުރުމާ ހަމައަށް: އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ބޮޑު މަޝްވަރާއެއް

އަންހެނުން ކޮމިޓީއެއްގެ މެންބަރަކާއެކު ރައީސް ސޯލިހު މަޝްވަރާ ކުރައްވަނީ: ކޮމިޓީތަކަށް އޮތް ދަތިތަކާ ގުޅޭ ގޮތުން ފުޅާ ގޮތެއްގައި މަޝްވަރާކުރި

އަންހެނުން ކޮމިޓީއެއްގެ މެންބަރަކާއެކު ރައީސް ސޯލިހު މަޝްވަރާ ކުރައްވަނީ: ކޮމިޓީތަކަށް އޮތް ދަތިތަކާ ގުޅޭ ގޮތުން ފުޅާ ގޮތެއްގައި މަޝްވަރާކުރި

އަންހެނުން ކޮމިޓީގެ ރައީސައަކު އެ ތަނުގެ ހާލަތު ސިފަކުރީ މިހެނެވެ; ސޮއިކުރަން ޖެހެނީ ފާރުގަނޑެއް މަތީ ފޮތް ބާއްވައިގެން ކަމެވެ. ރައްޔިތުން ހޮވާފައި ތިބި މެންބަރުންނަށް މޭޒެއް, ގޮނޑިއެއް ފަދަ ވެސް ނެތެވެ. މިއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ޝަކުވާތަކާއި ދަތިތައް ފެށިގެން އަންނަ ހިސާބެވެ.

އއ. އުކުޅަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަކީ މިފަދަ ގޮތަކަށް މިހާ ފުޅާ ގޮތެއްގައި އަންހެނުންގެ ކޮމިޓީތަކުގެ ޝަކުވާތައް އަޑުއަހައި, އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވުނު ފަހަރެވެ. އަންހެނުން ކޮމިޓީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ސެޝަންގައި ރައީސްގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ.

އަންހެނުން ކޮމިޓީތަކުގެ ރައީސުންގެ އޮތީ މައިގަނޑު އެއް ޝަކުވާތަކެވެ; ފަންނީ ގާބިލްކަމާއި މާލީ ގާބިލްކަން ނެތުމުގެ އިތުރުން ވަސީލަތްތަކާއި އޮފީސް މާހައުލު ނެތުމެވެ. ޕާޓްޓައިމް ބައެއްގެ ގޮތުގައި ތިބެންޖެހުމާއި މުސާރައިގެ ދަތިކަމެވެ. އޭގެ ސަބަބުން އެ މަގާމު ދޫކޮށްލަން މަޖުބޫރުވުމާއި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބި ކުރާނެ ކަމެއް ނެތިފައި, ކުރެވޭނެ ކަމެއް ނެތިފައި ތިބެންޖެހުމެވެ. ސިވިލް ސާވިސްގައި އުޅޭ މީހުންނަށް ވެސް އެ ކޮމިޓީއަށް ކުރިމަތިލެވޭ ގޮތަށް އޮތުމަކީ ވެސް ކޮމިޓީތަކުގެ ރައީސުން ފާހަގަކުރި ކަންބޮޑުވުމެކެވެ.

"ބައެއް ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީ ނަގާ އެއް ފަރާތުގައި ބާއްވާފައި އޮންނަ މައްސަލައަކީ ވަރަށް ހިތާމައާއެކު އަޑުއެހި ވާހަކައެއް, އެބަޖެހޭ ކައުންސިލް ފާރުގަނޑު މަތީ ބާއްވާލައިގެން ސޮއިކޮށްލަން, މިވަރުވީމަ މިއީ ބޮޑުވަރެއް,” ދިއްފުށީ އަންހެނުންގެ ކޮމިޓީގެ ރައީސް އައިމިނަތު ހުދާ ވިދާޅުވި އެވެ.

ނިލަންދޫ އަންހެނުންގެ ކޮމިޓީގެ ރައީސް ވިދާޅުވި ގޮތުގައި އަންހެނުންގެ ކޮމިޓީތައް މަސައްކަތް ކުރާނެ އެކަށީގެންވާ މާހުއުލެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޓީތައް ވެސް މަސައްކަތް ކުރަނީ ރަށުގެ ތަރައްގީއަށް ކަމަށާއި އެހެންވެ, ކައުންސިލްތަކުން މިހާރަށްވުރެ ތަހުޒީބުވެ ކައުންސިލް އިދާރާގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށް ދޭން ޖެހެ އެވެ. އަންހެނުންގެ ކޮމިޓީއަށް ކައުންސިލް ބަޖެޓުން ފަސް ޕަސެންޓް ލިބޭއިރު, މުސާރަ އާއި އެލެވެންސް ދީފައި ބާކީ އެއްޗެއް ނޯންނަަ ކަން އޭނާ ފާހަގަކުރައްވަ އެވެ. އެހެންވެ, ކޮމިޓީތަކުގެ ބަޖެޓް އިތުރުކޮށްދިނުމަށް އޭނާ އެދުނެވެ.

އަންހެނުން ކޮމިޓީއެއްގެ ރައީސްއަކު ރައީސަށް ހިޔާލު ހުށަހަޅުއްވަނީ
އަންހެނުން ކޮމިޓީއެއްގެ ރައީސްއަކު ރައީސަށް ހިޔާލު ހުށަހަޅުއްވަނީ

އަންހެނުން ކޮމިޓީއެއްގެ ރައީސްއަކު ރައީސަށް ހިޔާލު ހުށަހަޅުއްވަނީ

މާލޭ ސިޓީ އަންހެނުންގެ ކޮމިޓީގެ ރައީސް މަރިޔަމް ޝިމާޒާ ވެސް ފާހަގަ ކުރެއްވި ގޮތުގައި އެ ކޮމިޓީއަށް މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުމެއް ނުލިބެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލްއާ އެއް ލެވެލްއަށް ވެސް އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ނުދެވެ އެވެ. އެކަމަކު, އަންހެނުންގެ ކޮމިޓީތަކާއި ކައުންސިލްތައް މަސައްކަތް ކުރަން ޖެހޭނީ އެއް ރޫހެއްގައި ތަރައްގީގެ ކަންކަމާއި ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކޮށްދިނުމުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލޭ ސިޓީން ކޮންފަރެންސްއަށް ވަޑައިގެންނެވި ހަމައެކަނި މެންބަރު ވިދާޅުވި ގޮތުގައި މިހާރު އެ މެންބަރުންނަށް ލިބޭ މުސާރައަކީ ވަޒީފާ ދޫކޮށްލާފައި އެކަމަށް އެކަނި ހުސްވެވޭވަރުގެ މުސާރައެއް ނޫނެވެ. އެހެންވެ, އޮފީސް ނިންމައި ކޮމިޓީގެ މަސައްކަތްތަކަށް ޝާމިލުވެ އުޅޭނެ ވަގުތާއި ފުރުސަތު ނޯންނަކަން ވެސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ޖަވާބުތައް: "ހައްލުކުރާނެ, މަޝްވަރާކުރާނެ"

އަންހެނުންގެ ކޮމިޓީތަކުގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓް ބޮޑުކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް އޮންނާނެ ކަމަށާއި ނަމަވެސް, ކައުންސިލްތަކުގެ ވެސް ބަޖެޓްގެ ދަތިކަން އޮތުމުން އެކަން އެގޮތަށް ނުވާ ކަމަށެވެ. އެހެންވެ, ކައުންސިލްތަކުގެ ބަޖެޓް ބޮޑުކުރުމަކީ މިހާރު ވެސް މަޝްވަރާގެ މޭޒުމަތީ އޮތް ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

"ކައުންސިލްތަކަށް މި ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ, އެހެންނަމަވެސް, ހުރިހާ ކަމަކީ ފައިސާއެއް ނޫން, ފައިސާ އެކަނި ކަންކަން ހައްލެއް ނުކުރެވޭނެ, ވިސްނުމާއި ފިކުރާއި ކެރުމާއި, އެ ހުރިހާ އެއްޗެއް އެކުވެގެން މީގަ ނަތީޖާއެއް ނެރެވޭނީ, އަދި އެކީގަ މަސައްކަތްކޮށްގެން,” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީތައް ފުލްޓައިމްކޮށް ކައުންސިލްތަކާއެކު ހިންގޭނެ ގޮތެއް އޮތްތޯ ބެލުމަށް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އަދި, ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް ކޮމިޓީގެ މެންބަރުންނަށް ވެވޭކަމުގެ ކަންބޮޑުވުމަށް އެކަމާއެކު ހައްލުތައް އަންނާނެކަން ރައީސް ފާހަގަކުރެއްވި އެވެ. ހަމައެހެންމެ ކޮމިޓީތަކަށް އޮތް ޖާގައިގެ ދަތިތައް މިހާރުން މިހާރަށް ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“އަސްލަމް [ޕްލޭނިން މިނިސްޓަރު] އެބަ ގެންގުޅުއްވާ ވިސްނުންތަކެއް, ކައުންސިލްތައް އިމާރާތް ކުރުން އެއީ ކޮންމެ ރަށެއްގަ އޮފީސް އިމާރާތެއް އަޅާއިރު އޭގެ ތެރޭގަ ކައުންސިލަށާއި އަންހެނުންގެ ކޮމިޓީއަށާއި އަދިވެސް ސަރުކާރުގެ އެހެން އޮފީސްތައް ވެސް ހިންގާނެ ގޮތަށް އޮފީސް އިމާރާތެއް އެޅުމުގެ ވިސްނުން,” ރައީސް ވިދާޅުވި އެވެ.

އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ގޮތުން ބޭއްވި ސެޝަންގެ ޕެނަލް --
އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ގޮތުން ބޭއްވި ސެޝަންގެ ޕެނަލް --

އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ގޮތުން ބޭއްވި ސެޝަންގެ ޕެނަލް --

މިނިސްޓަރުންގެ ހިތްވަރާއި ތައުރީފް

ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަންހެންގެ ކޮމިޓީތައް ދާންވީ ކުރިއަށް ކަމަށާއި ފަހަތަށް ޖެހި ކަން ދޫކޮށްލާފައި ދިޔުމުގެ ވިސްނުން ގެންގުޅިގެން ނުވާނެ ކަމަށެވެ. އަންހެނުންގެ ކޮމިޓީގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދެއްވަމުންދާތީ, އެކަމާ ކަންބޮޑުވެވަޑައިގެން މާރިޔާ ވިދާޅުވީ އިސްތިއުފާ ދިނުމަކީ ހައްލު ނޫން ކަމަށެވެ. ކަމެއް ނުވާ ގޮތްވުމުން އެކަން ދޫކޮށްލާފައި ދިޔުމުގެ ބަދަލުގައި، ކުރެވޭނެ ގޮތްތައް ހޯދުން މުހިންމު ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އެއްވެސް ގޮތަކަށް އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން ކަމެއް ނުވީމަ އިސްތިއުފާ ދިނުމަކީ, ހަމަ ގޮތްގޮތް ހޯދޭނެ, ވިސްނައިގެން ހޯދޭނެ," މާރިޔާ ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން އަތްޕުޅު މަތީ ބާރުވެރިކަން އެކި ގޮތްގޮތަށް ނަންގަވައިގެން އެކަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާށޭ, އެއްގޮތަކަށް ވެސް ދުރަށްޖެހިވަޑައިނުގަންނަވާތި, ފިރިހެން ބޭފުޅުން ބޭނުން ވާނެ އެގޮތް, އެގޮތަށް އެކަން ނުކުރައްވާތި,"

އޭނާ ވިދާޅުވި ގޮތުގައި އެހެން ބަޔަކު އައިސް އެހީވެދީ, އެއްބާރުލުންދީ ކަން ކުރަންވީ ގޮތް ކިޔައިދެން ދެން ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އަންހެނުންގެ ކޮމިޓީތައް ކުރިއަށް ފިޔަވަޅު އެޅުމަށް ނަސޭހަތްތެރިވި އެވެ.

ޖެންޑާ މިނިސްޓަރު އައިޝާ ދީދީ ވެސް ވިދާޅުވި ގޮތުގައި, އަންހެނުންނަކީ ގާބިލް, ކަންކަމާ ކެރިގެން ކުރިމަތިލާން ކެރޭ ބައެއް ކަމަށެވެ. ކޮމިޓީތައް ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް މުޖުތަމައުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް, މިންތީގެ ހަމަހަމަކަން ގެނައުން ކަމަށެވެ. އެ ކޮމިޓީން ކުރަން ޖެހޭނީ ހަމައެކަނި ކުނި ނައްތާލުމުގެ މަސައްކަތް އެކަނި ނޫންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޓްރެއިނިން ޕްރޮގްރާމްތަކާއި އެ ނޫން ވެސް މުޖުތަމައުއަށް ފައިދާހުރި ކަންކަން ކޮމިޓީތަކުން އިސްނަގައިގެން ހިންގަން ޖެހޭ ކަމަށެވެ. އެފަދަ ކަންކަން ރާވާއިރު, ހަމައެކަނި އަންހެނުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ފިރިހެނުންނަށް ވެސް އެ ފުރުސަތު ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. މިންތީގެ ހަމަހަމަކަން ހަގީގީ ސިފައިގައި ގާއިމްވާނީ އޭރަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން: ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަތް
އެލްޖީއޭގެ ސީއީއޯ އަފްޝަން: ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަތް

އެލްޖީއޭގެ ސީއީއޯ އަފްޝަން: ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަތް

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު, ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވި ގޮތުގައި, ލާމަރުކަޒީ ގާނޫނު އިސްލާހުކުރިއިރު ސަރުކާރުގެ ވިސްނުން އޮތީ ކޮމިޓީތައް ގާނޫނީ ގޮތުން ބާރުލިބިފައިވާ ތަނަކަށް ހެދުމަށެވެ. އެގޮތުން, ކައުންސިލްތަކާއެކު ކޮމިޓީތައް ހިންގޭނެ ގޮތް ހޯދައި, ތަރައްގީ އަދި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ކޮމިޓީތަކުގެ ހިއްސާ ވެސް އޮންނަ ގޮތަށް ބައްޓަން ކުރުން ކަމަށެވެ.

ޕެނަލްގައި އިންނެވި, ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ފާހަގަކުރެއްވީ އެހެން ކަމެކެވެ; ކޮންފަރެންސްގެ ދެވަނަ ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ އެ ސެޝަންއަށް ތަނުގައި ތިބި ފިރިހެނުންގެ މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. އަންހެނުން ކޮމިޓީތަކާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް އެތަނުގައި ތިބި ގިނަ ފިރިހެނުން ޝައުގުވެރިނުވުމެވެ.

"...މިއީ ހަމަ ކަން ހިނގާ ގޮތް, މައިކަކުން ދެއްކިޔަސް މީޓިންއެއްގައި ދެއްކިޔަސް އެއީ އާންމުކޮށް ކަންތައް ކުރެވޭ ގޮތް, އެ ވިސްނުން އަޅުގަނޑުމެން ބަދަލުކުރަން އެބަ ޖެހޭ," އަފްޝަން ވިދާޅުވި އެވެ.

ބަދަލުވާންވީ އެކަމެވެ. މާލީ ގޮތުން ކިތަންމެ ބާރުވެރިކުރިޔަސް, ރައީސް ވިދާޅުވި ގޮތަށް ގުޅިގެން, އެކުގައި މަސައްކަތްކޮށްގެން ނޫނީ އަންހެނުންގެ ކޮމިޓީތައް ކާމިޔާބެއް ނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox