ނާހިލް: ރެކޯޑު މުގުރަމުން އައީ ދުވުމުގެ އުއްމީދީ ތަރިއެއް!

ނާހިލް (މ) އިންޓަ ސްކޫލްގެ މެޑަލްތައް ކަރުގައި އަޅައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނާހިލް (މ) އިންޓަ ސްކޫލްގެ މެޑަލްތައް ކަރުގައި އަޅައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

"100 މީޓަރު ދުވުމުގެ ރެކޯޑު ނާހިލް މުގުރާލައިފި،"

މިއީ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ ދުވަހުގެ އިވެންޓުތައް ކަވަރު ކުރަން އުޅުނުއިރު އަޅުގަނޑަށް އެންމެ ގިނައިން އިވުނު ޖުމްލަ އެވެ. އޭގެ ފަހުން ދެ ވަނަ ދުވަހު ވެސް އަނެއްކާ ވެސް ނާހިލް ނިޒާރު ރެކޯޑެއް މުގުރާލި ވާހަކަ އަޑު އިވިއްޖެ އެވެ. ހުއްޓުމެއް ނެތި މުބާރާތުގެ ފަހު ދުވަހުވެސް ނާހިލްގެ ވާހަކައެއް ކޮންމެ ވެސް ގޮތަކަށް އަޑު އިވުނެވެ.

އިއްޔެ ނިމިގެންދިޔަ، އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަކީ އެންމެ ވިދުން ގަދަ އެތުލީޓު، ނާހިލްގެ ހުނަރާއި ކާމިޔާބީ އަޅުގަނޑެކޭ އެއްގޮތަށް އެންމެ ގިނަ ބަޔަކު ހެކިވާނެ މުބާރާތެވެ. ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާއި ހަމައަށް ހުރިހާ އެންމެންގެ އެއް ނަމެއް ތަކުރާރުކޮށް މި ކިޔަން ޖެހުނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ކ) މި ފަަހަރުގެ މުބާރާތުގައި ވިދާލި ނާހިލް (ވ) އަށް މޮޅު އެތުލީޓުގެ ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އުއްމީދީ ދުވުންތެރިޔާ ނާހިލް، މުބާރާތް ނިންމާލީ ފަސް ރަން މެޑަލް ކަރުގައި އަޅުވައިގެން ބޮޑު ޓްރޮފީއަކާ އެކު ގަ އެވެ. އޭނާ ވާދަކުރި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު އެތުލީތުގެ އެވޯޑު ހޯދި އެވެ. ވާދަކުރި އިންޖިވިޖުއަލް ތިން އިވެންޓުން އެއް ވަނަ ހޯދައި ސްކޫލް މުބާރާތުގެ ތިން ރެކޯޑެއް މުގުރާލި އެވެ. އޭނާގެ ޓީމާ އެކު ވާދަކުރި ދެ ޓީމް ރިލޭއެއްގެ އެއް ވަނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައި އެ ދެ ރެކޯޑު ވެސް މުގުރާލުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

ނާހިލްގެ ހުނަރާއި ހޯދާފައިވާ ކުރިއެރުމުގެ ވާހަކަ ފަށަން ޖެހެނީ 2016 ވަނަ އަހަރާއި ހިސާބުންނެވެ. ގދ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްގެންދިޔަ އިންޓަ ހައުސް މުބާރާތެއްގައި "ނައްޓާލި" ގޮތަށް އޭނާގެ ދުވެލި މަޑެއް ނުވި އެވެ. އަހަރަކަށް ވުރެ އަހަރެއް ސްޕީޑް ބާރުވަމުން އައިސް މިހާރު އެހެރީ ގައުމީ ލެވެލްގަ އެވެ. ބައިނަލްއަގްވާމީ މުބާރާތަކުގައި ވާދަކުރެވޭ ހިސާބުގަ އެވެ.

އޭނާގެ ކޯޗު ރައުހަތު ގުދުރަތުﷲ ބުނިގޮތުގައި ނާހިލްގެ ކުރިއެރުމުގެ އަސްލަކީ މި ކަމަށް އޭނާގެ ޝައުގުވެރިކަމާއި، ޕްރެކްޓިސްތަކަށް ބަހައްޓާ ފަރުވާތެރިކަމެވެ. އެންމެ މަތީ ފަންތީގެ އެތުލީޓަކަށް ވުމަށް ގަދަ އަޅާ ކުރާ މަސައްކަތާ އެކު އޭނާގެ ކިބައިގައި އަށަގެންފައިވާ ކުޅިވަރުގެ ނަމޫނާ އަހުލާގެވެ.

މި މުބާރާތަށް ނުކުތުމުގެ ކުރިންވެސް ނާހިލް އަކީ ގައުމީ ސްޕްރިންޓް ޓީމުގެ އުއްމީދީ ދުވުންތެރި އެކެވެ. މި އަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި އޮންނަ ކޮމަންވެލްތް ގޭމްސް އަށް ނެގި 12 ދުވުންތެރިންގެ ސްކޮޑުގައި ވެސް އޭނާ ހިމެނެ އެވެ. ގޭމްސް އަށް ތައްޔާރުވުމަށް އޭނާ ރަށުގައި ހުރެ ތަމްރީން ހަދަމުން ދިޔަ ދުވަސްވަރާއި އިންޓަ ސްކޫލް މުބާރާތާއި ލައްވާލުމަކީ އޭނާގެ ނަސީބެވެ. ފެންވަރު ދައްކާލައި ހޯދާފައި ހުރި ކުރިއެރުން ވަޒަންކޮށްލަން ލިބުނު ފުރުސަތެކެވެ.

ފެންވަރު ފެނިއްޖެ އެވެ. ކުރިއެރުން ވަޒަން ވެސް ކުރެވިއްޖެ އެވެ.

އިންޓަ ސްކޫލް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރެކޯޑު އޭނާ ހެދީ 11.28 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ 19 އަހަރުން ދަށުގެ 100 މީޓަރުގައި ދުވި އެތުލީޓުންނަށް ވުރެން ވެސް ރަނގަޅު ޓައިމިން އެކެވެ. މި ދިޔަ އަހަރުގެ ގައުމީ މުބާރާތުގެ 100 މީޓަރު ދުވުމުން ތިން ވަނަ ހޯދި ނުޖޫމް ހަސަންގެ ޓައިމިން އަކީ 11.27 ސިކުންތެވެ.

ދެން އޮތީ 200 މީޓަރު ދުވުމެވެ. ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްދަރިވަރު ރާހިލް ވާފިރު 23.8 ސިކުންތުން ދުވެގެން ހަދާފައިވާ ރެކޯޑު ނާހިލް މުގުރާލީ 23.25 ސިކުންތުން ދުވެގެންނެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ތިން ވަނަ ހޯދި ނުޖޫމް ހަސަންގެ ޓައިމިންއާ އަޅާބަލާއިރު، ތަފާތަކީ 0.23 ސިކުންނެވެ. ނުޖޫމް ގައުމީ މުބާރާތުން ލޯ މެޑަލް ހޯދީ 25.02 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ނާހިލް ތިން ވަނަ ރެކޯޑު މުގުރާލީ ދިގު ފުންމުމުންނެވެ (ލޯންގް ޖަމްޕް އިންނެވެ). ހުރިހާ ރެކޯޑަކަށް ވުރެ މި ރެކޯޑު ގިނަ ގޮތްގޮތުން ހާއްސަ އެވެ. ދިގު ފުންމުމުގެ ރެކޯދު ނާހިލް މުގުރާލީ 6.43 މީޓަރު ދުރަށް ފުންމައިގެންނެވެ. މިއީ ޖޫނިއާ އުމުރުފުރާގެ ވެސް ގައުމީ ރެކޯޑެކެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ ގައުމީ ފެންވަރުގެ ސީނިއާ ދެ މުބާރާތްކަމަށްވާ ގައުމީ އެތުލެޓިކްސް މުބާރާތާއި ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައިވެސް ނާހިލްގެ މި ސްކޯއާ ހަމަކުރެވޭނެ ސްކޯއެއް ނެތެވެ. ގައުމީ މުބާާރާތުން ރަން މެޑަލް ހޯދި އަހުމަދު ލަޔާލް އެއް ވަނަ ހޯދީ 6.38 މީޓަރު ދުރަށް ފުންމައިގެންނެވެ. ގްރޯން ޕްރީގައި އެއް ވަނަ ހޯދީ އިބާދުﷲ ގެ ސްކޯއަކީ 5.77 މީޓަރެވެ.

ރިލޭ އިވެންޓްގައި ނާހިލް ދުވަނީ: ގިނަ ރެކޯޑްތަކާ އެކު މުބާރާތް ނިންމާލެވުމުން ނާހިލް ހިތްހަމަޖެހޭ.-- ފޮޓޯ؛ އަބްދުﷲ އިޔާން/ އަދަދު

އިންޑިވިޖުއަލް ތިން ރެކޯޑެއް ނާހިލް މުގުރާލިއިރު، އޭނާވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ 17 އަހަރުން ދަށުގެ ފިރިހެން ޓީމާއިއެކު އިތުރު ދެ ރެކޯޑެއް މުގުރާލާފަ އެވެ. އެއީ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އާއި ހަތަރެއް ގުނަ 200 މީޓަރު ރިލޭ އެވެ. ނާހިލްގެ ބާރު ސްޕީޑު މި ދެ އިވެންޓުގެ ކާމިޔާބީގައި ވެސް ފާހަގަކުރެވުނެވެ.

ފަސް ދުވަހުގެ މުބާރާތުން ނާހިލް ދައްކައިދިނީ އުއްމީދީ ދުވުންތެރިން ރާއްޖޭގައި ތިބިކަމެވެ. ބައިނަލްއަގްވާމީ ލެވެލްގައި ދުވުމުން ކާމިޔާބު ހޯދަން މަސައްކަތްކުރާނެ ކުދިން އެބަތިބިކަމެވެ. ހަމަ ޔަގީނުންވެސް "ރެކޯޑު މުގުރަމުން" އޭނާ އެ ބުނަނީ އެތުލެޓިކްސްގެ މުސްތަގްބަލުގެ އުޖާލާކަމާއި ކުރިމަގު އަލިކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox