އިންޓަ ސްކޫލް އެތުލެޓިކްސް: 32 ރެކޯޑުން ކުރަހައިދޭ މަންޒަރު!

މި ފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޓަ ސްކޫލް މުބާރާތްތަކަކީ ކުރިމަގުގެ ތަރިންގެ ދެނެގަނެ، އެ ކުޅިވަރެއްގެ މުސްތަގުބަލު ވަޒަންކޮށްލަން ލިބޭ މުބާރާތެކެވެ. ޒުވާން ތަރިންގެ ހުނަރާއި ގާބިލުކަން މިނެކިރާލަން ލިބޭ ފުރުސަތެކެވެ. ކުޅިވަރުގެ އުއްމީދީ ތަރިން ހޯދައި ފުރާނާލަން ލިބޭ ދަނޑިވަޅެކެވެ. އެއް އަހަރެއްގެ މުބާރާތަށް ވުރެ އަނެއް އަހަރުގެ މުބާރާތުގެ ކުރިއެރުން ދެނެގަނެވޭނެ ގިނަ ގޮތްތަކެއް ހުރެ އެވެ. އެކި ކުޅިވަރުތަކުގައި އެކަން މިނެކިރާ ގޮތްވެސް ތަފާތެވެ. އެތުލެތިކްސްގައި އެކަން ކުރެވޭނެ އެއް ގޮތަކީ ދުވުންތެރިންގެ ޓައިމިންގައި ހޯދާ ކުރިއެރުމާ ބެހޭ ދިރާސާތައް ހެދުމެވެ. ކޮންމެ ސިކުންތެއްގެ ފަރަގު ވެސް މުހިންމެވެ.

މިމަހުގެ 25-27 އަށް މާލޭގައި ކުރިއަށް ގެންދިޔަ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ރެެކޯޑު އަދަދަކަށް އެތުލީޓުން ވާދަކުރި އެވެ. މާލެ އާއި އަތޮޅުތަކުން ޖުމްލަ 47 ސްކޫލަލުން 1839 އެތުލީޓުން ވާދަކުރި އިރު މިއީ ރެކޯޑު އަދަދެކެވެ. ދެން އޮތީ މުބާރާތުގެ ކާމިޔާބީއާ ކުރިއެރުމުގެ ވާހަކަ އެވެ. މި މުބާރާތުގައި އެކަނި 32 ރެކޯޑެއް އެތުލީޓުން ވަނީ ހަދާފަ އެވެ.

އެންމެ ފާހަގަކޮށްލެވޭ ރެކޯޑުތަކުން ފަށަމާ ހިނގާށެވެ.

މުބާރާތުގެ އެންމެ ސީނިއާ އުމުރުފުރާ ކަމަށްވާ 19 އަހަރުން ދަށުގެ އުމުރުފުރާ އަކީ އަބަދުވެސް ވަރަށް ވާދަވެރި އުމުރުފުރާ ތަކެކެވެ. މި ބައިގައި ވާދަކުރާ ބައެއް އެތުލީޓުންނަކީ ގައުމީ ސްކޮޑުގެ ދުވުންތެރިންނެވެ. އެހެންކަމުން، ފެންވަރު ރަނގަޅު ވާދަވެރިކަމެއް ފެންނާނެކަމަށް ކުރެވޭ އުއްމީދުވެސް ބޮޑެވެ. މި އުމުރުފުރާގެ ފިރިހެން ބަޔަށް ބަލާއިރު ދުވުމުގެ ތިން ރެކޯޑެއް ވަނީ ހަދައިފަ އެވެ.

ނަވާރަ އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދި އަހުމަދު ވިސާމް ވަނީ 1500 މީޓަރު ދުވުމުގެ ސްކޫލު ރެކޯޑު މުގުރާލައިފަ އެވެ. އިމާދުއްދީން ސްކޫލުގެ ވިސާމް މި ރެކޯޑު ހެދީ 4 މިނެޓު 26.72 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނަވާރަ އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ ރެކޯޑު ހެދި ދުވުންތެރިއަކީ ސީއެޗްއެސްއީގެ އަހުމަދު ނަޖުދާން އެވެ. އޭނާ ރެކޯޑު ހެދީ 22.99 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ ސްކޫލް ރެކޯޑުވެސް ހަދައިފަ އެވެ. އެޓީމްގެ ޓައިމިން އަކީ 46.60 އެވެ. މި ރެކޯޑުތަކުގެ އިތުރުން ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޖައުޝަން ވަނީ ޝޮޓު ޕުޓްގެ ސްކޫލް ރެކޯޑު ވެސް ހަދައިފަ އެވެ.

ސީނިއާ އުމުރުފުރާގެ އަންހެން ބައިގައި އެންމެ ވިދުންގަދަ ދުވުންތެރިއަކަށްވީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދު އެވެ. ލަޔާނާ ވަނީ އޭނާ ދުވި ތިން އިވެންޓުގެ ސްކޫލު ރެކޯޑު ހަދައިފަ އެވެ. މި ތިން ރެކޯޑަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަންގެ ސްކޫލު މުބާރާތުގައި ދުވިއިރު ހަދާފައިވާ ރެކޯޑުތަކެވެ. ސަތޭކަ މީޓަރު ދުވުމުގެ ރެކޯޑު ލަޔާނާ މުގުރާލީ 12.99 ސިކުންތުން ދުވެގެންނެވެ. މީގެ އިތުރުން 200 މީޓަރު ރެކޯޑު މުގުރާލީ 26.64 ސިކުންތުން ދުވެގެންނެވެ. އަދި 400 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލީ 1 މިނެޓު 00.49 ސިކުންތުންނެވެ.

އެންމެ މޮޅު އެތުލީޓުގެ މަގާމު ލަޔާނާ ހޯދި ނަމަވެސް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ނޫރާ އަބްދުލްހަމީދު ވަނީ ރަނގަޅު ޕާފޯމަންސެއް މުބާރާތުގައި ދައްކައިފަ އެވެ. ނޫރާ ވަނީ ލޯންގް ޖަމްޕްގެ ސްކޫލު ރެކޯޑު މުގުރާލައިފަ އެވެ. އޭނާ މި ރެކޯޑު ހެދީ 4.59 މީޓަރަށް ފުންމައިގެންނެވެ.

ނަވާރަ އަހަރުން ދަށުގެ އަންހެން ބައިގައި ދެން ރެކޯޑު ހެދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދެ އެތުލީޓުންނެވެ. މީގެ އިތުރުން 5000 މީޓަރު ދުވުމުގެ ރެކޯޑު ފަސުހާ އަހުމަދު ހެދިއިރު، ޑިސްކަސް އުކުމުގެ ރެކޯޑު ހެދީ އެ ސްކޫލުގެ އައިޝަތު ޝިފާ އެވެ.

މުބާރާތުގެ ހަތަރު އުމުރުފުރާއަށް ބަލާއިރު، 17 އަހަރުން ދަށުގެ އުމުރުފުރާގައި ވެސް ގައުމީ ލެވެލްގެ ގިނަ އެތުލީޓުން ވާދަކުރި އެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އެންމެ ކާމިޔާބު އެތުލީޓުގެ މަގާމް ހޯދި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ނާހިލް ދެ ރެކޯޑެއް މުގުރާލި އެވެ. އެއީ 200 މީޓަރު ދުވުމުގެ ރެކޯޑު 23.25 ސިކުންތުން ނިންމިއިރު، ލޯންގް ޖަމްޕްގެ ރެކޯޑު ނާހިލް ހެދީ 6.43 މީޓަރަށް ފުންމައިގެންނެވެ. މިއީ ޖޫނިއާ ލެވެލްގެ ގައުމީ ރެކޯޑެއްވެސް މެ އެވެ. މީގެ އިތުރުން 100 މީޓަރު ދުވުމުގައި އޭނާ ދުވެ ނިންމި ޓައިމިން އަކީ ފޮޓޯ ފިނިޝް ސިސްޓަމް ބޭނުންކުރަން ފެށި ފަހުން ނިންމި އެންމެ އަވަސް ޓައިމިން އެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ސްކޫލު ގދ. އަތޮޅު ތައުލީމީ މަރުކަޒުން ޓީމް ރިލޭގެ ދެ ރެކޯޑެއް މުގުރާލި އެވެ. ހަތަރެއް ގުނަ 100 މީޓަރު ދުވުން އެ ސްކޫލުން 46.39 ސުކުންތުން ރޭސް ނިންމައިގެންނެވެ. ހަތަރެއް ގުނަ 200 މީޓަރު ދުވުމުގެ ރެކޯޑު އެ ސްކޫލުން ހެދީ އެއް މިނެޓު 39:73 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެން ބަޔަށް ބަލާއިރު، ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު ވަނީ 200 މީޓަރު ދުވުމުގެ ރެކޯޑު ހަދައިފަ އެވެ. ގައުމީ ސްކޮޑުގައި ހިމެނޭ އަހުނާ ރޭސް ނިންމީ 26.70 ސިކުންތުންނެވެ. މި ބައިގެ ލޯންގް ޖަމްޕްގެ ރެކޯޑު ޝަރަފުއްދީން ސްކޫލްގެ ހާއްވާ މުޒުނާ ފާއިޒު ވަނީ މުގުރާލާފަ އެވެ. ތާޖުއްދީން ސްކޫލުގެ އައިޝަތު ޝާޔާވެސް ދެ ރެކޯޑެއް ހެދި އެވެ. އެއީ ޝޮޓް ޕުޓް އަދި ޑިސްކަސް އުކުމުގެ ރެކޯޑެވެ. ހައި ޖަމްޕްގެ ރެކޯޑު ހެދީ ޖަލާލުއްދީން ސްކޫލުގެ އައިޝަތު ސާޖިޔާ އެވެ. ޓީމް ރިލޭތަކަށް ބަލާއިރު، ހަތަރެއް ގުނަ 200 މީޓަރު ދުވުމުގެ ރެކޯޑު ޖަލާލުއްދީން ސްކޫލުން ވަނީ މުގުރާލައިފަ އެވެ.

އެންމެ މަދުން ރެކޯޑު ހަދާފައިވަނީ 15 އަހަރުން ދަށުގެ އެތުލީޓުންނެވެ. ފިރިހެން ބައިގެ ޝޮޓްޕުޓްގެ ސްކޫލު ރެކޯޑާއި އެއްވަރުގެ ރެކޯޑެއް ރެހެންދި ސްކޫލްގެ ޒަޔާން ނާފިއު ހެދިއިރު، އަންހެން ބައިގެ ޝޮޓުޕުޓްގައި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގެ ދާރާ ހުސައިން ވަނީ އާ ރެކޯޑެއް ހަދާފަ އެވެ.

އެންމެ ގިނަ ސްކޫލުތަކުން ވާދަކުރި 13 އަހަރުން ދަށުގެ އިވެންޓުތައްވެސް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. މި އުމުރުފުރާގެ ފިރިހެން ބައިގައި އާ ދެ ރެކޯޑެއް ހެދިއިރު، އަންހެން ބައިގައި 5 ރެކޯޑެއް ހެދި އެވެ. ފިރިހެން ހައި ޖަމްޕް ރެކޯޑު ހެދީ އަމީނިއްޔާ ސްކޫލްގެ ޝައާފް ހާމިދު އިބްރާހިމް އެވެ. ހާޑްބޯލް ތްރޯގެ ރެކޯޑު ހެދީ ޖަމާލުއްދީން ސްކޫލްގެ އަހުމަދު ޒާން އެވެ.

އަންހެން ބައިގެ 70 މީޓަރު ހާޑަލްސްގެ ރެކޯޑު އަހުމަދިއްޔާގެ އީލާފް އަބްދުއްލަތީފް ހެދިއިރު، ލޯންގް ޖަމްޕް ރެކޯޑު ހެދީ މުބާރާތުގައި އަލަށް ބައިވެރިވި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ އެޑެލް ޓަރްނަވްސްކާޔާ އެވެ. ޓްރިޕަލް ޖަމްޕް ރެކޯޑު ހެދީ ފުވައްމުލަކު ސްކޫލްގެ އައިޝަތު ލަމްޔާ އެވެ. ޑިސްކަސް އުކުމުގެ ރެކޯޑު ހެދީ ރެހެންދި ސްކޫލްގެ އައިޝަތު އީޝަލް އެވެ. ޓީމް ރިލޭތަކަށް ބަލާއިރު، އަފީފުއްދީން ސްކޫލުންވަނީ ހަ ގުނަ 80 މީޓާރު ޝަޓަލް ރިލޭގެ އެއް ވަނަ ހޯދައި މި އުމުރުފުރާގެ ރެކޯޑެއް ހަދާފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ކޮންމެ ރެކޯޑަކާ އެކު ފެނުނީ އުއްމީދެވެ. އެތުލީޓުންގެ ހިތްވަރެވެ. ކޯޗުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތެވެ. ހަމަޔަގީނުން ވެސް މިއީ އެތުލެޓިކްސްގެ ކުރިމަގަށް ކުރެވުނު މުހިންމު ތަޖުރިބާ އެކެވެ. މުހިންމު ފިލާވަޅުތަކެކެވެ. މި ރެކޯޑްތަކުން އެތުލެޓިކްސްގެ މުސްތަގުބަލަށް އާ މަންޒަރުތަކެއް ދައްކުވައިދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox