މަހާނަތަކަށް ޒިޔާރަތްކުރަން އިރުޝާދު ދެއްވީ ކީއްވެ؟

މަހާނަތަކަށް ޒިޔާރަތްކުރަން އިރުޝާދު ދެއްވީ ކީއްވެ؟

އިސްލާމްދީނުގައި ގުރުއާނާއި ސުންނަތުން ވާރިދުވެފައިވާ އެތަކެއް ދުއާއަކާއި ތަހުލީލުތަކެއް އެބަހުއްޓެވެ. އެކަމަކު މަރަށް ހާޒިރުވާ މީހާއަށް އަނެކުން ލައިދޭން އިރުޝާދުލިބުނީ ޝަހާދަތުގެ ދެކަލިމަ އެވެ. އަދި މަރަށް ހާޒިރުވެފައިވާ މީހާ ކިޔުންވެސް އެންމެ އައުލާވެގެންވަނީ ޝަހާދަތުގެ ދެކަލިމަ އެވެ. އާދޭހެވެ. އިސްލާމްކަން ފެށޭ ދެކަލިމަ އެވެ. އިސްލާމްދީންގެ ފުރަތަމަ ރުކުނެވެ. މަރަކީ ކަމެއްގެ ފެށުން ކަމަށް މިކަމުން އިޝާރާތް ނުކުރޭތޯ އެވެ.

ހިނެވުމާއި ކަފުންކުރުމުގައި ހަމަ މި މާނަ އެކުލެވިގެން ވެ އެވެ. ދުނިޔެ ނިމުނީމާ އެއްކޮށް ނިމުނީކަމަށް ބަލާނަމަ، މައްޔިތާ ފެންވަރުވައި ކަފުންކުރުމަކީ ކުރާންޖެހޭ ކަމަކަށް ނުވީހެވެ. އާދޭހެވެ. ހިނެވުމާއި ކަފުންކުރުމުގެ ހިކުމަތްތައް ބައިވަރެވެ. އަޅުގަނޑު މިފާހަގަކުރަނީ އެކަމުގައި ފޮރުވިފައިވާ މައުނަވީ ހަގީގަތެވެ. ކަމަކަށް ތައްޔާރުވުގެ އަމަލަކުން ދައްކުވައިދޭ ކަމެއްގެ ފެށުމެވެ. ދުނިޔޭގެ ނިމުމާއި އާހިރަތުގެ ފެށުމެވެ.

އަދިވެސް ވިސްނާށެވެ. ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ވަރަށް އެއްގޮތެވެ. ސުންނަތް ނަމާދުތަކުގެ ތެރޭގައި ހިމެނޭ އީދު ނަމާދާއި ކޭތަ ނަމާދުތަކުގައިވެސް ތަފާތު ގޮތްތަކެއް ހުރިކަމަށްވިޔަސް ހަމަ ވަރަށް އެއްގޮތެވެ. ކަށު ނަމާދަށްވުރެ ތަފާތު ނަމާދެއް ފެނޭތޯ އެވެ. އެޔަށްވުރެ ކުރު އެހެން ނަމާދެއް އޮވޭތޯ އެވެ. އަނެކުންގެ ދުއާއަކީ މައްޔިތާއަށް މުހިންމު އެއްޗަކަށްވީނަމަވެސް ކަށުނަމާދުގެ ކުރުކަމާއި އެނަމާދުގައި ހަތަރު ތަކުބީރުގެ މައްޗަށް އޮތް އެންމެ ޤިޔާމެއް އޮތުމުގެ މާނައަށް ފުންކޮށް ނަޒަރުކޮށްލާން ޖެހެ އެވެ. ދުނިޔޭގެ ދިރިއުޅުމުގެ ކުރުކަމާއި ދުނިޔޭގެ ދިރިއުޅުމުގެ ނިމުން އައުމާއެކު އާހިރަތްވަނީ ފެށިފައިކަމަށް މިކަންކަމުން މާނަ ލިއްބައިނުދޭތޯ އެވެ. "އަހަރެމެންވަނީ ﷲ އަށެވެ. އަހަރެމެން އެނބުރިދާނީ ވެސް އެކަލާނގެ ހަޒުރަތަށެވެ." މި ޖުމުލައިން ވެސް މާނަ ނެރޭ ހިކުމަތަކީ ދުނިޔޭގެ ނިމުމާއި އާހިރަތުގެ ފެށުމެވެ.

އިންސާނެއްގެ މަރާ ގުޅިގެން، ސައްހަ މަގުން ވާރިދުވެ އެއްވެސް މުސްލިމަކު އެކަންކަމުގެ ސައްހަކަމާމެދު ސުވާލެއް އުފެއްދުމަކާ ނުލައި އެކަމަކީ އިސްލާމްދީނުގެ އަހުކާމްތަކުގެ ތެރެއިން ހިމެނިގެންވާ ކަންތައްކަމުގައި ގަބޫލުކޮށްގެން ކުރަމުން އަންނަ މިބާވަތުގެ އެންމެހާ ކަމަކަށް ފުންކޮށް ނަޒަރުކޮށް ވިސްނާ ބެލުމުން މިދެންނެވުނު ހަގީގަތް ހާމަ ވެ އެވެ.

މަރާ ގުޅިގެން އެންގެވި މިއަހުކާމްތަކުން މާނަކޮށްދީ މަންޒަރުކޮށްދެނީ މަރާމެދު އިސްލާމްދީނުގެ ނަޒަރިއްޔާތެވެ. ދެކޭގޮތާއި ފަލްސަފާ އެވެ. މަރުގެ އިސްލާމީ ފިކުރިއްޔާތެވެ. ދުނިޔޭގެ ނިމުމާއި އާހިރަތުގެ ފެށުމެވެ. އަލްޖުމްޢާ ސޫރަތުގެ 8 ވަނަ އާޔަތުގައި ވެ އެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ހަޒުރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެ އެވެ."

އަލްޣާފިރު ސޫރަތުގެ 39 ވަނަ އާޔަތަށް ވިސްނާލުން މުހިންމެވެ. "އޭ އަހުރެންގެ ގައުމުގެމީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ، ވަގުތީ އަރާމެއް ކަމުގަ އެވެ. އަދި ހަމަކަށަވަރުން، އާހިރަތަކީ ގަރާރުވެ ދެމިހުންނަނިވި ގޮވައްޗެވެ." އިންސާނާ މަރުވުމާއެކު އޭނާގެ ދުނިޔޭގެ ދިރިއުޅުން ނިމުނީ އެވެ. އާހިރަތުގެ ގޮވައްޗަކީ ޣައިބުގެ އާލަމެވެ. އެއާލަމުގެ އެކި މަރުހަލާތައް ހިމެނިގެންވާ ގޮތުންނެވެ.

ކީރިތި ގުރުއާނުގައި މަރުގެ ވާހަކަ އައިސްފައިވާ އެތަކެއް އާޔަތްތަކާއި މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުތަކަށް ބަލާއިރު، މަރަކީ ދުނިޔޭގެ ދިރިއުޅުން އެކީއެކަށް ނިމި ދެން އޮތް ދުނިޔޭގެ ފެށުންކަމީ މިކަމުގައި ހިމެނިގެންވާ އިސްލާމީ ނަޒަރާއި ވިސްނުންކަން ވަރަށް ސާފެވެ. މަރުވުމަށްފަހު މައްޔިތާއާ މެދު އަމަލުކުރުމަށް އިސްލާމްދީން އަންގަވާފައިވާ އެންމެހައި ކަންކަމަކާއި މީހަކު މަރުވެދިއުމާ ގުޅިގެން ދިރިތިބީން އަމަލުކުރުމަށް މާތް ނަބިއްޔާ ދަސްކޮށްދެއްވި އެންމެހައި ކަމެއް މިދެންނެވުނު މާނަ ދޭހަކޮށްދޭ ގޮތަށް ބުނެވިދިޔަ ހިކުމަތް ފާޅުކޮށްދޭ ގޮތަށް ހުރީ އެހެންވެގެންނެވެ.

ނިމިގެންދިޔަ ހަފުތާގައި ސޯޝަލް މީޑިއާއިން އަޅުގަނޑުގެ ސަމާލުކަން ހުއްޓުވާލި އެއް ހަބަރަކީ، މަހާނަ ޒީނަތްތެރިކުރުމުގެ އާދައެއް ވިޔަފާރިއަކަށް ބަދަލުވަމުންދާ ކަމުގެ ވާހަކަތަކެކެވެ. އެޔާއެކު މިކަމުގެ ހުކުމާ ގުޅޭގޮތުން ގިނަ ނޫނަކަސް މަދު ނޫން ފޯނު ކޯލުތައް އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑު ހިތުން މަރާމެދު އިސްލާމީ ނަޒަރިއްޔާތަކީ ކޮބައިކަމާއި، ސައްހަމަގުން ވާރިދުވެފައިވާ ކަންކަމުގެ ތެރެއިން މައްޔިތުންނާމެދު އަމަލުކުރަމުން މިތާ ބުނެވިދިޔަ ކަންކަމުން ދޭހަކޮށްގަނެވޭ މާނަޔާއި ހިކުމަތްތަކަށް ނަޒަރުކުރުމުން މަހާނަ އިމާރާތްކުރުމާއި މަހާނަ މަތީ ރޭނުމާއި މަހާނަ އާދަޔާ ހިލާފަށް ޒީނަތްތެރިކުރުމަކީ ދީނީގޮތުން ކޮން ކަހަލަ ކަމެއްކަން ދެނެގަތުމަށް އުނދަގުލެއް ނުވާނެ އެވެ.

މަރަކީ ދުނިޔޭގެ ދިރިއުޅުމުގެ ނިމުންކަމާއި އަދި ހަމަ އެޔާއެކު އާހިރަތުގެ ފެށުންކަމާއި މިހަގީގަތް ރަމްޒުކޮށްދޭނީ މަރުވެފައިވާ އިންސާނާގެ މަހާނަ ކޮން ގޮތަކަށް ބައްޓަންކުރެވިގެންތޯ ވިސްނާލާށެވެ! މިމާނަ ނެރެވެނީ މިހިކުމަތް ގާއިމުވަނީ، މަހާނަ ހިމެނޭހެން ވަށައިގެން ރީތި ބިނާއެއް ކުރުމުންތޯ އެވެ. ނުވަތަ އޭގެ އިދިކޮޅު ގޮތަކުންތޯ އެވެ!

ފުރާނަ ނެތް މަސްގަނޑު އެހެން އޮތުމުން ނުކުންނާނެ ތަޣައްޔަރުވުމުގެ ވަސް ފެތުރިގެން ނުދާނެ ގޮތަކަށް ވަޅުލުމަށް އިސްލާމްދީން އިރުޝާދު ދެ އެވެ. އަދި އިންސާނާގެ ފުރާނަ ނެތް މަސްގަނޑަކީ ހުރުމަތްތެރިވެގެންވާ އެއްޗަކަށްވީހިނދު، އެމަސްގަނޑު ވަޅުލާފައިވާ ތަނުގެ މަތީން ނުހިނގުމަށް އިސްލާމްދީން އިރުޝާދު ދެ އެވެ. މަހާނަ ހުންނަންވާނީ އެބާވަތުގެ ކަމެއް ނުހިނގާނެ ގޮތަށެވެ. އާދޭހެވެ. މަހާނަ ހުންނަންޖެހެނީ މަހާނައެއްކަން ވަކިވާ ގޮތަށެވެ. އަދި އޭގެ ހުރުމަތް ނުގެއްލޭނެ ގޮތަށެވެ. ހިމާޔަތްކުރެވިފަ އެވެ. މަހާނަ ގައުޖަހަންޖެހެނީ ވެސް މަހާނަ މައްޗަށް ފަސްއަޅަންޖެހެނީ ވެސް މިދެންނެވުނު ސަބަބުތަކަށެވެ. އިތުރު އެހެން ސަބަބަކަށްޓަކައި ކުރާންޖެހޭ އިތުރު ކަމެއް ނޯވެ އެވެ. ޢުޘްމާން ބިން މަޘްޢޫންގެ މަހާނައިގައި ބޮޑު ހިލަގަނޑެއް ބޭއްވުމަށްފަހު އެކަމުގެ ހިކުމަތް ވަނީ ބަޔާންކޮށްދެއްވާފަ އެވެ. ޙަދީޘްކުރެއްވީ ތިމަންކަލޭގެފާނުގެ އަޚާގެ މަހާނަ އެކަމުން އެނގިގެންދިއުމަށެވެ.

އެހެންކަމާއެކު ވަޅުލާފައިވާ ތަން އެއްވެސްގޮތަކުން ކޮނެވި ނުވަތަ ޖަނަވާރެއްފަދަ އެއްޗެއްގެ އުނދަގޫ ޖެހިދާނެކަމަށްޓަކައި، މަހާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނުވަތަ އެމަހާނައަކީ ކާކުގެ މަހާނައެއްކަން ދެނަގަތުމަށްޓަކައި، ކުރެވޭ ކަމެއްގެ ބޭރުން އެމަހާނަ ޒީނަތްތެރިކޮށް ސިމެންތި ޖަހައި، އިމާރާތްކޮށް އަގުބޮޑެތި ހިލަޖަހައި މިފަދަ ކަންކަމަކީ ކޮށްގެންވާނެ ކަންކަން ނޫންކަމަށާއި، އަދި އެއީ ފާފަލިބެނިވި ބިދުއައިގެ ތެރެއިން ހިމެނިގެންވާ ކަނޑައެޅިގެން ހުރި އިސްރާފެއްކަމުގައި އިހާއި ފަހުގެ އިލްމުވެރިން އަބަދުވެސް ފަތުވާ ދެއްވަ އެވެ.

އާދޭހެވެ. މަހާނަ ޒީނަތްތެރިކޮށް އިމާރާތްކުރުމަކީ، މަރާމެދު އިސްލާމްދީނުގެ ނަޒަރިއާޔަތާ އެއްވެސް ގޮތަކުން ބައްދަލުވާކަމެއް ނޫނެވެ. އެވާހަކަ ކުރިން ދަންނަވާލެވިއްޖެ އެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެ އެވެ. 'މަހާނަތަކަށް ޒިޔާރަތްކުރުން ތިމަންކަލޭގެފާނު ކުރިން ތިޔަބައިމީހުންނަށް ނަހީކުރެއްވީމެވެ. ތިޔަބައިމީހުން މަހާނަތަކަށް ޒިޔާރަތްކުރާށެވެ. އެއީ އާހިރަތް ހަނދާންކޮށްދޭ ކަމެކެވެ.' މަހާނަތަކާއި ގަބުރުސްތާނުތަކަށް ޒިޔާރަތްކުރަންވީ މައިގަނޑު މަގުސަދަކީ އާހިރަތް ހަނދާންކުރުމެވެ. އެތަނުގެ ޒީނަތްތެރިކަން ދުށުމެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox