ގޭބިސީތަކުން ކުނި ވަކިކުރުން: ކުޑަ ހިތްވަރަކުން ބޮޑު މައްސަލައެއްގެ ހައްލު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝައުނާ އަދި ވެމްކޯގެ ޑީއެމްޑީ-- ފޮޓޯ: އެންވައިރަމެންޓް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝައުނާ އަދި ވެމްކޯގެ ޑީއެމްޑީ-- ފޮޓޯ: އެންވައިރަމެންޓް

ގޭބިސީތަކުން ހުރިހާ ބާވަތެއް މަސްހުނިކޮށްގެން ނެރެމުން އަންނަ ކުނި ޖޫން މަހުން ފެށިގެން ވަކި ކުރަން އެންގުމުން ގިނަ ބައެއްގެ ކަންބޮޑުވުން އެ ކަމުގައި ހުއްޓެވެ. ކުނީގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން، ކުނީގެ ބާވަތްތައް ވަކިކޮށްފައި ނެރެން ލާޒިމްކުރާ ގަވާއިދެއް މިދިޔަ އަހަރު ތެރޭގައި ގެޒެޓް ކޮށްފައިވާއިރު، އެ އުސޫލަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަތޮޅު ތެރޭގެ ރަށްތަކުން ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އަދި މިދިޔަ މަހުން ފެށިގެން ހިޔާ ފްލެޓުގެ 12 ޓަވަރެއްގައި އަންނަނީ ކުނި ވަކިކުރަމުންނެވެ.

މާލޭގައި ކޮންމެ ދުވަހަކު 1200 ޓަނުގެ ކުނި އުފައްދަމުން އަންނައިރު، އެ ކުނި ވަކި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ވެމްކޯގެ މުވައްޒަފުންނެވެ. އެހެންކަމުން ގޭބިސީތަކުން ކުނި ވަކި ކުރުމުގައި ގިނަ ފައިދާތަކެއްވާ ކަމަށް މި ކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ދިގު އަދި އެ ކަަމަށް ގިނަ ވަގުތުތަކެއް ވެސް ހޭދަވާ ކަމެއް، އަދި އިންސާނެއްގެ ހައިސިއްޔަތުން ވިސްނާލި ކަމުގައި ވިޔަސް އަޅުގަނޑުމެން އެންމެން އުފައްދާ ކުނި ވަކިކޮށް، ތަންތަނަށް ލާ ހަދަނީ ހަމަ އަޅުގަނޑުމެން ކަހަލަ އިންސާނުން، އެހެންކަމުން މަސައްކަތުގެ މާހައުލު ރަނގަޅު ކުރުމަށާއި މަސައްކަތަށް ބޭނުންވާ ވަގުތު ސަލާމަތް ކުރުމަށާއި ވެމްކޯއިން ކުރަމުން އަންނަ ހޭދަ ކުޑަ ކުރުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ކުނި އުފެދޭ ހިސާބުން ވަކި ކުރުން،" ޝައުނާ ވިދާޅުވި އެވެ.

ތިލަފުށި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް މިހާރު ނިމި، އޮޕަރޭޝަނަށް ގެނެވިފައިވާއިރު، އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ތިލަފުށީގައި ވޭސްޓް އެނާޖީ މެނޭޖްމެންޓް ޕްލާންޓެއް ގާއިމް ކުރާނެ އެވެ. އެ ޕްލާންޓު އަންނަ އަހަރަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ކުނި ވަކި ކުރަން ޖެހޭ އެންމެ މުހިންމު ސަބަބަކީ ކުނިން ހަކަތަ އުފައްދާ މެޝިންތައް މަސައްކަތް ކުރަނީ ކުނި ވަކިކޮށްގެން ކަމަށް ވާތީ ކަމަށެވެ. އަދި މިހާރު ވަކި ކުރަމުން އަންނަ ކުނި، ޕްރޮސެސްކޮށް ބަންޑެލި ޖަހައި، ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މި ޕްރޮޖެކްޓު އެއްކޮށް ނިމިގެން އަންނައިރު، ތިލަފުށީގައި އުފެދޭނެ ކޮންސްޓަރްކްޝަން ވޭސްޓާއި ދަގަނޑާއި ޕްލާސްޓިކް އަދި ނުރައްކާތެރި ޓޮކްސިކް ވޭސްޓު ވެސް ވަކިކޮށްފައި، ސެގްރެގޭޓްކޮށްފައި ބެހެއްޓޭނެ ވަސީލަތްތައް. އެއާއެކު މި އަންނަ އަހަރު ތެރޭގައި ފެށޭނެ ވޭސްޓު ޓު އެނާޖީ ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް،" ޝައުނާ ވިދާޅުވި އެވެ.

މި ޕްލާންޓުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ފެށުމުން އެ ޕްލާންޓުން ދުވާލަކު 8 މެގަވޯޓާ 10 މެގަވޯޓުގެ ކަރަންޓު ދުވާލަކު އުފެއްދޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ދަށުން، އިތުރު ރަށްރަށުގައި ވޭސްޓު މެނޭޖުމަންޓު ސެންޓަރުތައް ތަރައްގީކޮށް، އެއް ރަށުން އަނެއް ރަށަށް ވޭސްޓު ކަލެކްޓުކޮށް، ރައްކާތެރިކޮށް ތިލަފުއްޓަށް ގެންނާނެ އުޅަނދު ބަނދެ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިދުމަތުގެ އަގަކަށް ބަދަލެއް ނާންނާނެ

ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޔޫސުފް ސިރާޖު ވިދާޅުވީ ކުނި ވަކިކޮށްގެން ނަގަން ފެށުމުން ހިދުމަތަށް ނަގަމުން އަންނަ އަގަށް ބަދަލު އަތުވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ކަސްޓަމަރުންގެ މެދުގައި ހުރި ނަމަވެސް ހިދުމަތް ދެމުން ގެންދާނީ ހަމަ މިހާރު ވެސް ދެމުން އަންނަ އަގުގައި ކަމަށެވެ.

މިހާރު ވެސް މާލޭގައި ކޮންމެ މަހަކު އެއްލައްކައަށް ވުރެ ގިނަ ޕްލާސްޓިކް ވަކިކޮށްގެން ވެމްކޯއިން ނަގާކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ ކަސްޓަމަރުންގެ ފަރާތުން އެއްބާރުލުން އެންމެ ފުރިހަމައަށް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"ވެމްކޯއިން ކުނި މެނޭޖުކުރަން ފެށިއްޖެ، މި މަސައްކަތުގައި އަޅުގަނޑުމެން މިދަނީ އިތުރު ކުރިއެރުންތަކެއް ހޯދައި، ސަސްޓެއިން ކުރަމުން، ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރާ ކުންފުންޏަކަށް ހަދައި، އެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" ސިރާޖު ވިދާޅުވި އެވެ.

ކުނި ވަކިކުރާނީ ކިހިނެއް؟

  • ފަނާވެދާނެ ކުނި (އޯގެނިކް): މިއީ ގޭގެއިން ކޮންމެ ދުވަހަކު ނެރޭ ކުނިވާ ޒާތުގެ އެއްޗިއްސެވެ.
  • ޕްލާސްޓިކް ފުޅި: މީގެ ތެރޭގައި ހިމެނެނީ ހަމައެކަނި މިނެރަލް ފެން ހުސްކުރާ ފުޅި އެވެ.
  • އެހެނިހެން: މި ބައިގައި މާލެ ސަރަހައްދުންނަމަ ހިމެނޭނީ ބިއްލޫރި އާއި ލަކުޑި، ދަގަނޑު، ޕްލާސްޓިކް ކޮތަޅު ފަދަ ތަކެއްޗެވެ. ރަށްރަށުގައި ނަމަ އެއީ ބިއްލޫރި ފިޔަވާ ދެން މި ބައިގައި ހިމެނޭ ތަކެއްޗެވެ.
  • ބިއްލޫރި/މައުދަން: ރަށްރަށުގައި ބިއްލޫރީގެ ގޮތުގައި ހިމެނޭ ތަކެތި ވަކި ކުރަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox