ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައި ރޯމާ ތާރީހުގެ ތެރެއަށް

May 25, 2022, 8:57 PM
ތަށްޓާ އެކު ރޯމާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ތަށްޓާ އެކު ރޯމާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޓިރާނާ، އަލްބޭނިއާ (މެއި 25) - މި ފަހަރު އަލަށް ފެށި ޔުއެފާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔުއެފާ ކޮންފަރެންސް ލީގުގެ ފުރަތަމަ ޗެމްޕިއަނަކަށް ވުމުގެ ޝަރަފް ހޯދައި އިޓަލީގެ އޭއެސް ރޯމާ އިން ތާރީހުން ޖާގަ ހޯދައިފި އެވެ.

އަލްބާނިއާގައި ފުރަތަމަ ފަހަރަށް ހޯސްޓްކުރި ޔޫރަޕްގެ ކްލަބް ފައިނަލުގައި ރޯމާ އިން ޗެމްޕިއަންކަން ހޯދީ ނެދަލެންޑްސްގެ ފެޔަނޫޑް 1-0 އިން ބަލިކޮށްގެންނެވެ. މިއީ ޔުއެފާގެ ރަސްމީ މި ފަދަ ބޮޑު މުބާރާތެއްގެ ތަށި ރޯމާ އިން ހޯދި ފުރަތަމަ ފަހަރެވެ.

ރޯމާގެ މި ކާމިޔާބީއާ އެކު އެ ޓީމުގެ ކޯޗަކަށް ހުރި ޕޯޗުގީސް މަޝްހޫރު ކޯޗު، ހޯސޭ މޮރީނިއޯ މި ވަނީ ޔޫރަޕްގެ ހުރިހާ ލެވަލެއްގެ ތަށި ހޯދި ފުރަަތަމަ ކޯޗުގެ ޝަރަފް ހޯދައިފަ އެވެ. މޮރީނިއޯ އަކީ ޔުއެފާ ކަޕް (ޔޫރޮޕާ ލީގު)، ޗެމްޕިއަންސް ލީގު އަދި ކޮންފަރެންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކޯޗެވެ. އަދި މޮރީނިއޯ އަކީ އަކީ ތަފާތު ހަތަރު ކްލަބެއް ޔޫރަޕްގެ ފައިނަލަށް ގެންގޮސްދިން ފުރަތަމަ ކޯޗެވެ.

މިރޭގެ ފައިނަލް މެޗުގެ ތެރެއިން ރޯމާގެ ކޯޗު މޮރީނިއޯ: މޮރީނިއޯ އަކީ ޔޫރަޕްގެ ތިން ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗު.-- ފޮޓޯ: އޭއެފްޕި

މޮރީނިއޯ ވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޕޯޓޯއާ އެކު ޔޫރޮޕާ ލީގާއި ޕޯޓޯ އާއި އިންޓަ މިލާން ގޮވައިގެން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި މިރޭ ރޯމާ ގޮވައިގެން މި ވަނީ ކޮންފަރެންސް ލީގު ތަށި އުފުލާލައިފަ އެވެ.

އެރީނާ ކޮމްބަޓެއާގައި މިރޭ ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، ރޯމާ އިން ވަނީ ބަދަލެއް ގެންނަން ޖެހިފަ އެވެ. އަނިޔާގެ ސަބަބުން މެޗުގެ 17 ވަނަ މިނިޓްގައި ރޯމާގެ އާރްމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަންގެ ބަދަލުގައި ވަނީ ސާޖިއޯ އޮލިވޭރާ ކުޅެން އަރުވައިފަ އެވެ. މިކިތާރްޔަން އަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލުނެވެ.

މެޗުގެ 32 ވަަނަ މިނިޓްގައި ރޯމާ އިން ލީޑުނެގީ ނިކޯލަ ޒަނިއޯލޯ ޖެހި ގޯލުންނެވެ. ރޯމާގެ ޖިއަންލޫކާ މަންޗިނީ މަތިން އޭރިއާތެރެއަށް ކުޅުނު ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު ޒަނިއޯލޯ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޒަނިއޯލޯ އުފާފާޅުކުރަނީ: ޒަނިއޯލޯ (22) އަކީ އަލެސަންދްރޯ ޑެލް ޕިއޭރޯ އަށް ފަހު ޔޫރަޕްގެ ކްލަބް ފައިނަލެއްގައި ލަނޑު ޖެހި އިޓަލީ އަށް އުފަން އެންމެ ހަގު ކުޅުންތެރިޔާ.-- ފޮޓޯ: އޭއެފްޕީ

ފެޔަނޫޑުން ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެ ޓީމުން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. ފެޔަނޫޑުން ނެގި ހުރަހެއް އެ ސީރިއަލް ޑެސާސް ޖެހުމުން އެހެން ކުޅުންތެރިއަކު ގައިިގައި ޖެހިފައި ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭރިއާބޭރުން ފެޔަނޫޑްގެ ފުލްބެކް، ލުޓްޝަރެެލް ގްރީޓްރުއިޑާ ޖެހި ބާރު ބޯޅަ ރޯމާ ކީޕަރު ރުއީ ޕެޓްރީޝިއޯ އަތުގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ރޯމާ އަށް ލީޑުފުޅާކޮށްދޭން ޖޯޑަން ވެރެޓޫޓް ޖެހި ބޯޅަ ފެޔަނޫޑް ކީޕަރު ޖަސްޓިން ބީޔްލޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް ރޯމާ އިން ކައުންޓަ އެޓޭކުގައި ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ފެޔަނޫޑް ޑިފެންޑަރުން ތިބީ ސަމާލުވެގެންނެވެ. އޭގެ ތެރެއިން ހުސްކޮށް ދިޔަ އެއް ފުރުސަތުގައި ރޯމާގެ ކެޕްޓަން ލޮރެންޒޯ ޕެލެގްރީނީ ޖެހި ބޯޅައެއް ކީޕަރު ބީޔްލޯ ވަނީ މަތަކޮށްފަ އެވެ.

ގިނަ ބަދަލުތަކެއް ގެނެސްގެން ފެޔަނޫޑުން ގޯލެއް ޖަހައި ނަތީޖާ ހަަމަހަމަ ކުރެވޭތޯ ބެލި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox