އެމެރިކާގެ ސްކޫލެއްގައި ބަޑި ޖަހައި 19 ކުދިންނާއި ދެ މީހުން މަރާލައިފި

ބަޑި ޖެހި ސްކޫލުގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ރޮއިޓާޒް

ބަޑި ޖެހި ސްކޫލުގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ޓެކްސަސްގެ ޕްރައިމެރީ އުމުރުފުރައިގެ ކުދިންނަށް ހާއްސަ ސްކޫލެއްގައި ބަޑި ޖަހައި 19 ކުދިންނާއި ދެ މީހުން މަރާލައިފި އެވެ.

ހަމަލާ ދިން މީހާ ހުއްޓުވުމަށް ފުލުހުން ބަޑި ޖެހުމުން އޭނާ ވެސް ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ ޓެކްސަސްގެ އުވަލްދޭގައި ހުންނަ ރޮބް އެލެމެންޓްރީ ސްކޫލަށް ބަޑި ހިފައިގެން ހުރި މީހާ ވަނީ ހެނދުނު 11:30 ހާއިރު ކަމަށެވެ. އޭގެ ކުރިން އޭނާ ވަނީ އޭނާގެ މާމަގެ ގަޔަށް ބަޑި ޖަހައި، ދުއްވާފައި ދިޔަ އުޅަނދު ސްކޫލް ކައިރިން އެކްސިޑެންޓްވެފަ އެވެ. އޭނާގެ މާމަގެ ހާލު ސީރިއަސް އެވެ.

ޓެކްސަސް ޑިޕާޓްމަންޓް އޮފް ޕަބްލިކް ސޭފްޓީއިން ބުނީ ސްކޫލް ތެރެއަށް ވަނުމާ އެކު ކައިރިން ފެންނަ ތިބި އެންމެންގެ ގަޔަށް ބަޑި ޖަހަން ފެށި ކަމަށެވެ.

ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ހަމަލާ ދިނީ އުވަލްދޭގައި ދިރިއުޅޭ އުމުރުން 18 އަހަރުގެ ސެލްވޭޑޯ ރާމޯސް ނަމަކަށް ކިޔާ ފިރިހެނެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އެ ހަމަލާ ކުށްވެރި ކުރެއްވުމަށް ފަހު ވިދާޅުވީ އެމަނިކުފާނު ރައީސް ކަމަށް ވަޑައިގެންނެވީ މިކަހަލަ ކަމަކާ ކުރިމަތިލާން ނުޖެހޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގައި ބަޑި ގެންގުޅުމުގައި ހުރި އުސޫލްތައް ހަރުކަށި ކުރުމަށް ހަރުދަނާ ފިޔަވަޅު އެޅުއްވުމަށް ބައިޑެން ވަނީ ނިންމަވާފަ އެވެ. ނަމަވެސް މީގެ ކުރިން އެކަމާ ގުޅިގެން ކުރި މަސައްކަތްތަކަށް ވެސް ހުރަސް އެޅީ ޕާލިމެންޓު މެމްބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox