ޕީއެސްޖީގައި މަޑުކުރަން ނިންމިއިރު، ފްރާންސްގެ ރައީސްގެ ލަފާ ވެސް ހޯދިން: އެމްބާޕޭ

May 24, 2022, 9:59 AM
ފްރާންސްގެ ރައީސް މެކްރަން (ވ) އާއި އެމްބާޕޭ (ކ).

ފްރާންސްގެ ރައީސް މެކްރަން (ވ) އާއި އެމްބާޕޭ (ކ).

ޕެރިސް (މެއި 24) - ރެއާލް މެޑްރިޑްގެ ހުށަހެޅުމަށް ފުރަގަސްދީ، ޕީއެސްޖީގެ ކޮންޓުރެކްޓް އާކުރަން ނިންމިއިރު، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ ލަފާ ވެސް ހޯދި ކަމަށް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ބުނެފި އެވެ.

މި ސީޒަނަށް ފަހު ރެއާލަށް އެމްބާޕޭ ބަދަލުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، އެމްބާޕޭ ވަނީ އެންމެ ފަހު ވަގުތު ޕީއެސްޖީގައި މަޑުކުރަން ނިންމައިފަ އެވެ. އެމްބާޕޭ، 23، ވަނީ އިތުރު ތިން އަހަރަށް ޕީއެސްޖީގެ ކޮންޓުރެކްޓް އާކުރަން ނިންމައިފަ އެވެ. އެކަން އިއުލާނުކުރީ ފްރެންޗް ލީގުގައި ޕީއެސްޖީން މި ސީޒަނުގައި ކުޅުނު ފަހު މެޗުގެ ކުރިންނެވެ.

ޕީއެސްޖީގައި މަޑުކުރަން ނިންމި ސަބަބު ކިޔައިދޭން އެމްބާޕޭ އިއްޔެ ވަނީ ޕީއެސްޖީގެ ނާސިރު އެލް ހެއްލާފީއާ އެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްބާޕޭ ބުނީ ޕީއެސްޖީގެ ކޮންޓުރެކްޓް އާކުރުމަށް ނިންމުމުގެ ކުރިން، ފްރާންސްގެ ރައީސް މަކްރޯންއާ ވާހަކަދައްކައި، ލަފާ ހޯދި ކަމަށެވެ. އަދި ރައީސް މެކްރޯން ލަފާ ދެއްވީ ޕީއެސްޖީގައި މަޑުކުރުމަށް ކަމަށް އެމްބާޕޭ ބުންޏެވެ. .

"ރައީސްއާ ވާހަކަ ދައްކާލިން. ވަރަށް ރަނގަޅު ނަސޭހަތެއް ރައީސް ދިނީ. ރައީސް ބޭނުންވީ އަހަރެން ޕީއެސްޖީގައި މަޑުކުރަން،" އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލްހެއްލާފީ (ވ) އާއި އެމްބާޕޭ (ކ) ޖޯޒީ ދައްކާލަނީ.

އެމްބާޕޭ ބުނީ ޕީއެސްޖީގައި އޭނާ މަޑުކުރަން ނިންމިއިރު، މެކްރޯންގެ އިތުރުން ވެސް ވަރަށް ގިނަ ބައެއްގެ ލަފާ ހޯދި ކަމަށެވެ. އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ފްރާންސްގެ ރައީސް ވަނީ މުހިންމު ޕްރޮޕޯސަލްތަކެއް ހުށަހަޅައިފަ އެވެ. އެ ގޮތުން އެމްބާޕޭ އަށް ވަނީ 2024 ވަނަ އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގެ އެމްބަސަޑަރެއްގެ ރޯލު ހުށަހަޅައިފަ އެވެ.

ލަ ލީގާގެ ރައީސް، ޓެބާސް ވިދާޅުވީ ފާއިތުވި ސީޒަންތަކުގައި ބޮޑެތި ގެއްލުންތަކާއެކު ހިންގަމުންދާ ޕީއެސްޖީން، އެމްބާޕޭ އަށް ބޮޑު އަގެއް ހުށަހަޅައި، އޭނާ މަޑުކުރުވުމަކީ ފުޓްބޯޅަ އަށް ލިބުނު ލަދެއް ކަމަށެވެ. ޕީއެސްޖީ ބޮޑު އަގެއްގައި އެމްބާޕޭ ކޮންޓުރެކްޓް އާކުރާތީ، ލަ ލީގާ އިން ވަނީ އެ މައްސަލަ ޔުއޭފާ އަދި ޔޫރަޕިއަން ޔޫނިއަން އަށް ވެސް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮންޓުރެކްޓް އާކުރަން ނިންމުމާ ގުޅިގެން، ޕީއެސްޖީން "ސައިނިން ފީ"އެއްގެ ގޮތުގައި އެމްބާޕޭ އަށް 150 މިލިއަން ޔޫރޯ ދިނުމަށް މީގެ ކުރިން އޮތީ ހުށަހަޅައިފަ އެވެ. އަދި ސީޒަނަށް 24 މިލިއަން ޔޫރޯ ދިނުމަށް އެ ކްލަބުން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ޕީއެސްޖީގެ ރައީސް ހެއްލާފީ ވިދާޅުވީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމީ ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި އެމްބާޕޭ ޝައުގުވެރިވީ ޕީއެސްޖީގައި އޮތް ސްޕޯޓިން ޕްރޮޖެކްޓަށް ކަމަށެވެ.

އެމްބާޕޭ އާއި ޕީއެސްޖީން ސޮއިކުރި އާ ކޮންޓްރެކްޓްގައިވަނީ ގިނަ ކަންތައްތަކެއް ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެމްބާޕޭގެ އިމޭޖް ރައިޓްސްގެ 100 ޕަސެންޓް ކޮންޓްރޯލް އޮންނާނީ އަމިއްލަ އަތުގަ އެވެ. މާނަ އަކީ އެމްބާޕޭ އަށް ކްލަބްގެ ހުއްދަ ނެތި ބޭނުން އިސްތިހާރުތަކެއްގައި ބައިވެރިވެ، އޭނާގެ ބްރޭންޑް ވަރުގަދަ ކުރަން ކްލަބާ މަޝްވަރާ ކުރުމެއް ނެތި އަމިއްލަ އަށް ވިޔަފާރިކުރެވޭނެ އެވެ. އަދި ޕީއެސްޖީން ކޯޗަކު ހަމަޖެއްސުމާއި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމުގައި އެމްބާޕޭގެ މަޝްވަރާ ހޯދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ކްލަބަކުން ކުޅުންތެރިއަކަށް މި ފަދަ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ހެދި ފުރަތަމަ ކޮންޓްރެކްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox