ފީފާ އާއި އޭއެފްސީ އިން އިންޑިއާ އަށް ފިޔަވަޅު ނާޅަން އެދެފި

May 24, 2022, 6:06 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ވ) އާއި ޕްރަފުލް ޕަޓޭލް.-- ފޮޓޯ: އޭއެފްޕީ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ވ) އާއި ޕްރަފުލް ޕަޓޭލް.-- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (މެއި 24) - ސުޕްރީމް ކޯޓުން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރަން ނިންމި ނަމަވެސް އެ ގައުމާ މެދު ފިޔަވަޅެއް ނާޅަން އޭއެފްސީ އާއި ފީފާގެ ކިބައިގެން އެދިއްޖެ އެވެ.

ފީފާ އާއި އޭއެފްސީގެ ކައިރިން މި ގޮތަށް އެދި ސިޓީ ފޮނުއްވާފައިވަނީ ސުޕްރީމް ކޯޓުގެ އަމުރާ އެކު އިންޑިއާ ފުޓްބޯޅަ ރައީސްކަން ގެއްލުނު، ޕްރަފުލް ޕަޓޭލް އެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްކަން ތިން ދައުރުކުރެއްވި، ޕްރަފުލްގެ އެންމެ ފަހުގެ ދައުރުގެ މުއްދަތު 2020 ޑިސެމްބަރަށް އޮތީ ހަމަވެފަ އެވެ. މީގެ ދޮޅު މަސް ކުރިން، އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިތުރަށް ފަސް ނުކޮށް އިންޑިއާ ފުޓްބޯޅައިގެ އިންތިހާބުވީ އެންމެ އަވަހަކަށް ބާއްވަން ޖެހޭނެ ކަމަށެވެ. އަދި މި ވަގުތު އިންޑިއާ ފުޓްބޯޅައިގެ އިސް ވެެރިންގެ ގޮތުގައި ޕްރަފުލްގެ ލީޑަޝިޕްގެ މެމްބަރުން ތިބީ ގާނޫނީ ހައިސިއްޔަތަކުން ނޫން ކަމަށާއި މަގާމުގައި ޕްރަފުލް ހުންނެވީ އިންޑިއާގެ ނެޝަނަލް ސްޕޯޓްސް ކޯޑާ ވެސް ހިލާފަށް ކަމަށެވެ.

ސަރުކާރުން އެދޭ ގޮތަށް، އިންޑިއާ ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ތިން މެމްބަރުންގެ އެޑްމިނިސްޓްރޭޝަން ކޮމިޓީއެއްގެ ދަށަށް އެ ފެޑެރޭޝަން ހިންގުން ބަދަލުކުރަން އަންގައިފަ އެވެ. ޕްރަފުލްގެ ލީޑަޝިޕުން ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ބަލައިގަނެ، އިންޑިއާ ފުޓްބޯޅަ ހިންގުން ތިން މެމްބަރުންގެ ކޮމިޓީއާ ހަވާލުކޮށްފަ އެވެ.

އޭގެ ފަހުން ޕްރަފުލް ވަނީ އޭއެފްސީ އާއި ފީފާ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެޑްރެސްކުރައްވައި، ފޮނުއްވި ސިޓީގައި ޕްރަފުލް އެދިވަޑައިގެންފައިވަނީ ތިން ވަނަ ފަރާތެއް ނުފޫޒު ފޯރުވިކަމަށް ބަލައި، އިންޑިއާ ފުޓްބޯޅަ އަށް ފިޔަވަޅު ނޭޅުމަށް އެދޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ތިން މެމްބަރުންގެ ކޮމިޓީއާ ހަވާލުކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބާއްވަން ޖެހޭ ކަމަށާއި އެ މުއްދަތު ހަމަވަންދެން ފީފާގެ އެއްބާރުލުން އެ ތިން މެމްބަރުންގެ ކޮމިޓީއަށް ދިނުމަށް ޕްރަފުލް ވަނީ އެދިވަޑައިގެންފަ އެވެ.

އިންޑިއާގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ޕްރަފުލް ވިދާޅުވީ ސުޕްރީމް ކޯޓުގެ މި އަމުރުގެ މައްސަލަ އިތުރަށް ގޯސްވާ ގޮތަށް ކަންކަން ކުރަން އުޅެފިނަމަ އިންޑިއާ ފުޓްބޯޅަ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށެވެ. އެހެންވެ، މި ވަގުތަށް ބަލާއިރު އެންމެ އެދެވޭ ގޮތަކީ ކޮމިޓީ އަށް އެއްބާރުލުން ދިނުން ކަމަށް ޕްރަފުލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅި ތިން މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ ރިޓަޔަކޮށްފައިވާ ޖަޖް، އަނިލް އާރް ދޭވް، ކުރީގެ ޗީފް އިލެކްޝަން ކޮމިޝަނަރު އެސްވައި ކުރޭޝީ އަދި އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ބާސްކަރު ގަންގޫލީ އެވެ.

ޕްރަފުލް އަކީ ފީފާ ކައުންސިލްގެ މެމްބަރެކެވެ. އަދި އޭނާ އަކީ އޭއެފްސީގެ ނައިބު ރައީސެއްގެ އިތުރުން ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ އިސް ފަރާތެކެވެ.

ޕްރަފުލް އަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަރިސް ބޭފުޅެކެވެ. އެ ކަމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ ބޮޑެތި ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް 2017 ވަނަ އަހަރު ފީފާގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު އިންޑިއާ އަށް ދިނުމެވެ. އަދި މި އަހަރު ފީފާގެ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ވެސް ދީފައި އޮތީ އިންޑިއާ އަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox