އޭޓީކޭ ސަޕޯޓަރުންނާ މެދު ނުވިސްނަަން، ބޭނުމީ މޮޅުވާން: ނިހާން

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިހާން.--

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިހާން.--

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިރޭ ކުޅޭ މެޗުގައި އޭޓީކޭ މޯހަން ބަގާންގެ ސަޕޯޓަރުންނާ މެދު ނުވިސްނާ ކަމަށާާއި ބޭނުންވަނީ މެޗުން މޮޅުވާން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް މި ފަހަރު ސެންޓްރަަލައިޒްކޮށް ކުޅޭ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމް އަކީ 85،000 ސަޕޯޓަރުންގެ ޖާގައިގެ ދަނޑެކެވެ. މިއީ މޯހަން ބަގާންގެ ހޯމް ސްޓޭޑިއަމެވެ. މޯހަން ބަގާން އިން ފުރަތަމަ މެޗުގައި ގޯކުލަމް ކެރަލާ އެފްސީއާ ކުޅުނުއިރު، އެ މެޗު ބަލަން 31،790 ސަޕޯޓަރުން ދަނޑަށް ވަނެވެ. އަދި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް މޯހަން ބަގާން ކުޅުނު މެޗު ބަލަން، 34،595 ސަޕޯޓަރުން ވަނެވެ.

އޭޓީކޭ މޯހަން ބަގާންގެ މި ދެ މެޗު ކުޅުނީ ހަވީރު ވަގުތު ކަމަށްވާތީ ނިސްބަތުން ބަލާއިރު، ސަޕޯޓަރުން ދަނޑަށް ވަން ނިސްބަތް މަދެވެ. އެހެން ކަމުން މިރޭ މާޒިޔާއާ ދެކޮޅަށް އޭޓީކޭ މޯހަން ބަގާން ނަތީޖާ ނެރެން ޖެހޭ މެޗަކަށް ނުކުންނައިރު، ގިނަ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވެ އެވެ.

Advertisement

މިރޭގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ނޫސްވެރިއަކު މާޒިޔާގެ ނިހާން ގާތުގައި ސުވާލުކުރީ އޭޓީކޭ މޯހަން ބަގާންގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި މެޗު ކުޅެން ޖެހުމުން އެކަމާ މެދު ދެކެނީ ކިހިނެއްތޯ އެވެ.

"އޭޓީކޭ ސަޕޯޓަރުންނާ މެދު އެހާ ނުވިސްނަން. މާޒިޔާގެ ވިސްނުމަކީ ސަޕޯޓަރުން ކުރިމަތީގައި ވެސް ކުޅެގެން މޮޅުވާން،" ނިހާން ބުންޏެވެ.

މިދިޔަ އަހަރު އޭޓީކޭ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން ނިހާން (ވ) މެއިން ބޯޅަ ކޮންޓްރޯލްކުރަނީ.

މިދިޔަ އަހަރު މާލޭގައި ސެންޓްރަލައިޒްކޮށް ކުޅުނު އޭއެފްސީ ކަޕް ގްރޫޕް މެޗުތަކުގެ ތެރެއިން މޯހަން ބަގާން ވަނީ މާޒިޔާ 3-1 އިން ބަލިކޮށްފަ އެވެ. ނިހާން ބުނީ މާޒިޔާ އަށް އެ މެޗުގެ ތަޖުރިބާއިން ކަންތައްތައް ތަކެއް ދަސްކުރެވޭނެ ކަމަށެވެ. އެކަމަކު، މޯހަން ބަގާންއާ ދެކޮޅަށް ކުޅެން ޖެހޭނީ ކުރިން ދެ މެޗަށް ވުރެ ބޮޑަށް ފަރުވާތެރިވެގެން ކަމަށް ނިހާން ވަނީ ބުނެފަ އެވެ.

"މޯހަން ބަގާން އަކީ މިތަނުގެ އެންމެ މޮޅު އެއް ޓީމު. އެކަން ދަނެގެން ނުކުންނާނީ. އެ މީހުންގެ ބަލިފައިތައް ދެނެގަނެ، މެޗުން މޮޅުވާން ކުޅޭނީ،" ގައުމީ ޓީމުގެ މެދުތެރޭގައި ވެސް މޮޅު ކުޅުމެއް ދައްކާ ނިހާން ބުންޏެވެ.

އޭއެފްސީ ކަޕްގެ މެޗުތަކުގައި ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޭޓީކޭ މޯހަން ބަގާން އޮތީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އެވެ. ގޯކުލަމް ކެރަލާ އެފްސީ ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ފައިދާ އެއް ގޯލު އޮތުމުންނެވެ. ތިން ވަނައިގައި އޮތް, ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ތިން ޕޮއިންޓް ލިބުނަސް ފައިދާ ގޯލެއް ނެތެވެ. ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު ގެއްލުން ތިން ގޯލުއާ އެކު އެވެ.

މިއަދު ހަވީރު، ރާއްޖެ ގަޑިން، 16:00 ގައި ގޯކުލަމް އާއި ބަޝުންދަރާ ކުޅޭ މެޗު އޮންނާނެ އެވެ. ގްރޫޕްގެ ފަހު މެޗުގައި އޭޓީކޭ މޯހަން ބަގާން އާއި މާޒިޔާ ބައްދަލުކުރާނީ މިރޭ 20:00 ގަ އެވެ.

ޓީމުތަކަށް ފުރުސަތު އޮތީ ކިހިނެއް؟

އޭއެފްސީ ކަޕްގެ ގްރޫޕް ޑީން އެއް ވަނަ ހޯދާ ޓީމެއް ދާނީ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށެވެ. މިހާރު އޮތްގޮތުން އެ މަގާމަށް ދިއުމުގެ ފުރުސަތު ހަތަރު ޓީމަށް ވެސް އެބައޮތެވެ. އެކަމަކު، އެ މަގާމު ކަށަވަރުވާނީ މިއަދުގެ ދެ މެޗު ނިމުމުންނެވެ. ދެ ޓީމެއް ޕޮއިންޓުން އެއްވަރުވެއްޖެނަމަ ދެން ބަލާނީ ހެޑް ޓު ހެޑް އަށެވެ. އެކަމަކު، ދެ ޓީމަށް ވުރެ ގިނަ ޓީމު ޕޮއިންޓް އެއްވަރުވެއްޖެނަމަ ދެން ބަލާނީ ލަނޑުގެ ތަފާތަށެވެ.

މާޒިޔާ - މާޒިޔާ އަށް ފުރުސަތު ލިބޭނީ، ހަވީރު ކުޅޭ މެޗުން ބަޝުންދަރާ އަށް މޮޅެއް ނުލިބި، މިރޭ މާޒިޔާ އިން އޭޓީކޭ މޯހަން ބަގާން ބަލިކޮށްގެން. ބަޝުންދަރާ ހަވީރު މޮޅުވެއްޖެނަމަ މާޒިޔާ ކަޓާނެ.

ބަޝުންދަރާ - ބަޝުންދަރާ އަށް ފުރުސަތު ލިބޭނީ ހަވީރު ކުޅޭ މެޗުން އެ ޓީމުން ގޯކުލަމް ކެރަލާ ބަލިކޮށް، މިރޭ މާޒިޔާ އަތުން އޭޓީކޭ މޯހަން ބަގާން އަށް މޮޅެއް ނުލިބިއްޖެނަމަ.

ގޯކުލަމް ކެރަލާ - ގޯކުލަމް ކެރަލާ އަށް ފުރުސަތު އޮތީ މިއަދު ހަވީރު ކުޅޭ މެޗުން އެ ޓީމުން ބަޝުންދަރާ ބަލިކޮށް، މިރޭ މާޒިޔާ އަށް އޭޓީކޭ އަތުން މޮޅެއް ނުލިބިއްޖެނަމަ.

އޭޓީކޭ މޯހަން ބަގާން - އޭޓީކޭ އަށް ފުރުސަތު އޮތީ ހަވީރު ކުޅޭ މެޗުން ގޯކުލަމް ކެރަލާ އަށް މޮޅެއް ނުލިބި މިރޭ އޭޓީކޭ އިން މާޒިޔާ ބަލިކޮށްފިނަމަ. މިއަދު ހަވީރު ގޯކުލަމް އިން ބަޝުންދަރާ ބަލިކޮށްފިނަމަ އޭޓީކޭ މޯހަން ބަގާން ކަޓާނެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox