ޖަޕާނުގެ އެސްޓްރޮނޯޓަކު ހަނދަށް ފޮނުވަން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަނީ

މީގެ ކުރިން ހަނދަށް ގޮސްފައި ވަނީ މުޅިން ވެސް އެމެރިކާގެ ރައްޔިތުން. -- ފޮޓޯ: އޭއެފްޕީ

މީގެ ކުރިން ހަނދަށް ގޮސްފައި ވަނީ މުޅިން ވެސް އެމެރިކާގެ ރައްޔިތުން. -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (މޭ 23) - ޖަޕާނުގެ އެސްޓްރޮނޯޓަކު ހަނދަށް ފޮނުވަން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފި އެވެ.

މީގެ ކުރިން ހަނދަށް ގޮސްފައި ވަނީ މުޅިން ވެސް އެމެރިކާގެ ރައްޔިތުންނެވެ. ޖަޕާނުން މީގެ ކުރިން ބުނެފައި ވަނީ 2030 ވަނަ އަހަރުގެ ކުރިން އެ ގައުމުގެ ރައްޔިތަކު ހަނދަށް ފޮނުވަން އުއްމީދު ކުރާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖަޕާނަށް ވަޑައިގެން އެ ގައުމުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާއާ ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވީ ހަނދަށާއި މާސްއަށް އިންސާނުން ފޮނުވުމަށް އެމެރިކާއިން ހިންގާ އާޓެމިސް ޕްރޮގްރާމްގައި ޖަޕާނުން ބައިވެރިވާނެ ކަމަށެވެ.

ބައިޑެން ވިދާޅުވީ ދެ ގައުމު ގުޅިގެން ކުރާނެ މަސައްކަތްތަކާ މެދު އުއްމީދު ބޮޑު ކަމަށެވެ. އެގޮތުން ހަނދުގެ އޯބިޓަށް ދަތުރު ކުރާ ގޭޓްވޭ ފެސިލިޓީގެ މަސައްކަތުގައި ޖަޕާނުން ބައިވެރިވާނެ އެވެ. އެއީ މުސްތަގްބަލުގައި ބާއްވާ މިޝަންތަކަށް އެހީވުމަށް ހަނދުގެ އޯބިޓަށް ފޮނުވާ ފެސިލިޓީ އެކެވެ.

"ހަނދު ވަށައި ދަތުރު ކުރާ ގޭޓްވޭ ސްޓޭޝަނުގައި ދެ ގައުމުން އެކުގައި ކުރާނެ މަސައްކަތާ މެދު އުއްމީދު ބޮޑު. އާޓެމިސް ޕްރޮގްރާމްގެ ދަށުން އަޅުގަނޑުމެންނާ އެކު ޖަޕާނުގެ އެސްޓްރޮނޯޓަކު ފުރަތަމަ ފަހަރަށް ހަނދަށް ދަތުރު ކުރަން މަގުފަހިވާނެ،" ބައިޑެން ވިދާޅުވި އެވެ.

ޖަޕާނުގެ ޖައްވީ ޕްރޮގްރާމުގައި ބޮޑަށް އިސްލަން ދެނީ ސެޓެލައިޓާއި ޖައްވީ އުޅަނދުތަކަށެވެ. އެހެންވެ، ޖަޕާނުގެ އެސްޓްރޮނޯޓުން ޖައްވުގައި ހުންނަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދަތުރު ކުރަނީ އެމެރިކާ އާއި ރަޝިއާއާ އެކުގަ އެވެ.

ނަމަވެސް ޖަޕާނުގެ ޖައްވީ އިދާރާއިން މިހާރު މަސައްކަތް ކުރަނީ އޮޕަރޭޝަންތައް ފުޅާ ކުރުމަށެވެ. އެގޮތުން 13 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާ އެސްޓްރޮނޯޓުންތަކެއް ރެކްރޫޓް ކުރީ މިދިޔަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox