ޕެރިސް (މެއި 23) - އަންނަ ހޮނިހިރު ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ސަޕޯޓްކުރާނީ ރެއާލް މެޑްރިޑަށް ކަމަށް ދާދި ފަހުން އެ ކްލަބްގެ ހުށަހެޅުމަށް ނޫނެކޭ ބުނެ، ޕީއެސްޖީގައި މަޑުކުރަން ނިންމި ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ޕެރިހުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް ކުޅޭނީ އިނގިރޭސި ގަދަބާރު ލިވަޕޫލާ ދެކޮޅަށެވެ. އެމްބާޕޭ ދާދި ފަހުން ވަނީ ރެއާލް އިން ދިން ކޮންޓްރެކްޓަށް ނޫނެކޭ ބުނެ، ގިނަ ބާރުތަކެއް ލިބޭ ގޮތަށް ޕީއެސްޖީގެ އެއްބަސްވުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ.
ފްރެންްޗް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއަކަށް މި ސީޒަނުގައި ހޮވުނު އުމުރުން 23 އަހަރުގެ އެމްބާޕޭ ބުނީ އޭނާ އަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހުށަހެޅި ޕްރޮޕޯސަލް އަބަދުވެސް ބަލައިގަންނާނެ ކަމަށެވެ. އޭނާގެ ސޮއި ނުލިބުމުން ރެއާލް މާޔޫސްވާނެކަން އެނގޭ ކަމަށާއި އެ ފަދަ ކްލަބަކުން ހުށަހެޅުމެއް ލިބުނީތީ އުފާކުރާ ކަމަށް އެމްބާޕޭ ބުންޏެވެ.
"އަހަރެން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސަޕޯޓްކުރާނީ ރެއާލަށް. އަހަރެންގެ ގޭގައި ޕެރިހުގައި މެޗު ބަލާނީ،" އެމްބާޕޭ ބުންޏެވެ.
މޮނާކޯ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭ ބުނީ އެ ކްލަބް އިތުރަށް ކުރިއަށް ގެންދަން އޮތް ޕްރޮޖެކްޓްގައި މުހިންމު ރޯލެއް އަދާކުރަން ބޭނުންވާ ކަމަށެވެ. ގަަތަރުގެ މަހުޖަނު ނާސިރު އެލް ހެއްލާފީ، ޕީއެސްޖީގެ ޕްރޮޖެކްޓްގައި މިހާރު އެންމެ ހޯދަން ބޭނުންވަނީ ޗެމްޕިއަންސް ލީގުގެ ތަށްޓެވެ. އެމްބާޕޭ ލައްވައި، ކޮންޓްރެކްޓް އާ ކުރުވިއިރު، ޕީއެސްޖީން އަންނަނީ ނޭމާ އާއި ލިއޮނަލް މެސީ އަދި ސާޖިއޯ ރާމޯސްގެ ކޮންޓްރެކްޓް ވެސް ރަނގަޅުކުރަން މަސައްކަތް ކުރަމުންނެވެ.












