އެމެރިކާއިން އޭޝިއާއާ މެދު ގެންގުޅޭ ސްޓްރެޓެޖީއަށް ޗައިނާގެ ފާޑުކިޔުން

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ދެކުނު ކޮރެއާގެ ކުރީގެ ރައީސް މޫން ޖޭ އިން. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ދެކުނު ކޮރެއާގެ ކުރީގެ ރައީސް މޫން ޖޭ އިން. -- ފޮޓޯ: ރޮއިޓާޒް

ބެއިޖިން، ޗައިނާ (މޭ 23) - އެމެރިކާއިން އޭޝިއާއާ މެދު ގެންގުޅޭ ޑިޕްލޮމެޓިކް ސްޓްރެޓެޖީ ފެއިލް ވާނެ ކަމަށް ބުނެ، ޗައިނާއިން ފާޑުކިޔައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ވަގުތު އުޅުއްވަނީ އޭޝިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ޖަޕާނުގަ އެވެ. ދެކުނު ކޮރެއާއަށް ފަހު ޖަޕާނަށް ވަޑައިގެންނެވި އިރު، މިއީ އެމަނިކުފާނު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އޭޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެމެރިކާގެ "އިންޑޯ-ޕެސިފިކް ސްޓްރެޓެޖީ" ގެ މަގްސަދަކީ ބައިބައިވުން އުފެއްދައި، ހަމަނުޖެހުމަށް މަގުފަހިކޮށް، ސުލްހައަށް ހުރަސް އެޅުން ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވި ކަމަށް ދައުލަތުގެ މީޑިއާ ޝިންހުއާއިން ބުންޏެވެ.

"އެ ސްޓްރެޓެޖީ ޕެކޭޖުކޮށް ނުވަތަ ފޮރުވައިގެން އުޅުނަސް، އެންމެ ފަހު ވަގުތު ވާނީ ހަމަ ފެއިލް،" ވާންގް ޔީ ވިދާޅުވި އެވެ.

އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ ލީޑާޝިޕް ވަރުގަދަ ކުރަން ކުއޯޑް ގްރޫޕްގެ ހާއްސަ ބައްދަލުވުމެއްގައި އަންގާރަ ދުވަހު ބައިޑެން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ބައްދަލުވުމުގައި އޮސްޓްރޭލިއާ، އިންޑިއާ އަދި ޖަޕާނުގެ ލީޑަރުން ވެސް ބައިވެރިވެ އެވެ.

އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ހަރަކާތްތަކާ މެދު އެމެރިކާއިން ހިތްހަމަނުޖެހެ އެވެ. ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާ ސަރުކާރުން ދެކުނު ނަމަވެސް، އެމެރިކާއިން އެކަމަށް ގޮންޖަހަ އެވެ. އޭގެ އިތުރުން ޗައިނާގެ ޝިންޖިއާންގައި މުސްލިމުންނާ ދެކޮޅަށް ޖަރީމާ ހިންގާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ.

"ވަކިން ހާއްސަކޮށް އޮތް ނުރައްކަލަކީ ޓައިވާން ކާޑާއި ދެކުނު ޗައިނާ ކަނޑުގެ ކާޑު ބޭނުންކޮށްގެން، މި ސަރަހައްދަށް ހަމަނުޖެހުން ގެންނަން އެމެރިކާއިން މަސައްކަތް ކުރަމުން ދިޔުން،"ވާންގް ޔީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox