ޔާޓޯއިން އުފައްދާފައި މި ވަނީ ޕްރޮފެޝަނަލް މަސައްކަތްތަކުން ފެށިގެން އަމިއްލަ އެކި މަސައްކަތްތަކުގައި ގެންގުޅެވޭނެ ވަރުގަދަ، ބޭނުންކޮށްލަން އެހާމެ ފަސޭހަ، ރައްކާތެރި ޗޭނު ކީހެކެވެ. ކޮށުމާއި، ފެޅުމާއި ކެނޑުމަށް، އަދި ބުރިކުރުމަށް ވެސް ބޭނުންކޮށްލެވޭ ފެންވަރު ރަނގަޅު ކީހެކެވެ. އިތުރު ފަސޭހަ ކަމެއް ގެނުވައި ދެނީ ޗޭނަށް އޮޓޮމެޓިކުން ތެޔޮ ޖެހެމުން ދިއުމާއި ވައިބްރޭޝަން ދަށްވުމެވެ.
އާންމު ވިސްނުމުގައި ޗޭނު ކީހަކީ ނުރައްކާތެރި އެއްޗެކެވެ. އެހެންވެ، ޗޭނު ކީހެއް ގަތުމުގެ ކުރިން ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންކަން ހުރެ އެވެ. ކީހުގެ ތިލައިގެ ސައިޒާއި ކުރަންޖެހޭ މަސައްކަތުގެ ބާވަތާއި، ކީހުގެ ފަންކްޝަންތަކަށް ބަލަންޖެހެ އެވެ. ވެލިގާ ފިހާރައިން ވިއްކަން ހުރި ޔާޓޯ ޗޭނު ކީހަކީ ޕެޓްރޯލް އަޅައިގެން ހިންގާ، އުމުރު ދިގު، ބޭނުންކޮށްލަން ފަސޭހަ، އަދި ރައްކާތެރި އެއްޗެކެވެ.
އެކި ސައިޒްތަކުގެ އިންޖީނާއި ތިލައިގެ ސައިޒު 10 އިންޗި، 18 އިންޗި، އަދި 20 އިންޗީގެ ތިލަ ހިމެނޭ ކީސް ލިބެން އެބަ ހުއްޓެވެ. ބިޔަ ގަސްތައް ކަނޑަން ނުވަތަ ލަކުޑި ފަޅަން ނުވަތަ ބުރިކުރަން ބޭނުންވާ ނަމަ އެންމެ ރަނގަޅީ ދިގު ތިލައެއް ލީ ކީހެކެވެ.
ޔާޓޯ ޗޭނު ކީސްތަކަކީ ބޭނުންކުރުމަށް ރައްކާތެރި ފީޗާސްތައް ހިމެނޭ ކީހެކެވެ.
މުހިންމު މައުލޫމާތު
- ޕެޓްރޯލް ޓޭންކް: 25.4 ކިއުބިކް ސެންޓިމީޓަރު
- އޮއިލް ޓޭންކް: 0.16 ލީޓަރު
- މޯޓަރު: 900ވޮޓް
- އޮޓޮމެޓިކް ލުބްރިކޭޝަން ސިސްޓެމް
- ދިގުމިން: 25 ސެންޓިމީޓަރު
- އެންޓި ވައިބްރޭޝަން ސިސްޓެމް
- އަގު: 3074.00 ރުފިޔާ
ވެލިގާގެ އޮންލައިން ފިހާރަ، ވެލިގާ.ކޮމް
ވެލިގާގެ އޮންލައިން ފިހާރަ (ވެލިގާ.ކޮމް) އިން ހުރިހާ ސާމާނެއް ގަނެވޭނެ އެވެ. ނެޓުން ގަނެލައިގެން ރަށަށް ވިޔަސް، އަތަށް ވިޔަސް، ޑެލިވަރީކޮށް ދެ އެވެ. މި އޮންލައިން ފިހާރައިން ވަގުތުން ފައިސާ ވެސް ދައްކާލެވެ އެވެ. އެހާ ވެސް ފަސޭހަ އެވެ.










