އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުމަކީ ފުޓްބޯޅައަށް ލިބުނު ލަދެއް: ލަލީގާގެ ރައީސް

May 22, 2022, 9:05 AM
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުމަކީ ފުޓްބޯޅައަށް ލިބުނު ލަދެއް: ލަލީގާގެ ރައީސް

މެޑްރިޑް (މެއި 22) - ރެއާލް މެޑްރިޑްގެ ހުށަހެޅުމަށް ފުރަގަސްދީ، ޕީއެސްޖީގައި މަޑުކުުރުމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ނިންމުމަކީ، ފުޓްބޯޅަ އަށް ލިބުނު ލަދެއްގެ ގޮތުގައި ލަ ލީގާގެ ރައީސް ހަވިއޭ ޓެބާސް ސިފަކުރައްވައިފި އެވެ.

މި ސީޒަނަށް ފަހު ރެއާލަށް އެމްބާޕޭ ބަދަލުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، އެމްބާޕޭ ވަނީ އެންމެ ފަހު ވަގުތު ޕީއެސްޖީގައި މަޑުކުރަން ނިންމައިފަ އެވެ. އެމްބާޕޭ ،23، ވަނީ އިތުރު ތިން އަހަރަށް ޕީއެސްޖީގެ ކޮންޓުރެކްޓް އާކުރަން ނިންމައިފަ އެވެ. އެކަން އިއުލާނުކުރީ ރޭ ފްރެންޗް ލީގުގައި ޕީއެސްޖީން މި ސީޒަނުގައި ކުޅުނު ފަހު މެޗުގެ ކުރިންނެވެ.

Advertisement

މި ނިންމުމާ ގުޅިގެން، ލަ ލީގާގެ ރައީސް، ޓެބާސް ވިދާޅުވީ ފާއިތުވި ސީޒަންތަކުގައި ބޮޑެތި ގެއްލުންތަކާއެކު ހިންގަމުންދާ ޕީއެސްޖީން، އެމްބާޕޭ އަށް ބޮޑު އަގެއް ހުށަހަޅައި، އޭނާ މަޑުކުރުވުމަކީ ފުޓްބޯޅަ އަށް ލިބުނު ލަދެއް ކަމަށެވެ.

"ފާއިތުވި ސީޒަންތަކުގައި 700 މިލިއަން ޔޫރޯގެ ގެއްލުމެއް ކުރިމަތިވެ، 600 މިލިއަން ޔޫރޯ މުސާރަ އަށް ހޭދަކުރާ ކްލަބަކުން، އެމްޕާބޭ އަށް ބޮޑު އަގެއް ހުށަހަޅައި އެނާގެ ކޮންޓުރެކްޓް އާކުރުމަކީ، ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ލަދެއް،" ޓެބާސް ވިދާޅުވި އެވެ.

ޓެބާސް ވަނީ ޕީއެސްޖީގެ ރައީސް ނާސިރު އަލް-ހެއްލާފީ އަކީ "ސުޕަ ލީގަށްވުރެ ބޮޑު ނުރައްކަލެއް"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ސުޕަ ލީގަކީ ޔޫރަޕްގެ ބައެއް ބޮޑެތި ކްލަބުތަކުން އަމިއްލަ އަށް އުފައްދަން އުޅުނު ލީގަށް ދިން ނަމެކެވެ. އެކަމަކު، ސަޕޯޓަރުންނާއި ފުޓްބޯޅައިގެ އިދާރާތަކުގެ ޕްރެޝަރާ ގުޅިގެން، ސުޕަ ލީގުގެ ޕްރޮޖެކްޓް ވަނީ ފެއިލްވެފަ އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮންޓުރެކްޓް އާކުރަން ނިންމުމާ ގުޅިގެން، ޕީއެސްޖީން "ސައިނިން ފީ"އެއްގެ ގޮތުގައި އެމްބާޕޭ އަށް 150 މިލިއަން ޔޫރޯ ދިނުމަށް މީގެ ކުރިން އޮތީ ހުށަހަޅައިފަ އެވެ. އަދި ސީޒަނަށް 24 މިލިއަން ޔޫރޯ ދިނުމަށް އެ ކްލަބުން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ޕީއެސްޖީ ބޮޑު އަގެއްގައި އެމްބާޕޭ ކޮންޓުރެކްޓް އާކުރާތީ، ލަ ލީގާ އިން ވަނީ އެ މައްސަލަ ޔުއޭފާ އަދި ޔޫރަޕިއަން ޔޫނިއަން އަށް ވެސް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox