ޗެމްޕިއަންސް ލީގަށް ވުރެ ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދަން އުނދަގޫ: ގާޑިއޯލާ

May 22, 2022, 3:38 AM
ިސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

ިސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 22) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ވުރެ، އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރަން މާ އުނދަގޫ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިއަދު އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް ކުޅޭއިރު، ސިޓީން އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން މޮޅުވެއްޖެނަމަ، ސިޓީ އަށް ފަސް އަހަރު ތެރޭ ހަތަރު ވަނަ ފަހަރަށް ޕްރިމިއާ ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ސިޓީ އަށް މޮޅުނުވެވި، ދެ ވަނައިގައި އޮތް ލިވަޕޫލުން ވުލްވަހެމްޕްޓަން (ވުލްވްސް) ބަލިކޮށްފިނަމަ ޗެމްޕިއަންކަން ލިބޭނީ ލިވަޕޫލަށެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ނުލިބުނު ކަމުގައި ވިޔަސް އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އަންނަ ހޮނިހިރު ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލުން ކުޅޭނީ ރެއާލް މެޑްރިޑާ އެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އިނގިރޭސި ކްލަބްތަކަށް ހޯދަން އެންމެ އުނދަގޫ މުބާރާތަކީ ޕްރިމިއާ ލީގު ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ޕްރިމިއާ ލީގު ހޯދަން އެންމެ އުނދަގުލީ. އެއީ ވަރަށް ގިނަ މެޗު ކުޅެން އެބަޖެހޭ. ތަފާތު ސްޓައިލަށް ކުޅޭ ޓީމުތަކާ ދެކޮޅަށް އެކި ހާލަތްތަކުގައި ކުޅެން އެބަޖެހޭ. އަނިޔާވުމާއި ފޯމު ގެއްލުމާ މި ހުރިހާ ކަމެއްގެ ތެރެއިން ގޮސް ލީގެއް މި ހޯދެނީ،" ގާޑިއޯލާ ބުންޏެވެ.

"އަހަރެން މި ބުނަނީ ޗެމްޕިއަންސް ލީގަކީ މުހިންމު މުބާރާތެއް ނޫނޭ އެހެނެއް ނޫން. އަހަރެމެން ވެސް ވަރަށް ބޭނުން ޗެމްޕިއަންސް ލީގު، ޕެރިހުގައި އެ އޮތް ފައިނަލުގައި ކުޅެން ވެސް ބޭނުން. އެކަމަކު، މި ދައްކާ ވާހަކަ އަކީ 38 މެޗުގެ ލީގެއް އުނދަގޫވާނެއޭ، އަށް މެޗު ނޫނީ ނުވަ މެޗުން މޮޅުވެގެން ލިބޭ މުބާރާތަކަށް ވުރެ،"

ގާޑިއޯލާ މީގެ ކުރިން ވަނީ ލީގު ހޯދުމުގެ ރޭހުގައި އިނގިރޭސިވިލާތުގެ އެންމެން ސަޕޯޓްކުރަނީ ލިވަޕޫލަށް ކަމަށް ބުނެފަ އެވެ. އެކަމަކު، މި ފަހަރު ގާޑިއޯލާ ބުނީ ސިޓީ ލީގު ހޯދަން ބޭނުންވާ ބަޔަކު ވެސް އެބަތިބި ކަމަށާއި އެއީ ވެސް ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން ވެސް މި ރޭހުގައި ސަޕޯޓްކުރަނީ ސިޓީ އަށް ކަމަށް ގާޑިއޯލާ ބުންޏެވެ.

ކްލޮޕަށް އޮތީ ކުޑަ އުންމީދެއް

ލީގުގެ ފަހު މެޗަށް ނުކުންނައިރު، އަމިއްލަ ބާރުގައި ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިވަޕޫލަށް ނެތެވެ. ވުލްވްސް އަތުން ލިވަޕޫލް މޮޅުވި ނަމަވެސް ޖެހޭނީ ސިޓީން އެސްޓަން ވިލާއާ ކުޅޭ މެޗުގެ ނަތީޖާ އަށް އިންތިޒާރުކުރާށެވެ. އެސްޓަން ވިލާގެ ކޯޗަކަށް ހުރީ ލިވަޕޫލަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދިން ސްޓީވެން ޖެރާޑް އެވެ.

ކްލޮޕް ބުނީ ޖެރާޑްގެ ހިތުގައި ލިވަޕޫލަށް އޮތް ހާއްސަ ކަމަކަށް ވުރެ ބޮޑަށް އޭނާ އަށާް މި ވަގުތު މުހިންމުވާނީ ޕްރޮފެޝަނަލްކޮށް ހަވާލުވެހުރި ވަޒީފާ އަދާކުރުމަށް ކަމަށެވެ.

"އަހަރެން އަބަދުވެސް ކާމިޔާބީގެ ވާހަކަ ދައްކަނީ އަމިއްލަ ކޮންޓްރޯލް އޮތް ކަންކަމުގައި. އެންމެނަށް ވެސް އެނގޭ ސިޓީ މޮޅުވެއްޖިއްޔާ އެ މީހުންނަކީ ޗެމްޕިއަނުން. ދެން، އެސްޓަން ވިލާ އިން ތަފާތެއް ދައްކައި، މި މެޗުން މޮޅުވުމުގެ ބޮޑު މޮޓިވޭޝަނެއް އޮތުުމަކީ އެހެން ކަމެއް،" ކްލޮޕް ބުންޏެވެ.

ނޫސްވެރިއެއްގެ ސުވާލަށް ސަމާސާ ގޮތަކަށް ކްލޮޕް ދިން ޖަވާބެއްގައި ބުނީ ސިޓީއާ ދެކޮޅަށް އެސްޓަން ވިލާ ޓީމަށް ޖެރާޑް ކުޅުމަކީ އަދި މާ ހާއްސަވާނެ ކަމެއް ކަމަށެވެ.

ބޮރޫޝިއާ ޑޯޓްމަންޑް ނޫނީ މައިންޒަށް ކާމިޔާބެއް ހޯދައިދިނުމުގެ ފުރުސަތު އޭނާ އަށް ލިބިއްޖެނަމަ އެކަން ސިކުނޑީގައި އޮންނާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. ހަމައެ ގޮތަށް ޖެރާޑަށް ވެސް ލިވަޕޫލާ ގުޅޭ ކަންކަމުގައި ތަފާތު ވިސްނުންތައް އަންނާނެ ކަމަށާއި އެއީ އެކަމު، ޕްރޮފެޝަނަލުން ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށް ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގުގެ ފަހު ހުރިހާ މެޗެއް ފަށާނީ މިރޭ 20:00 ގަ އެވެ.

ޕްރިމިއާ ލީގުގެ ފަހު މެޗުތައް

އާސެނަލް - އެވަޓަން

ބްރެންޓްފޯޑް - ލީޑްސް

ބްރައިޓަން - ވެސްޓް ހޭމް ޔުނައިޓެޑް

ބާންލީ - ނިއުކާސަލް

ޗެލްސީ - ވަޓްފޯޑް

ކްރިސްޓަލް ޕެލަސް - މެންޗެސްޓާ ޔުނައިޓެޑް

ލެސްޓާ ސިޓީ - ސައުތެމްޓަން

ލިވަޕޫލް - ވުލްވްސް

މެންޗެސްޓާ ސިޓީ - އެސްޓަން ވިލާ

ނޮރިޗް ސިޓީ - ޓޮޓެންހަމް

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox