އެމްބާޕޭ ކުރިމަތީގައި ޕީއެސްޖީ ކުޑަކަކޫ ޖަހައިފި

May 21, 2022, 7:42 PM
ޕީއެސްޖީގެ ރައީސް ހެއްލާފީ (ވ) އާއި އެމްބާޕޭ، ކޮންޓްރެކްޓް އާ ކުރިކަން އިއުލާނުކުރަނީ.

ޕީއެސްޖީގެ ރައީސް ހެއްލާފީ (ވ) އާއި އެމްބާޕޭ، ކޮންޓްރެކްޓް އާ ކުރިކަން އިއުލާނުކުރަނީ.

ޕެރިސް (މެއި 22) - ޕީއެސްޖީން ކްލަބްގެ ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އެ ޓީމުގައި މަޑުކުރުވަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ، ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ބެލެވިފައިވަނިކޮށް ފަހު ވަގުތު ޕީއެސްޖީން އެމްބާޕޭގެ ޑީލް ހައިޖެކްކުރީ އޭނާ އަށް ބޮޑެތި ބާރުތަކެއް ކްލަބުން ދޭ ގޮތަށެވެ.

"ވަރަށް އުފަލުން ޕީއެސްޖީގައި މިހުރީ، ޕެރިހަކީ އަހަރެންގެ ސިޓީ،" 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރަން އެއްބަސްވި އެމްބާޕޭ ބުންޏެވެ.

Advertisement

ޕީއެސްޖީއާ އެކު އެމްބާޕޭ، 23، ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެމްބާޕޭ، ޕީއެސްޖީގައި މަޑުކުރަން ނިންމިކަން އިއުލާނުކުރީ ރޭ ފްރެންޗް ލީގުގެ ފަހު މެޗުގައި މެޓްޒާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިންނެވެ. މި މެޗުން ޕީއެސްޖީ ވަނީ 5-0 އިން މެޓްޒް ބަލިކޮށްފަ އެވެ. އެމްބާޕޭ ހެޓްރިކެއް ހެދިއިރު، އަނެއް ދެ ގޯލު ޖެހީ ނޭމާ އާއި އެންހެލް ޑި މާރިއާ އެވެ. މިއީ ޑި މާރިއާ ޕީއެސްޖީ ޖޯޒީގައި ކުޅުނު ފަހު މެެޗެވެ.

ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ، އަށް ޕީއެސްޖީން އާ ކޮންޓްރެކްޓާ އެކު ބޮޑު ބޯނަހެއް ދޭނެ އެވެ. މީގެ އިތުރުން އެމްބާޕޭގެ އިމޭޖް ރައިޓްސްގެ 100 ޕަސެންޓް ކޮންޓްރޯލް އޮންނާނީ އަމިއްލަ އަތުގަ އެވެ. މާނަ އަކީ އެމްބާޕޭ އަށް ކްލަބްގެ ހުއްދަ ނެތި ބޭނުން އިސްތިހާރުތަކެއްގައި ބައިވެރިވެ، އޭނާގެ ބްރޭންޑް ވަރުގަދަ ކުރަން ވިޔަފާރިކުރެވޭނެ އެވެ. އަދި ޕީއެސްޖީން ކޯޗަކު ހަމަޖެއްސުމާއި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމުގައި އެމްބާޕޭގެ މަޝްވަރާ ހޯދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ކްލަބަކުން ކުޅުންތެރިއަކަށް މި ފަދަ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ހެދި ފުރަތަމަ ކޮންޓްރެކްޓެވެ.

އެމްބާޕޭ ޕީއެސްޖީގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ ނިންމައިފިނަމަ އޭނާ އަށް ބޯނަހެއްގެ ގޮތުގައި 150 މިލިއަން ޕައުންޑް (195 މިލިއަން ޑޮލަރު) ދޭން އެ ކްލަބްގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ސްޕެއިނުގެ ކުޅިވަރު އެނަލިސްޓް ގިލެމް ބަލަގޫ ވަނީ މިދިޔަ މަހު ރިޕޯޓްކޮށްފަ އެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އެމްބާޕޭގެ ޑީލްގެ މަޝްވަރާތަކުގައި ފަހު ވަގުތު ހަރަކާތްތެރިވީ ޕީއެސްޖީގެ ރައީސް، ގަތަރުގެ މަހުޖަނު، ނާސިރު އަލް-ހެއްލާފީ އެވެ. ހެއްލާފީ މަޝްވަރާތައް ލީޑުކުރަން ފެށީ، ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރަކަށް ހުރި ބްރެޒިލްގެ ލިއޮނާޑޯ އާއި އެމްބާޕޭ މައްސަލަ ގޯސްވެފައިވާތީ އެވެ. ފްރާންސްގެ ލަ ޕެރީސިއަން ނޫހުން ރިޕޯޓްކުރާ ގޮތުގައި މި ސީޒަން ނިމުމުން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ލިއޮނާޑޯ މަގާމުން ވަކިވާނެ އެެވެ.

އެމްބާޕޭ ބޭނުންވަނީ ޕީއެސްޖީގެ ކޯޗަކަށް ޒިނެދިން ޒިދާން ގެންނަން ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ރެއާލުން އެމްބާޕޭ ލިބޭނެ ކަމަށް ބޮރޫޝިއާ ޑޯޓްމަންޑްގައި ހުރި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގަންނަން ލިބިފައި އޮތް ފުރުސަތު ދޫކޮށްލީ އެވެ. ހާލަންޑް، 61 މިލިއަން ޑޮލަރުގެ ފީ އަކަށް އަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީއާ ގުޅޭނެ އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން އެމްބާޕޭ އެ ކްލަބަށް ގެންދެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު، އެމްބާޕޭ ފަހު ވަގުތު ރެއާލަށް ނުދާން ނިންމިކަން މިއަދު ވަނީ ފޯނު ކޯލެއް މެދުވެރިކޮށް ޕެރޭޒަށް އަންގައިފަ އެވެ.

އެމްބާޕޭގެ ޑީލް މައްސަލައިގައި ލަލީގާ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. ލަލީގާ އިން ބުނީ ޕީއެސްޖީން މިދިޔަ އަހަރުތަކުގައި ބޮޑު ކާމިޔާބެއް ނުހޯދައި، މާލީ ބޮޑު ގެއްލުމެއްގެ ތެރޭގައި ކްލަބް ވާކަން އިއުލާނުކޮށްފައި ބޮޑު ފައިނޭންޝިއަލް ޕެކޭޖެއްގެ ތެރެއިން އެމްބާޕޭ މަޑުކުރުވި ގޮތެއް އޮޅުންފިލުވައިދޭން ޖެހޭ ކަމަށެެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ ޕީއެސްޖީ އަކީ ސުޕަ ލީގު ފަދަ ޕްރޮޖެކްޓެއްގެ ނުރައްކާ އޮތް ކްލަބެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox