ހުރިހާ ގޮތަކުން ވެސް ޕްރެޝަރު އޮތީ އޭޓީކޭ އަށް: އޮސްކާ

މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން އޮސްކާ: ބަޝުންދަރާ އިން މިއަދު ހަވީރު ކުޅޭ މެޗުގައި ޕްރެޝަރު އޮތީ އޭޓީކޭ އަށް ކަމަށް އޮސްކާ ބުނޭ.- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން އޮސްކާ: ބަޝުންދަރާ އިން މިއަދު ހަވީރު ކުޅޭ މެޗުގައި ޕްރެޝަރު އޮތީ އޭޓީކޭ އަށް ކަމަށް އޮސްކާ ބުނޭ.- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ހުރިހާ ގޮތަކުން ވެސް ޕްރެޝަރު އޮތީ އޭޓީކޭ މޯހަން ބަގާން އަށް ކަމަށް އެ ޓީމާ ދެކޮޅަށް ކުޅޭ ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރާ ގްރޫޕް ޑީގެ މެޗުތައް މި ފަހަރު ސެންޓްރަލައިޒްކޮށް ކުޅެނީ އިންޑިއާގެ ކަލްކަތާގަ އެވެ. މިދިޔަ ބުދަ ދުވަހު ވަނީ ފުރަތަމަ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުން އެ ދުވަހު ހަވީރު އޭޓީކޭ މޯހަން ބަގާން ވަނީ 4-2 އިން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި އެރޭ ބަޝުންދަރާ އިން ވަނީ 1-0 އިން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފަ އެވެ.

މިއަދު ހަވީރު އޭޓީކޭއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުތުމުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ މި މެޗުން އޭނާގެ ޓީމަށް ޕޮއިންޓަކުން ވެސް ފުއްދާލެވިދާނެ ކަމަށާއި އެކަމަކު، އޭޓީކޭ އަށް މީގެ ޕްރެޝަރު ތަފާތު ގޮތްގޮތުން އެބައޮތް ކަމަށެވެ.

"އޭޓީކޭ އަށް މޮޅުވުން ނޫން ގޮތެއް ނެތް. ފުރަތަމަ މެޗުން ބަލިވެފައި އޮތީމަ ނަތީޖާ ނެރެން ޖެހޭ ޕްރެޝަރު އޭޓީކޭ އަށް އެބައޮތް. އަހަރެމެންނަށް ހަމަޖެހިލެވެން އެބައޮތް. އޭޓީކޭ އަށް ދެން އޮތް ޕްރެޝަރަކީ ކަލްކަތާގެ ފުޓްބޯޅަ ސަޕޯޓަރުން ވަރަށް ޑިމާންޑް ކުރާނެ އެ ޓީމު މޮޅުވާން. އެ ކަންކަން ނުވެދަންޏާ ސަޕޯޓަރުންގެ ޕްރެޝަރު ވެސް އަންނާނީ ޓީމަށް،" މީގެ ކުރިން އިންޑިއާގެ ގޯއާ އާއި މުމްބާއީ އަށް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

މިދިޔަ އަހަރު މާލޭގައި ކުރިއަށްދިޔަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖު ކާމިޔާބުކުރީ އޭޓީކޭ އިންނެވެ.

އޮސްކާ ބުނީ މިދިޔަ ފަހަރު އޭއެފްސީ ކަޕްގައި ސްޕެއިންގެ ކޯޗު، އެންޓޯނިއޯ ހާބާސްގެ ކޯޗުކަމުގައި ވާދަކުރި އޭޓީކޭ ޓީމު ކުޅޭ ހާއްސަ ސިސްޓަމެއް އެބައޮތް ކަމަށާއި މިހާރު ހުއާން ފެރާންޑޯގެ ކޯޗުކަމުގައި އޭޓީކޭ އިން ކުޅެނީ އެކި މެޗުގައި އެކި ގޮތަށް ކަމަށެވެ.

މިއީ ބަޝުންދަރާ އިން އޭއެފްސީ ކަޕްގައި ކުޅޭ ތިން ވަނަ ފަަހަރު ކަމަށްވާއިރު، މިހާތަނަށް އެ ޓީމު އޭއެފްސީ ކަޕްގައި ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިނުވެ އެވެ. އޮސްކާ ބުނީ މިއީ ހަގީގަތުގައި މެޗަކަށް ފަހު މެޗެއް ކުރިއަށްދާން ކޮންފިޑެންސް އިތުރުވާ ސަބަބެއް ކަމަށެެވެ.

"އޭޓީކޭއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 30 މިނިޓަށް ފަހު އެނގޭނެ އަހަރެމެންނަށް މެޗުން ހާސިލްކުރެވޭނެ ކަމެއް. އަހަރެމެން މެޗުގެ ޓެމްޕޯ އިން ބޭރުނުވެ ކުޅެގެން މިކަން ވާނެ،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ބަޝުންދަރާ އިން ދެއްކި ކުޅުމަށް ވުރެ، ރަނގަޅަށް އޭޓީކޭއާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ޕްރެޝަރު އޮތަސް ޓީމާ މެދު ކުރެވޭ އިތުބާރު ބޮޑުވުމުން ފެރާންޑޯ އަށް އޮތީ އުންމީދު

ގޯކުލަމް ކެރަލާ އަތުން ބަލިވި މެޗުގައި އޭޓީކޭގެ ސްޕެއިން ޑިފެންޑަރު ޓިރީ އަށް ވަނީ އަނިޔާވެ މުބާރާތް ނިމިފަ އެވެ. ފުރަތަމަ މެޗުގައި ގޯކުލަމް އިން އޭޓީކޭ ކޮޅަށް ގިނަ ގޯލު ޖަހާފައި ހުރީ ޑިފެންސިވް މިސްޓޭކްތަކުންނެވެ. ފުރަތަމަ މެޗުގައި ބަލިވެފައިވާތީ އޭޓީކޭ އަށް ޕްރެޝަރު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ފެރާންޑޯ ވެސް އެއްބަސްވެ އެވެ.

"ޕްރެޝަރު އޮންނާނެ ފުޓްބޯޅައިގައި އަބަދުވެސް، ބަލިވުމުން އޮންނަ ޕްރެޝަރު ބޮޑުވާނެ. އެކަމަކު، މި ޓީމުގައި މިތިބި 26 ކުޅުންތެރިންނަށް އަހަރެންގެ އިތުބާރު އެބައޮތް. އެއް ކުޅުންތެރިއަކަށް ނުވެއްޖިއްޔާ، އަނެއް ކުޅުންތެރިއަކު އައިސް ޓީމު ބޭނުންވާ ކުޅުން ދައްކާނެ،" މިިދިޔަ ޑިސެމްބަރު މަހު އޭޓީކޭއާ ހަވާލުވި ފެރާންޑޯ ބުންޏެވެ.

އޭޓީކޭގެ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަަލަ ދިމާވުމުގެ ފަހަތުގައިވާ ސަަބަބަކީ މިއީ އެ ޓީމަށް ޕްރީ ސީޒަން މުއްދަތަކަށް ވާތީތޯ އެހުމުން ފެރާންޑޯ ބުނީ ސީދާ ސަބަބެއް ބުނަން ނޭނގޭ ކަމަށެވެ.

އެކަމަކު، ކުުޅުންތެރިން މިދިޔަ ދޮޅު އަހަރެއްހާ ދުވަހު، އެކި ފަހަރު މަތިން، ކޮވިޑް-19 ގެ ސަބަބުން ބަބްލްއެއްގެ ތެރޭގައި ތިބެފައި، މިދިޔަ މާޗް މަހު ސުޕަ ލީގު ނިމުމުުން އަމިއްލަ އާއިލާއާ އެކު ވަގުތު ހޭދަކޮށް ބޭރުގެ މާހައުލުގައި އުޅެފައި އަނެއްކާ އެއް މަސް ފަހުން މި ގޮތަށް މުބާރާތެއް ފަށައިގެން އުޅެން ޖެހުމުން ފޯކަސް އެންމެ ރަނގަޅަށް ނުކުރެވުމުގެ މައްސަލަ އެބަހުރި ކަމަށް ފެރާންޑޯ ބުނެފައިވެ އެވެ.

"ސައިކޮލޮޖިކަލީ އަހަރެމެންނަށް އެބަހުރި މީގެ ގޯސްކޮށް ހުރި ކަންތައްތަކެއް. އެއީ ގެޕެއް އައިސްފައި އަނެއްކާ ރީފޯކަސް ކުރުން މިއީ ފަސޭހަ ކަމެއް ނޫން. މިދިޔަ މަހެއްހާ ދުވަސް ތެރޭ އަހަރެމެން ގަވާއިދުން މެޗުތަކެއް ކުޅެފައި ނުވާނެ. އެކަމަކު، ދެން އޮތް ތިން ޓީމު ވެސް އެ އައީ މެޗުތަކެއް ކުޅެފައި، އެހެންވީމަ އެ ތަފާތު ފެނުން އެކަށީގެންވޭ،" ފެރާންޑޯ ބުންޏެވެ.

ބަޝުންދަރާ އަތުން މޮޅުވެގެން ނޫން ގޮތަކަށް އޭޓީކޭ އަށް އަނެއް ބުރުގެ ފުރުސަތެއް ނުލިބޭނެ އެވެ. އެހެންކަމުން މިއަދު ހަވީރު އޮތީ އޭޓީކޭ އަށް ނަތީޖާ ނެރުން މަޖުބޫރު މެޗެކެވެ. ފެރާންޑޯ ބުނީ އޭޓީކޭ އަށް ކުރިމަތިވެފައި އޮތް ހާލަތާ މެދު އެއްވެސް ޝަކުވާއެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެންމެ މުހިންމު ކަމަކީ މެޗުން މޮޅުވާން ކުރެވޭނެ މަސައްކަތެއް ކުރުން ކަމަށެވެ.

ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިއަދު ހަވީރު 16:00 ގައި ކުޅޭނީ ބަޝުންދަރާ ކިންގްސް އާއި އޭޓީކޭ މޯހަން ބަގާން އެވެ. އަދި މިރޭ 20:00 ގައި މާޒިޔާ އާއި ގޯކުލަމް ކެރަލާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox