މާޒިޔާ އަކީ ފޭވަރިޓެކޭ ނުބުނުމުގެ އެޑްވާންޓޭޖް ނެގިދާނެ: ޖެސިކް

މާޒިޔާގެ ކޯޗު މިއޮޑްރަގް ޖެސިކް: އޭއެފްސީ ކަޕްގައި ނަތީޖާ ރަނގަޅުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ބުނޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ކޯޗު މިއޮޑްރަގް ޖެސިކް: އޭއެފްސީ ކަޕްގައި ނަތީޖާ ރަނގަޅުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ބުނޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން އެއް ވަނަ ހޯދައި، އަނެއް ބުރުން ފުރުސަތު ހޯދާނެ ފޭވަރިޓުންގެ ތެރޭގައި މީޑިއާ އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނަން ނުކިއުމަކީ އެޑްވާންޓޭޖެއް ވެސް އޮތް ކަމެއް ކަމަށް މާޒިޔާގެ ކޯޗު، ސާބިއާގެ މަޔޮޑްރަގް ޖެސިކް ބުނެފި އެވެ.

އޭއެފްސީ ކަޕްގައި މި ފަހަރު، މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހުގެރޭ ވަނީ ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އަތުން 1-0 އިން ބަލިވެފަ އެވެ. މާޒިޔާ ދެ ވަނަ މެޗުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާއާ ދެކޮޅަށް މާދަމާރޭ ކުޅޭނެ އެވެ.

އެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެސިކް ބުނީ ފުރަތަމަ މެޗުން ބަލިވި ނަމަވެސް މާޒިޔާ ޓީމުގެ ރޫހު ރަނގަޅު ކަމަށެވެ. އަދި މުބާރާތުގައި ކުރިއަށް ދިއުމާ ނުދިއުން ބަރޯސާވެފައި އޮތީ ކުރިއަށް އޮތް ގޯކުލަމް މެޗުން ކަމަށްވާތީ ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ޖެސިކް ވަނީ ބުނެފަ އެވެ.

އަމިއްލަ ގައުމުގައި މިދިޔަ އަހަރު މާޒިޔާ އިން އޭއެފްސީ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ނިންމާލިއިރު، ޕޮއިންޓެއް ނުލިބެ އެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ބައްޔަކުން މާޒިޔާ ފަށަން ޖެހުނުއިރު، އެ ޓީމަކީ އަނެއް ބުރުގެ ޖާގަ ލިބޭނެ ފޭވަރިޓުންގެ ގޮތުގައި މީޑިއާތަކުން ނުދެކެ އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި މާޒިޔާ އަށް ސުވާލު އަމާޒުވަނީ ވެސް އެ މޭރުމުންނެވެ.

"އަހަރެމެންނަށް އިންޓަނޭޝަނަލް ފުޓްބޯޅައިގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވި އޮތީމަ ފޭވަރިޓުންނަށް ނުވެދާނެ. ބައެއް ފަަހަރު މީޑިއާތަކުން އަހަރެމެން ދަށްކޮށް ދެކުނީމަ އެ ވެދާނެ އެޑްވާންޓޭޖަކަށް ވެސް. ފޭވަރިޓަށް ވުމަކީ ޕްރެޝަރެއް، އެ ޕްރެޝަރު އަހަރެމެންނަށް ނެތުމަކީ ކުޅެލަން ލިބޭނެ ފަސޭހައެއް،" ޖެސިކް ބުންޏެވެ.

މާޒިޔާ އިން މާދަމާރޭ ކުޅޭ ގޯކުލަމް ވަނީ ފުރަތަމަ މެޗުން 4-2 އިން އޭޓީކޭ މޯހަން ބަގާން އަތުން މޮޅުވެފަ އެވެ. ގޯކުލަމް ކެރަލާ އަކީ މިދިޔަ ދެ އަހަރު އިންޑިއާ އައި ލީގުގެ ޗެމްޕިއަން ޓީމެވެ.

ޖެސިކް ބުނީ މުބާރާތަށް އައިއިރު ވެސް ގޯކުލަމް ކެރަލާގެ ފެންވަރު އެނގޭ ކަމަށެވެ. އަދި ބަޝުންދަރާއާ ދެކޮޅަށް ކުޅުނު ގޮތަށް އެޓޭކިން ގޭމަކަށް ވިސްނައިގެން ގޯކުލަމް ކައިރިން ވެސް މާޒިޔާ އިން ކުޅޭނެ ކަމަށާއި ކުރިން މެޗުގައި ހޯދި ގޯސްތައް ތަކުރާރުވިޔަ ނުދޭނެ ކަމަށް ޖެސިކް ވަނީ ބުނެފަ އެވެ.

"ބަޝުންދަރާއާ ދެކޮޅަށް ހެދި އިންޑިވިޖުއަލް މިސްޓޭކްތައް ތަކުރާރު ވިޔަ ނުދޭން ހުރިހާ މަސައްކަތެއް ކުރާނަން. ޕޮއިންޓެއް ނޫނީ ތިން ޕޮއިންޓް ވެސް ލިބޭނީ ރަނގަޅަށް މަސައްކަތް ކޮށްގެން،" ޖެސިކް ބުންޏެވެ.

"ގޯކުލަމް ކެރަލާ ވަރުގަދައީ ހަމައެކަނި ކައުންޓަ އެޓޭކުގައެއް ނޫން. އެ މީހުން ވަރަށް ރަނގަޅަށް ކުޅޭ ކުޅުންތެރިން ވެސް ގިނަ. އެހެންވީމަ އަހަރެމެން އެބަޖެހޭ ހުރިހާ ގޮތަކުން ވެސް ރަނގަޅަށް މި މެޗުގައި ކުޅެން،"

ޖެސިކް ހަވާލުވި ފަހުން މާޒިޔާ ކުޅުނު 13 މެޗުގެ ތެރެެއިން ބަލިވީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުންނާއި މި ފަހަރު ބަޝުންދަރާ އަތުންނެވެ. ޖެސިކް ބުނީ ބަޝުންދަރާ އާއި އީގަލްސް އަތުން ވެސް ބަލިވީ "އިންޑިވިޖުއަލް މިސްޓޭކެއް" ހެދިގެން ކަމަށާއި އެކަން ރަނގަޅުކޮށް ޓީމު ހަމަ މަގަށް އެޅުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ތަކުރާރުކޮށް ބަލިވާން ބޭނުމެއް ނޫން. މާޒިޔާގައި މި އޮތީ ވަރަށް އެއްބައިވަންތަކޮށް އޮތް ޓީމެއް، އެހެންވީމަ ދެން އޮތް ދެ މެޗު ވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު އެބައޮތް،" ޖެސިކް ބުންޏެވެ.

މާޒިޔާ އިން ދިވެހި ޕްރިިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކާއި އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ގާތްގަނޑަކަށް ބޭނުންކުރީ އެއް ފުރަތަމަ އެގާރަ އެކެވެ. އާންމުކޮށް އަންނަނީ އެއް ބަދަލެއް ނޫނީ ދެ ބަދަލެކެވެ. މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ފަހަކަށް އައިސް މޮޅަށް ކުޅުނު މުހައްމަދު އިރުފާން (އިރޭ) އަށް މި ފަހަރުގެ އޭއެފްސީ ކަޕްގައި އަދި ކުޅެވޭ ގޮތެއްނުވެ އެވެ. އިރޭ އަންނަނީ ކޮނޑަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގެ ފުރަތަމަ ދެ މެޗަށް ބަލާއިރު، އެންމެ މަދުން ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ކުޅުންތެރިން ކުޅުވާފައިވަނީ މާޒިޔާ އެވެ. އެކަން ކުރިއަށް އޮތް މެޗުގައި ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޖެސިކް ވަނީ ބުނެފަ އެެވެ.

"ފަހަރެއްގައި ދެން ހުރި މެޗުތަކުގައި ބަދަލުތަކެއް ފެނި، އާ ކުޅުންތެރިންނަށް ވެސް ފެންވަރު ސާބިތުކޮށްދޭން ފުރުސަތު ލިބޭނެ. ފުރުސަތު ދިނުމުގައި ކަންކަން ބަލާނީ ނަތީޖާ އޮންނަ ގޮތަކަށް. މެޗުގެ 90 މިނިޓް ކުޅެވޭނެ ކުޅުންތެރިން ގިނައިން މާޒިޔާގައި މި ތިބީ. ދެން، އަހަރެމެން ކުރަން ޖެހޭނެ ކަމެއް ގޯލު ނުޖެހިދިޔަ މައްސަލަ ވީ އެންމެ އަވަހަށް ހައްލުކުރުން،" ޖެސިކް ބުންޏެވެ.

ޖެސިކް ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ލިބޭ ފުރުސަތަށް ތައްޔާރަށް ހުރުން މުހިންމު ކަމަށެވެ.

ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މާދަމާރޭ މާޒިޔާ އާއި ގޯކުލަމް ކެރަލާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:00 ގަ އެވެ. މާދަމާ ހަވީރު 16:00 ގައި ކުޅޭނީ ބަޝުންދަރާ ކިންގްސް އާއި އޭޓީކޭ މޯހަން ބަގާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox