ތާރީހީ ފުރުސަތެއް: އަންހެން ތިން ރެފްރީން ފީފާ ވޯލްޑް ކަޕަށް

May 19, 2022, 6:00 PM
މި ފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ތިން އަންހެން ތިން ރެފްރީން: ފްރަޕާޓް (ކ)، ޔޮޝީމީ (މ) އަދި މުކަންސަންގާ

މި ފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ތިން އަންހެން ތިން ރެފްރީން: ފްރަޕާޓް (ކ)، ޔޮޝީމީ (މ) އަދި މުކަންސަންގާ

ޒިއުރިކް، ސްވިޒަލެންޑް (މެއި 19) - މި އަހަރު ފަހުކޮޅުގައި ގަތަރުގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގައި އިންސާފުކުރުމުގެ ފުރުސަތު ތިން އަންހެން ރެފްރީ އަކަށް ދޭން ނިންމައިފި އެވެ. މިއީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އަންހެން ރެފްރީންނަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕަކުން ފެންނާނެ ފުރަތަމަ އަންހެން ތިން ރެފްރީންނަކީ ފްރާންސްގެ ސްޓެފަނީ ފްރަޕާޓް، ރުވާންޑާގެ ސަލީމާ މުކަންސަންގާ އަދި ޖަޕާނުގެ ޔޮޝީމީ ޔަމަޝީޓާ އެވެ. މި ތިން ރެފްރީންނާ އެކު ފީފާ އިން ވަނީ 36 ރެފްރީންގެ ޕޫލެއް ވޯލްޑް ކަޕަށް އެކުލަވާލައިފަ އެވެ. މީގެ އިތުރުން ވޯލްޑް ކަޕަށް ނެގި އެސިސްޓަންޓް ރެފްރީންގެ ޕޫލުގެ ތެރޭގައި ތިން އަންހެން އެސިސްޓަންޓް ރެފްރީން ވަނީ ހިމަނައިފަ އެވެ. އެއީ ބްރެޒިލްގެ ނެއުޒާ ބެކް، މެކްސިކޯގެ ކަރެން ޑިއާޒް މެޑީނާ އަދި އެމެރިކާގެ ކެތަރިން ނެސްބިޓް އެެވެ.

ފީފާގެ ރެފްރީސް ކޮމިޓީގެ ޗެއާމަން ޕެރްލުއީޖީ ކޮލީނާ ބުނީ ފުޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީންނަށް ފީފާ ވޯލްޑް ކަޕުން ފުރުސަތު ދިނުމަކީ ތާރީހީ ފިޔަވަޅެއް ކަމަށެވެ.

"މީގެއިން މި ސާބިތުކޮށްދެނީ އަހަރެމެންނަށް މުހިންމީ ކޮލިޓީ ރެފްރީންކަން. މީގެ ގޮތެއް ނިންމުމުގައި ޖިންސީ ތަފާތު ކުރުމެއް ނެތްކަން. ކުރިއަށް އޮތްތަނުގައި އަަހަރެންގެ އުންމީދަކީ ފިރިހެނުންގެ ބޮޑު މުބާރާތްތަކުގެ މެޗުތަކަށް އެއްވެސް ޖެހިލުމެއް ނެތި ނެގޭނެވަރުގެ ގިނަ އަދަދެއްގެ އެލީޓް ރެފްރީން ތިބުން،" ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ރެފްރީ، ކޮލީނާ ބުންޏެވެ.

ވޯލްޑް ކަޕްގައި ބައިވެރިވާ ރެފްރީންނަށް ކުރިއަށްގެންދާ ސެމިނާތަކެއް ވަނީ ޝެޑިއުލްކޮށްފަ އެވެ. ސެމިނާތައް ބާއްވާނީ ޕެރަގުއޭގެ އަސުންސިއޯން، ސްޕެއިންގެ މެޑްރިޑް އަދި ގަތަރުގެ ދޯހާގަ އެވެ.

ވޯލްޑް ކަޕުން ފުރުސަތު ލިބުނު ޔޫރަޕްގެ މަޝްހޫރު އަންހެން ރެފްރީ، ފްރަޕާޓް ވެފައިވަނީ ޔޫރޯ ތާރީހުގައި މުބާރާތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ އަންހެން ރެފްރީ އަށެވެ. ފްރަޕާޓް ވަނީ ޔޫރަޕްގެ ގިނަ ރެކޯޑްތަކެއް މިހާތަނަށް ވެސް މުގުރާލައިފަ އެވެ.

ފްރަޕާޓަކީ ޔުއެފާ ސުޕަ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީ އެވެ. ފްރާންސް ފުރަތަމަ ޑިވިޝަން މެޗުތަކުގައި ވެސް ރެފްރީކަން ކުރަމުން އަންނަ ފްރަޕާޓް ފިރިހެން ގައުމީ ޓީމެއްގެ މެޗެއްގައި ފުރަތަމަ ފަހަރަށް ރެފްރީކަން ކުރީ މިދިޔަ އަހަރުގެ މާޗް މަހު ވޯލްޑް ކަޕް ކޮލިފައިންގައި ލެޓްވިއާ އަތުން 2-0 އިން ނެދަލެންޑްސް މޮޅުވި މެޗުގަ އެވެ.

އުމުރުން 35 އަހަރުގެ މުކަންސަންގާ އަކީ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރެފްރީކަން ކުރަން މިހާތަނަށް ފުރުސަތު ލިބުނު ހަމައެކަނި އަންހެން ރެފްރީ އެވެ. އޭނާ އަށް ފުރުސަތު ލިބުނީ މި އަހަރުގެ ޖެނުއަރީ މަހު ކެމަރޫންގައި ބޭއްވި އެފްރިކަން ކަޕުންނެވެ. މީގެ ކުރިން މުކަންސަންގާ ވަނީ އަންހެން ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކެއްގައި ވެސް އިންސާފުކޮށްފަ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕާއި އެފްރިކާގެ އަންހެން ފުޓްބޯޅަ މުބާރާތުގެ އިތުރުން އަންހެން ކްލަބް ޗެމްޕިއަންޝިޕްގައި މުކަންސަންގާ ވަނީ ރެފްރީކަން ކޮށްފަ އެވެ.

ޖަޕާނުގެ އަންހެން ފުޓްބޯޅައިގެ ގިނަ މުބާރާތްތަކާއި އޭޝިއާގެ ގިނަ މެޗުތަކެއްގައި ރެފްރީކަން ކުރި ޔޮޝީމާ ވަނީ 2019 ވަނަ އަހަރު ބޭއްވި އަންހެން ވޯލްޑް ކަޕާއި މިދިޔަ އަހަރުގެ އޮލިމްޕިކްސްގައި ރެފްރީކަން ކޮށްފަ އެވެ. ޔޮޝިމާ ވަނީ މިދިޔަ މަހު އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ވެސް ރެފްރީކަން ކޮށް އެ މުބާރާތުގެ ތާރީހުގައި މެޗެއްގެ ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox