ކައުންސިލުތަކަށް ކުރެވޭ ވިޔަފާރިތަކުގެ ތެރޭގައި ގެސްޓް ހައުސް، ފިހާރަ ވެސް ހިމަނައިފި

ކައުންސިލުތަކަށް ކުރެވޭ ވިޔަފާރިތަކުގެ ތެރޭގައި ގެސްޓް ހައުސް، ފިހާރަ ވެސް ހިމަނައިފި

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުކުރަން ކުންފުނި އުފައްދައިގެން ކުރެވޭ ވިޔަފާރިތަކުގެ ތެރޭގައި ގެސްޓް ހައުސް އާއި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ވެސް ހިމަނައި ގަވައިދު އިސްލާހުކޮށްފި އެވެ.

އަތޮޅު އަދި ރަށު ކައުންސިލުތަކަށް މާލީ ބާރުވެރިކަންދީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރުން ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ވަނީ ތަނަވަސްކޮށްދީފަ އެވެ.

ލާމާރުކަޒީ ގާނޫނުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރެވޭނެ ވިޔަފާރިތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް ހަދާ ގަވާއިދުގައި ބަޔާން ކުރަންވާނެ ކަމަށް ބުނެފައިވާއިރު، އެ ގަވައިދު އިސްލާހުކޮށް އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެ ގަވައިދު އިސްލާހުކޮށްފައިވަނީ ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ހިންގާ ވިޔަފާރި ހަރަކާތްތައް ދެ ބާވަތަކަށް ބެހޭ ގޮތަށެވެ.

މިގޮތުން، ގަވާއިދުގައި އަލަށް ހިމަނާފައިވާ ޖަދުވަލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ވިޔަފާރި ހަރަކާތްތައް ކައުންސިލުތަކަށް ހިންގޭނެ އެވެ.

އެ ޖަދުވަލުގައި ހިމަނާފައިވަނީ ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިނުކުރާ ދާއިރާތަކެވެ.

އެ ޖަދުވަލުގައި ޖުމްލަ 15 ހަރަކާތެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ގެސްޓް ހައުސް އަދި ޓޫރިސްޓު ހޮޓަލުން ފެށިގެން ތައުލީމު ދޭ ތަންތަނާއި ދަނޑުވެރިކަން، މަސް ޕްރޮސެސްކުރުން، އެއާޕޯޓު ހިންގުމާއި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ވެސް ވަނީ ހިމަނައިފަ އެވެ.

titledesc

އެ ވިޔަފާރި ހަރަކާތްތައް ހިންގަން އުފައްދާ ކުންފުންޏެއްގައި ކައުންސިލުތަކުގެ 100 ޕަސަންޓް ހިއްސާ ވެވޭނެ ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

ކުންފުނި އުފައްދައިގެން ކައުންސިލުތަކުން ހިންގޭ ދެވަނަ ބާވަތުގެ ވިޔަފާރި ހަރަކާތަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރި ނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ހިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތަކެވެ.

އެ ދާއިރާތަކުގެ ތެރޭގައި ކޮންވެންޝަން ސެންޓަރު، ތައުލީމު ދޭ ތަންތަން، ހޮސްޕިޓަލު، ކްނިލިކް، ރިނިއުބަލް އެނާޖީ، ކުނި މެނޭޖް ކުރުން، ދަނޑުވެރިކަން، މަސް ޕްރޮސެސްކުރުން، އައިސް ޕްލާންޓް ގާއިމުކުރުން އަދި ބޯޓު ޔާޑު ގާއިމުކުރުން ހިމެނެ އެވެ.

ނަމަވެސް ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް، ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހުގައި ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ޖަދުވަލުގައި ނުހިމެނޭ ވިޔަފާރިއެއް ކުރަން ކައުންސިލުން ހުށަހަޅައިފިނަމަ، އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދޭންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާ ހޯދައިގެން ކަމަށް ވެސް ގަވައިދުގައިވެ އެވެ.

މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން ވިޔަފާރި ހަރަކާތެއް ހިންގާނަމަ، 10،000ރ.އިން ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ގަވައިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ކުންފުނިތަކަށް ބޯޑު ޑިރެކްޓަރުން އައްޔަނުކުރުމާއި އެކައުންޓް ހުޅުވުން ފަދަ ކަންކަން ވެސް ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox