ރާއްޖޭގެ ކުޅިވަރު ކޮމިއުނިޓީ އަށް މުހިންމު ޗައިލްޑް ސޭފްގާޑިން ޕޮލިސީއެއް އޮލިމްޕިކް ކޮމިޓީން ލޯންޗްކޮށްފި

May 18, 2022, 7:14 PM
އޮލިމްޕިކް ކޮމިޓީ އާއި އާކް އިން ތައްޔާރުކުރި ސޭފްގާޑިން ޕޮލިސީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޯންޗްކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޮލިމްޕިކް ކޮމިޓީ އާއި އާކް އިން ތައްޔާރުކުރި ސޭފްގާޑިން ޕޮލިސީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޯންޗްކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް)އާ ގުޅިގެން އެކުލަވާލި ޗައިލްޑް ސޭފްގާޑިން ޕޮލިސީ ލޯންޗްކޮށްފި އެވެ.

ކުޅިވަރު ކޮމިއުނިޓީ އަށް ނުހަނު މުހިންމު ވެފައިވާ ޗައިލްޑް ސޭފްގާޑިން ޕޮލިސީ ލޯންޗްކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި އިވެންޓްގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި އެ އެސޯސިއޭޝަންގެ އިސްވެރިންގެ އިތުރުން ކުޅިވަރު ކޮމިއުނިޓީގެ މުހިންމު ފަރާތްތައް ބައިވެރިވި އެވެ.

މި ޕޮލިސީގެ މައިގަނޑު އަމާޒަކީ ކޮންމެ ހައިސިއްޔަތެއްގައި ވިޔަސް ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވާ ކުޑަކުދިންނަށް އެއީ އެތުލީޓެއް ކަމަށް ވިޔަސް ނުވަތަ އެހެނިހެން ގޮތްގޮތުން ކުޅިވަރުގައި ބައިވެރިވިޔަސް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އޮލިމްޕިކް ކޮމިޓީން ބުނީ މިއީ މި ގޮތަށް ބަލާއިރު، އެ ކޮމިޓީން ކުރި އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ މި ޕޮލިސީގެ ދަށުން ކޯޗުންނާއި ޓްރެއިނަރުން ބެލެނިވެރިން އަދި އެހެނިހެން ޓެކްނިކަލް ސްޓާފަކަށް ޗައިލްޑް ސޭފްގާޑިންއާ ގުޅޭ މައްސަލައެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންވީ ގޮތާއި ރިޕޯޓްކުރަންވީ ގޮތް ހިމަނައިފައިވެ އެވެ.

ޕޮލިސީގައި އަލިއަޅުވާލައިފައިވާ މައިގަނޑު އުސޫލުތައް:

* ކުދިންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުން

* ކުއްޖާގެ މަސްލަހަތަށް އަބަދުވެސް އިސްކަން ދިނުން.

* ކުއްޖަކަށް އަނިޔާއެއް ލިބިއްޖެނަމަ ބޭނުންވާ ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ވީ އެންމެ އަވަހަށް ފޯރުކޮށްދިނުން.

* ކުދިންނާ ގުޅޭ ކަންކަން ނިންމުމުގައި އެ ކުދިންގެ ހިޔާލާއި ބައިވެރިވުން ހޯދުން.

* ހަވާސާވެފައިވާ ކުދިންނަށް ވެސް ކުޅިވަރުގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރުން.

ޗައިލްޑް ސޭފްގާޑިން ޕޮލިސީ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ކަންކަން ގަވާއިދުގެ ތެރެއިން ހިންގުމުގެ ބޭނުމުގައި އޮލިމްޕިކް ކޮމިޓީން އަންހެން އަދި ފިރިހެން ޗައިލްޑް ސޭފްގާޑިން އޮފިސަރެއް ހަމަޖައްސާނެ އެވެ. މީގެ އިތުރުން ކޮންމެ ކުޅިވަރު އެސޯސިއޭޝަނެއްގައި ވެސް އެ އެސޯސިއޭޝަނުގެ އަމިއްލަ ސޭފްގާޑިން ޕޮލިސީއެއް އެކުލަވާލައި، އެކަމަށް ހާއްސަ އޮފިސަރެއް ހަަމަޖައްސަން ޖެހޭނެ އެވެ. މި ވަގުތަށް ބަލާއިރު، އެކަން ހަމަޖެހިފައި އޮތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވެ. އެފްއޭއެމް އިން މިދިޔަ އަހަރު ވަނީ ޗައިލްޑް ސޭފްގާޑިން ޕޮލިސީ އެއް ލޯންޗްކޮށްފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޗައިލްޑް ސޭފްގާޑިން ޕޮލިސީ އަކީ އޮލިމްޕިކް ކޮމިޓީ އާއި އާކުން ކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުގައި އެ ފަދަ ކަމެއް ކުރެއްވީތީ އެމްއޯސީ އާއި އާކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ވިދާޅުވީ މިއީ ކުޑަކުދިންނާ ގުޅޭ ކަންތައްތައް އުސޫލެއްގެ ތެރެއިން ކުރުމަށް ބާރު އެޅޭނެ ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ކުޅިވަރުގައި އުޅޭ ފަރާތްތައް ބާރުވެރި ކުރެވި، މުސްތަގުބަލުގައި މޮޅު އެތުލީޓުންތަކެއް އުފައްދަން ފުރުސަތު ފަހިވެފެންދާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ މި ސޭފްގާޑިން ޕޮލިސީ ތަންފީޒުކުރަން އެކްޝަން ޕްލޭނެއް އެކުލަވާލާނެ އެވެ. އެ ކަމުގެ ތެރެއިން ހުރި މަަސައްކަތްތައް ރޭވިފައި ހުރި ގޮތަށް ބަލާއިރު، އޮލިމްޕިކް ކޮމިޓީ އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެކެޑަމީތަކުގެ މުވައްޒަފުން ތަމްރީން ކުރުމަށް "ސޭފްގާޑިން ޓޫލްސް" ހެދުމަށް އާކްއާ ގުޅިގެން މަސައްކަތް ކުރާނެ އެވެ.

މި ޕޮލިސީގެ ތެރެއިން އޮލިމްޕިކް ކޮމިޓީ އާއި އާކްގެ ފަރާތުން ކަންކަން ނިންމާއިރު، ބޭނުންވަނީ ކުޅިވަރުގެ ތެރެއިން ކުޅުންތެރިންނަށް ރައްކާތެރިކަން ކަށަވަރުވާ ސަގާފަތެއް އަށަގަންނުވާށެވެ. އަދި އެ ފަދަ ކަންކަމަށް ކުރިމަތިވާ ހުރަސްތަކާ މެދު އަމަލުކުރާއިރު، ގެންގުޅޭނީ "ޒީރޯ ޓޮލަރަންސް" ކަމަށް އެމްއޯސީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox