ބަދިގެތެރެ ތަރުތީބުކޮށް، ފަސޭހަކޮށްލަން ގަނެވިދާނެ ތަކެތި

May 19, 2022, 12:52 PM
ބަދިގެތެރެ ތަރުތީބުކޮށް، ފަސޭހަކޮށްލަން ގަނެވިދާނެ ތަކެތި

ކުދިކުދި އެޕާޓްމެންޓްތަކުގެ ޖާގަ ކުޑަ ބަދިގެތަކުގައި ރީތިކޮށް، ތަރުތީބުކޮށް ތަކެތި ބެހެއްޓުމަކީ ދަތި އުނދަގޫ ކަމެކެވެ. ދިގުކޮށް މި ވާހަކަ ލިޔުމުގެ ބޭނުމެއް ނެތެވެ. މި ލިޔުން ކިޔާލާ މީހާ އަށް މުހިންމު ވާނީ އޮތް ހައްލެވެ. އެ ހައްލު ގެނެވިދާނެ ގޮތް މި ގެނެސްދެނީ ވެލިގާއިންނެވެ. ވެލިގާ ނެޓަށް ލާފައި ހުރުމުން, މިއީ ދައްކާ ފޮނި ވާހަކައެއް ނޫންކަން ވަގުތުން ވަގުތަށް ބަލާލެވޭނެ އެވެ.

ކުދި ބަދިގެ ތަކުން ފެށިގެން ޖާގަ ތަނަވަސް ބަދިގެތަކަށް ބޭނުންވާނެ އެކި ފެންވަރުގެ ސާމާނު ވެލިގާ ހާޑުވެއާއިން ލިބެން އެހުރީ އެވެ. އެ އުފެއްދުންތަކުގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ ތައިލެންޑްގެ އުފެއްދުމެއް ކަމުގައިވާ ވީއާރުއެޗްގެ އުފެއްދުންތަކަށެވެ.

ވީއާރުއެޗް ބްރޭންޑު

ދަގަނޑުގެ ބާވަތްތައް އުފައްދާ ތައިލެންޑްގެ މައި އެއް ފެކްޓްރީ، ވީއާރު ޔޫނިއަންގެ އެއް މަރުކާއަކީ ވީއާރުއެޗް އެވެ. އެ ފެކްޓްރީގެ އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރަނީ ވީއާރު ހެންޑްލިން ކޮމްޕެނީ ލިމިޓެޑުންނެވެ. ދަބަރު ނުޖަހާ އުފެއްދުންތައް، ބައި ގަރުނު ކުރިން ފެށިގެން އުފައްދަން ފެށި މި ކުންފުނީގެ ޕްރޮޑަކްޓް ލައިން އިތުރުކޮށްފައި ވަނީ ޒަމާނީ ފަސޭހަ ދިރިއުޅުމަށް އަންނަ ބަދަލުތަކަށް ފައްކާކުރަމުންނެވެ. އެފަދަ އެންމެ ފުރިހަމަ އެއް މަރުކާއަކީ ވީއާރުއެޗް އެވެ. އޭގެ އުފެއްދުންތަކެވެ.

Advertisement

ބަދިގެ ނުވަތަ ފާހާނާއަށް ސާމާނު ގަންނައިރު، ހާއްސަކޮށް މާލެ ފަދަ ތަނެއްގައި އުޅޭނަމަ ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ ދަބަރު ނުޖަހާ ސާމާނު ހޯދުމެވެ. އެފަދަ އެންމެ ނަން މަޝްހޫރު އެއް މަރުކާއަކީ ވީއާރުއެޗް އެވެ. އެއީ ދުނިޔޭގައި ވެސް ފަސް ވަނަ އަށް އެންމެ ގިނައިން ސްޓެއިންލެސް ސްޓީލްގެ ޕްރޮޑަކްޓް އުފައްދާ ކުންފުންޏެވެ.

ވީއާރުއެޗްގެ އުފެއްދުންތައް

މި މަރުކާގެ ގިނަ އުފެއްދުންތަކެއް ހުރި ނަމަވެސް، މި ބަލާލާނީ ވެލިގާ ހާޑުވެއާއިން ވިއްކާ ބަދިގޭގެ ސާމާނަށެވެ.

ތަށި ހަރު

ކުދި ޖާގަތަކުގައި ދިރިއުޅެންޖެހިފައި ވާއިރު، ބަދިގެ ތަރުތީބު ކުރުމަކީ ކުރިން ވެސް ބުނެވުނު ފަދައިން އުނދަގޫ ކަމެކެވެ. ނަމަވެސް މިއޮތް ޒަމާނުގައި އެކަމަށް ހައްލު ހޯދަން ބޯގޮށްވާކަށް ނުޖެހެ އެވެ. ތަށި ސަމުސާ، ވަޅި ފަދަ ތަކެތި ޖެހުނު ތަނަކަށް ނުވަތަ ލެވެނު ތަނަކަށް ތަރުތީބެއް ނެތި ލާފައި ބެހެއްޓުމުގެ ބަދަލުގައި، ވީއާރުއެޗްގެ ތަށި ހަރުން ހައްލު ހޯދިދާނެ އެވެ. ކަބަޑު މަތީގައި ބަހައްޓާ ހަރާއި ކަބަޑު ތެރޭގައި ބަހައްޓާ ހަރު އެބަހުއްޓެވެ.

މާލޭގެ އެޕާޓްމެންޓްތަކުގައި ހުންނަ މިފަދަ ސާމާނުތަކުގައި ދަބަރު ހިލުން އަވަސް ވަނީ ފެންވަރު ދަށްވުމުންނެވެ. ވީއާރުއެޗްގެ ތަކެތީގެ ބައި ގަރުނުގެ ޔަގީންކަމަކީ، އަދި އިތުބާރަކީ ދަބަރު ނުހިލޭނެ ކަމެވެ. ލޮނުގެ އަސަރު ހުންނަ ސަރަހައްދުތަކުގައި ސްޓެއިންލެސް ސްޓީލްގެ މި ތަކެތި ބޭނުން ކުރުމުން އަހަރަކު އެއްފަހަރު ބަދަލުނުކޮށް، އުމުރު ދިގުވެ އެވެ. އަގުވެސް ބޮޑެއް ނޫނެވެ.

ފާރުގައި ހަރުކޮށްލެވޭނެ ތަށި ހަރު ވެސް އެބަހުއްޓެވެ. ލުއިވެފައި ހަރުކޮށްލަން ވެސް ފަސޭހަ އެވެ.

ޓިޝޫ ހަރު

ޓިޝޫ ކަރުދާސް ލާނެ ހެޔޮވަރު، ރީތި އެއްޗެއް ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ބުރު ޓިޝޫ އަޅުވާލުމަށް ފަހު، ސްޕައިސް ރެކެއް ގޮތަށް ބޭނުން ކޮށްލެވޭ، ސްޓެއިންލެސް ސްޓީލް ހަރު ވެލިގާއިން ލިބެން އެބަ ހުއްޓެވެ. މި އުފެއްދުމުގެ އަގެއް ވެސް ބޮޑެއް ނޫނެވެ.

މި ބާވަތް ކަމުނުދާނަމަ، އިތުރު އައިޓަމެއް ހިޔާރުކޮށްލާށެވެ. ބުރު ޓިޝޫ ޖަހާފައި ކޮޅަށް ބެހެއްޓޭނެ ސްޓޭންޑް ވެސް އެބަ ހުއްޓެވެ. ޖާގަ އާއި ބޭނުމަށް ބަލާފައި ބޭނުން އެއްޗެއް ހިޔާރުކޮށްލެވޭނެ އެވެ.

ސިންކާއި އިސްކުރު

ވީއާރުއެޗްގެ އެކި ސައިޒުގެ ސިންކާއި އެއަށް ބޭނުންވާ އިސްކުރު ވެސް އެބަ ހުއްޓެވެ. ހިޔާރުކުރަން ބޭނުންވާ ސައިޒެއް ލިބެ އެވެ. ސިންކް އިސްކުރަކީ ބަދިގެއަށް ވަރަށް މުހިންމު އެއްޗެކެވެ. ބައެއް އިސްކުރުގެ ޒާތުން ތަށި ދޮއުމަށާއި އަތް ދޮއުމަށް ވަރަށް އުނދަގޫވެ އެވެ. ނަމަވެސް، ވީއާރުއެޗްގެ ޝަވައާއެކު ހުންނަ ސިންކް އިސްކުރަކީ ތަށި، ތެލި އެއްޗެހި ދޮންނައިރު ބޭނުންކޮށްލަން ފަސޭހަ އިސްކުރެކެވެ.

ބުޅިގަނޑު

ބަދިގެ ތަރުތީބުކޮށް ހުރުމަކީ ގެއެއްގެ ފުރިހަމަކަމުގެ ރަމްޒެކެވެ. އެކަން ދެމެހެއްޓުމަށްޓަކައި ތަރުތީބުން އެއްޗެހި ބެހެއްޓުން މުހިންމެވެ. ކުރިން މި ގެނެސްދިނީ ތަރުތީބު ބަދިގެއަކަށް މުހިންމު ބައެއް ބާވަތްތަކެވެ. ނަމަވެސް ބާޒާރުކޮށް ނިންމުމުގެ ކުރިން ބަދިގެ އަދި ފާހާނާގައި އެއްޗެހި އަޅުވާނެ ފެންވަރު ރަނގަޅު ބުޅިގަނޑެއް ހޯދުން މުހިންމެވެ. ވެލިގާ އަށް ޒިޔާރަތްކޮށް ވީއާރުއެޗްގެ ބުޅިގަނޑު ތަޖުރިބާކޮށްލުން މުހިންމެވެ. ދަބަރެއް ނުހިލޭނެ އެވެ. އުމުރު ކުރެއް ނުވާނެ އެވެ.

ވެލިގާގެ އޮންލައިން ފިހާރަ، ވެލިގާ.ކޮމް

ވެލިގާގެ އޮންލައިން ފިހާރަ (ވެލިގާ.ކޮމް) އިން ހުރިހާ ސާމާނެއް ގަނެވޭނެ އެވެ. ނެޓުން ގަނެލައިގެން ރަށަށް ވިޔަސް، އަތަށް ވިޔަސް، ޑެލިވަރީކޮށް ދެ އެވެ. މި އޮންލައިން ފިހާރައިން ވަގުތުން ފައިސާ ވެސް ދައްކާލެވެ އެވެ. އެހާ ވެސް ފަސޭހަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox