ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވީ އޮފިޝަލުން ކަންނެތްވުމުން: ކިމް

އުތުރު ކޮރެއާގެ އިމާރާތެއްގެ ތެރޭގައި ޑިސްއިންފެކްޓަންޓް ސްޕްރޭ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އުތުރު ކޮރެއާގެ އިމާރާތެއްގެ ތެރޭގައި ޑިސްއިންފެކްޓަންޓް ސްޕްރޭ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސޯލް، ދެކުނު ކޮރެއާ (މޭ 18) - އުތުރު ކޮރެއާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުކުރެވުނީ ދައުލަތުގެ އޮފިޝަލުންގެ ކަންނެތް ކަމާއި އިހުމާލާ ހެދި ކަމަށް ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާގައި ކޮވިޑް ފެތުރެމުންދާކަން ރަސްމީކޮށް އިއުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޭސްތަކުގެ އަދަދު މިހާރު ވަނީ 1.7 މިލިއަނަށް އަރާފަ އެވެ.

ވެރިކަން ކުރާ ޕާޓީގެ ޕޮލިޓްބިޔުރޯގެ ބައްދަލުވުމެއްގައި އަންގާރަ ދުވަހު ކިމް ވިދާޅުވީ އޮފިޝަލުންގެ ކަންނެތް ކަމާއި އިހުމާލާ ހެދި ބަލީގެ ކޮންޓްރޯލް ދޫވެފައިވާ ކަމަށެވެ.

އަންގާރަ ދުވަހު އެކަނިވެސް ހުން އައިސްގެން 232،880 މީހުން ރިޕޯޓު ކުރި ކަމަށް ދައުލަތުގެ ނިއުސް އެޖެންސީ ކޭސީއެންއޭއިން ބުންޏެވެ. އެއާ އެކު ޖުމްލަ ކޭސްތައް 1.72 މިލިއަނަށް ވަނީ އަރާފަ އެވެ. މިހާތަނަށް މަރުވީ 62 މީހުންނެވެ.

ޕޮލިޓްބިޔުރޯ ބައްދަލުވުމުގައި ކިމް ވިދާޅުވީ "ބޮޑު އަލިފާން ފަރުބަދައެއްހެން ޕާޓީ ތެދުކޮށް" ވައިރަސް ފެތުރުން ކޮންޓްރޯލް ކުރައްވާނެ ކަމަށެވެ.

ކިމްގެ އާއިލާއިން ހަދިޔާ ކުރި ބޭސްތައް އުތުރު ކޮރެއާގެ ބައެއް ހިސާބުތަކުގައި ބަހާފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެ އެވެ. ބޭށް ސަޕްލައި ކުރުމުގައި 3000 އަށް ވުރެ ގިނަ ސިފައިން ބައިވެރިވެ އެވެ.

ކިމް ކުރިން ވިދާޅުވީ ބަލި ފެތުރެމުން ދާތީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމަށެވެ. އުތުރު ކޮރެއާއަކީ އެންމެ ގޯސް ސިއްހީ ނިޒާމު އޮންނަ އެއް ގައުމެވެ.

އެ ގައުމުގައި އެއްވެސް ކޮވިޑް ވެކްސިނެއް، ބޭހެއް ވެސް އަދި އެއް ފަހަރާ ގިނަ ބަޔަކު ޓެސްޓު ކުރެވޭނެ ކެޕޭސިޓީއެއް ވެސް ނެތެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އުތުރު ކޮރެއާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުގައި އެއްވެސް މީހަކު ކޮވިޑް ވެކްސިން ޖަހާފައެއް ނުވެ އެވެ.

ކޮވިޑް ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމުން، އުތުރު ކޮރެއާއިން ވަރަށް ހަރުކަށިކޮށް ބޯޑަރު ބަންދު ކުރި އެވެ. ތަޖުރިބާކާރުން ބުނީ އަވައްޓެރި ގައުމުތަކުގައި ބަލި ފެތުރޭ ނަމަ، ބޯޑަރު ބަންދު ކުރިޔަސް އުތުރު ކޮރެއާއާ ހަމައަށް ބަލި ފޯރާނެ ކަމަށެވެ.

ކިމް ވިދާޅުވެފައި ވަނީ އެ ގައުމުން އަމަލު ކުރާނީ ޗައިނާގެ މެނޭޖްމަންޓް ސްޓްރެޓެޖީ ބަލައި، އޭގެން ލިބޭ ފިލާވަޅުތަކުގެ އަލީގައި ކަމަށެވެ.

ޗައިނާގައި ގެންގުޅެނީ ޒީރޯ ކޮވިޑްގެ ސިޔާސަތެކެވެ. ބައެއް ބޮޑެތި ސިޓީތައް ލޮކްޑައުންކޮށްފައިވާ އިރު، އެއީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.

ޗައިނާ އާއި ޑަބްލިއުއެޗްއޯގެ ކޯވެކްސް ސްކީމުން ކޮވިޑް ވެކްސިން ހަދިޔާ ކުރަން އުޅުމުން، އުތުރު ކޮރެއާއިން ކުރިން ބުނީ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ބަލި ފެތުރޭކަން އިއުލާނު ކުރުމާ އެކު، ޗައިނާ އާއި ދެކުނު ކޮރެއާއިން ވަނީ ވެކްސިން ހަދިޔާ ކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox