ފާއިތުވި 20 އަހަރު ޔޫއެފްއޯ ފެނުން އިތުރުވި: ޕެންޓެގަން

އެމެރިކާގެ ނޭވީ ޖެޓަކަށް 2004 ވަނަ އަހަރު ފެނުނު ޔޫއެފްއޯއެއް. -- ފޮޓޯ: ސީއެންއެން

އެމެރިކާގެ ނޭވީ ޖެޓަކަށް 2004 ވަނަ އަހަރު ފެނުނު ޔޫއެފްއޯއެއް. -- ފޮޓޯ: ސީއެންއެން

ވޮޝިންޓަން، އެމެރިކާ (މޭ 18) - ފާއިތުވި 20 އަހަރު "އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓް" (ޔޫއެފްއޯ) ނުވަތަ ކޯއްޗެއްކަން ނޭނގޭ ވައިގެ އުޅަނދު ފެނުން އިތުރުވި ކަމަށް އެމެރިކާގެ އިސް ދިފާއީ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ޔޫއެފްއޯއާ ގުޅޭ ގޮތުން ޕާލިމެންޓް މެމްބަރުންނަށް މައުލޫމާތު ދިނުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެއް މިދިޔަ އަންގާރަ ދުވަހު ކުރިއަށް ދިޔަ އެވެ. އެއީ ގާތްގަނޑަކަށް 50 އަހަރުގެ ތެރޭގައި ޔޫއެފްއޯއާ ގުޅޭ ގޮތުން އާއްމުކޮށް ހުޅުވާލައިގެން އެމެރިކާގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

"ހުއްދަ ނެތް ނުވަތަ ކޯއްޗެއްކަން ނޭނގޭ ވައިގެ އުޅަނދު ނުވަތަ އުދުހޭ ތަކެތި، އަސްކަރިއްޔާއިން ކޮންޓްރޯލް ކުރާ ތަމްރީން ސަރަހައްދުތަކާއި އެހެން ވައިގެ ސަރަހައްދުތަކުން ފެނުން އިތުރު ވާން ފެށީ 2000 ވަނަ އަހަރަށް ފަހު،" ނޭވަލް އިންޓެލިޖެންސްގެ ޑެޕިއުޓީ ޑިރެކްޓަރު ސްކޮޓް ބްރޭ ވިދާޅުވި އެވެ.

ބްރޭ ވިދާޅުވީ ޔޫއެފްއޯ ފެނުން އިތުރުވީ އެ ތަކެތި ފެނިގެން ރިޕޯޓު ކުރުމަކީ މައްސަލައެއް ނޫން ކަމަށް ނިންމައި ހޭލުންތެރިކަން އިތުރު ކުރުމާއި ޓެކްނޮލޮޖީގެ ގޮތުން ހޯދިފައިވާ ކުރިއެރުންތަކުގެ ސަބަބުން ކަމަށެވެ.

ނަމަވެސް ފެނުނު ތަކެއްޗަކީ "އެކްސްޓްރާ ޓެރެސްޓްރިއަލް" އޭލިއެން ނުވަތަ އިންސާނުންނާ ތަފާތު އެހެން ދިރުމަކާ ގުޅުން ހުރި ތަކެތީގެ ގޮތުގައި ބެލެވޭނެ އެއްވެސް ސަބަބެއް ޕެންޓެގަންއަށް ހޯދިފައި ނުވާ ކަމަށެވެ.

އެކަމަކު އެއީ، އެފަދަ ތަކެއްޗަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

"މިއީ ކޮން ތަކެއްޗެއްކަން ޔަގީންކޮށް ބުނަން އަޅުގަނޑުމެން ބޭނުމެއް ނޫން،" ބްރޭ ވިދާޅުވި އެވެ.

ވިހި އެކާވީސް ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނީ "އެކްސްޓްރާ ޓެރެސްޓިރަލް" ނުވަތަ އިންސާނުން ފަދަ އެހެން ދިރުމެއް ދުނިޔެއިން ބޭރުގައިވާ ކަމަށް ފެންނާނެ ހެއްކެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް، ގިނަ އަދަދެއްގެ އަސްކަރީ ޕައިލެޓުންނާއި ބައެއް އާއްމުންނަށް ފެނިފައިވާ ޔޫއެފްއޯތަކަކީ ކޮން އެއްޗެއްކަން ބުނެދޭން ނޭނގޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އޭގެ ތެރެއިން ބައެއް ތަކެއްޗަކީ ދޫނި ނުވަތަ ޑްރޯންގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާގެ ރޭޑާ ނިޒާމަށް އޮޅުން އަރައިގެން ފެންނަ ތަކެއްޗަށް ވުން އެކަށީގެންވާ ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ދުނިޔޭގެ ގަދަ ބާރުތައް ކަމުގައިވާ ޗައިނާ އަދި ރަޝިއާއިން ހިންގާ އަސްކަރީ ޓެސްޓުތަކާއި އާ ޓެކްނޮލޮޖީތަކުގެ ސަބަބުން ރޭޑަރަށް ޔޫއެފްއޯގެ ގޮތުގައި ތަކެތި ފެނުން އެކަށީގެންވާ ކަމަށެވެ.

އެމެރިކާ ސިފައިންނާއި ޖާސޫސީ އިދާރާގެ އަމާޒަކީ ޔޫއެފްއޯގެ ސަބަބުން އެމެރިކާގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބަލައި ވަޒަން ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox