މެސީ، އިންޓަ މިއާމީގެ ހިއްސާ ގަތުމަށް ފަހު އެމެރިކާ ލީގަށް؟

May 17, 2022, 6:07 PM
މެސީ، އިންޓަ މިއާމީގެ ހިއްސާ ގަތުމަށް ފަހު އެމެރިކާ ލީގަށް؟

މެޑްރިޑް (މެއި 17) - މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އެމެރިކާގެ ކްލަބް, އިންޓަ މިއާމީ އެފްސީގެ ހިއްސާ ގަތުމަށް ފަހު ލިއޮނަލް މެސީ އަންނަ އަހަރު އެ ޓީމަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ ޑިރެކްޓީވީ އާއި ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޕީއެސްޖީއާ އެކު މެސީ ހެދި ދެ އަަހަރުގެ ކޮންޓްރެކްޓް ހަމަވުމުން އަންނަ އަހަރު އޭނާ އިންޓަ މިއާމީއާ ގުޅެން ވަނީ ނިންމައިފަ އެވެ. އަދި އިންޓަ މިއާމީ އަށް ބަދަލުވުމުގެ ކުރިން މެސީ، އެ ކްލަބްގެ ހިއްސާދާރަކަށް ވާނެ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

ޑިރެކްޓީވީގެ ނޫސްވެރިޔާ، އަލެކްސް ކާންޑާލް ރިޕޯޓްކުރާގޮތުގައި މެސީ ވަނީ އިންޓަ މިއާމީގެ 35 ޕަސެންޓް ހިއްސާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މީގެ ކުރިން ދިން މީޑިއާ އިންޓަވިއުއެއްގައި އުމުރުން 34 އަހަރުގެ މެސީ ވަނީ ކުޅުން ހުއްޓާލުމުގެ ކުރިން އެމެރިކާ ލީގުގައި ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފަ އެވެ. އަދި ކެރިއަރުގައި ކުޅޭ އެންމެ ފަހު ކްލަބަކަށް ހަދަން ބޭނުންވަނީ އާޖެންޓީނާގެ ނެވެލް އޯލްޑް ބޯއީސް ކަމަށް ވިޔަސް، އޭގެ ކުރިން އެމެރިކާގެ ކްލަބަކާ ގުޅެން ވަރަށް ބޮޑަށް މެސީ އަންނަނީ ވިސްނަމުންނެވެ.

އިންޓަ މިއާމީ އަށް މިހާތަނަށް ކުޅެފައިވާ ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު، ޔުވެންޓަސް އާއި ޕީއެސްޖީ އަށް ކުޅުނު ބްލައިސް މަޓުއީޑީ އާއި ރެއާލް މެޑްރިޑް، ޔުވެންޓަސް، ނަޕޯލީ އަދި ޗެލްސީ އަށް ކުޅުނު އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ވެސް ވަނީ އިންޓަ މިއާމީ އަށް ކުޅެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓަ މިއާމީ ހިންގަމުން އަންނަ އިންވެސްޓަރުންގެ ތެރޭގައި ހިމެނެނީ ބެކަމް އާއި ކިއުބާގެ ވިޔަފާރިވެރިންގެ އިިތުރުން އެމެރިކާގެ ދެ ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox