ރައްޔިތުން ބިރުގަންނާކަށް ނުޖެހޭ، ބަދަލު ހިފުމެއް ނޯންނާނެ: ޔާމީން

ޔާމީން: ދައުލަތުގެ ހައްގަށް އަރައިގެންފައިވާ މީހުންނާ ބިރުގަންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޔާމީން: ދައުލަތުގެ ހައްގަށް އަރައިގެންފައިވާ މީހުންނާ ބިރުގަންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވެރިކަމަށް އަލުން ވަޑައިގެންނެވި ނަމަވެސް, ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އެކަމަކު, މުޅި ގައުމުގެ ހައްގަށް އަރައިގެންފައިވާ މީހުންނާ ގާނޫނު ބައްދަލުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ވިލިމާލޭ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގެ ކެމްޕެއިންގައި ޔާމީން ވަނީ ރާއްޖޭގެ ޖަލުތައް ބޮޑުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ, ގިނަ ބަޔަކު ޖަލަށްލައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އެއާ ގުޅުވައި, އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުގައި ހުކުމް އިއްވެވި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހައްގު ނޫންކަން ފާހަގަ ކުރެއްވި އެވެ.

ޔާމީންގެ އެ ވާހަކަތަކާއެކު, ސަރުކާރުގެ ބައެއް ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައިރު, އެމަނިކުފާނުގެ އޮތީ ބަދަލު ހިފުމުގެ ރޫހެއް ކަމާއި އަލުން ވެރިކަމަށް ވަޑައިގެން ދިވެހި ރައްޔިތުން ޖަލަށްލައްވަން މަސައްކަތް ކުރައްވަނީ ކަމަށް ބުނަމުން ދިޔަ އެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި, "އަދަދު"އަށް ދެއްވި އިންޓަވިއުގައި ޔާމީން ވިދާޅުވީ ރައްޔިތުންގެ ބޮޑެތި ހައްގުތަކަށް, ދައުލަތުގެ ބޮޑެތި ހައްގުތަކަށް އަރައިގެންފައި ހުރި މައްސަލަތައް ނުބެލެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެފަދަ މައްސަލަތައް ނުބަލައި, އެ ގޯސްތައް ތަކުރާރުވުން ނުހުއްޓުވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ބޮޑެތި ގޯސްތަކެއް, ގައުމުގެ ހައްގު ނިގުޅައިގަތުމަށްޓަކައި ބޮޑެތި ގޯސްތަކެއް ބޮޑެތި ޖަރީމާތަކެއް ހަދާފައިވާ ކަމަށްވާނަމަ އަސްލު އެެކަން އެހެން ގޮސްފައި އޮތީ ކިހިނެއްތޯ ބަލާނަން, އެކަން ބަލާއިރު ރާއްޖޭގައި ޖިނާއީ އެއްވެސް ކަމެއްގެ ޖަލު ނޫން އަދަބެއް ނޯވޭ އިނގޭތޯ އެ ބަލާއިރު ޖަލަށް ދާން ޖެހޭ މީހެއް ހުރެއްޖެ ކަމަށްވާނަމަ ޖަލަށް ދާނަމަ އެއަކީ މީހުން ޖަލަށް ލުމުގެ ރޫހެއްގަ ނޫން ދެއްތޯ," ޔާމީން ވިދާޅުވި އެވެ.

"އެ ގޯސް ހެދި ހެދުން ދެން ތަކުރާރު ނުވާވަރު ކުރަންޖެހޭ އެހެން ނޫންތޯ, ގާނޫނު ނުދަނޭ ޖަލު އަދަބު ނޫން އަދަބެއް, އެހެންވެ ޖަލުގެ ވާހަކަ ދެއްކެނީ, މި އުޅެނީ ޔުމްނާއަށް ހީވާ ގޮތަށް ދިވެހި ރައްޔިތުން ޖަލަށް އަޅާކަށް ނޫން އަދި އޭރު ވެސް ޖަލަށް ގޮސްފައި ތިބީ ދިވެހި ރައްޔިތުންނެއް ނޫން, ސިޔާސީ ކަންކަމުގަ ހިފި ނުހިފެހެއްޓިގެން އުޅުނު މީހުންނާ ދޭތެރޭގަ ތަހުގީގުކޮށްފައި މުޅި ގައުމުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔައީމަ ދެއްތޯ,"

ޔާމީން ވިދާޅުވީ ފަނޑިޔާރަކު ހުކުމް ކުރީ ވަކި ބައެއްގެ ނުފޫޒުން, ރިޝްވަތު ނަގައިގެން ކަމަށްވާނަމަ, އެކަން އެއީ ގާނޫނުގައިވާ ގޮތުން ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ ކަމެއް ކަމަށެވެ. ޖިނާއީ ކަމެއް އޭގައި އެކުލެވޭނަމަ, ގާނޫނުގައި އޮތް އަދަބަކީ ޖަލުގެ އަދަބު ކަމާއި އެހެންވެ, ޖަލުގެ ވާހަކަ ދެއްކޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"...ހަމަ ވަކި ބަޔަކު މަގާމުގަ ތިބެގެން އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި މުޅި ދިވެހިރާއްޖެ ސެކްރިފައިޒްކޮށްލުމަކީ މިއީ އެއާ ދޭތެރޭ ފިޔަވަޅު ނޭޅޭ ކަމަކަށްވާނަމަ ކޮބައިތޯ ދިވެހިރާއްޖޭގެ މުސްތަގުބަލަކީ, މި އުޅެނީ އަޅުގަނޑުގެ ޒާތީ ކަމެއް ކުރާކަށް ނޫން," ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ޖަލު ބޮޑުކުރާ ވާހަކަ އެއީ ދެން މަޖާޒީ ގޮތެއްގައި ބުނާ ވާހަކައެއް ދެއްތޯ, ޖަލު ބޮޑުކުރާ ވާހަކަ ދައްކައިގެން ނުޖެހޭ އާންމު ރައްޔިތުން މާބިރުން އުޅޭކަށް, އެކަމަކު ދޮގު ހެކިދިން މީހުންނާއި ގޯސްކޮށް ހުކުމް ކުރާ މީހުންނާ މިކަހަލަ ކަންތައްތައް ކޮށްފައި ހުރިއްޔާ އެމީހުން ބިރުގަންނާނެ,"

ޔާމީން ވިދާޅުވީ ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމާއި ބަދަލު ނުވެސް ހިފާނެ ކަމަށެވެ. އެކަމަކު, މި ސަރުކާރުގެ އޮތީ ބަދަލު ހިފުމުގެ ރޫހެއް ކަމާއި ކުރީގެ ރައީސް މުހައްމަދު އަމީންގެ ދައުރުން ފެށިގެން ހިނގާފައިވާ ކަންކަން ނަގައިގެން, އެކަން ބަލަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox