ސަރުކާރުގެ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމާ މިނިސްޓަރު ކަނޑައެޅިގެން ދެކޮޅު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު އަސްލަމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު އަސްލަމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމުގެ އިންޒާރު ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެއްވައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ދެ މަޝްރޫއުއަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރު މަޖިލީހަށް މިއަދު ހާޒިރުކޮށްފައިވާއިރު، އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުން އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންނަށް އަޑުއިވިފައިވާ ގޮތުގައި ސްޓެލްކޯ އާއި ފެނަކައިން، މި ތަންތަނުގެ ހިދުމަތް ރަނގަޅު ކުރަން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ކަރަންޓު އަގުހެޔޮ ކުރަން. ޕޮލްކޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ފުލުހުންގެ ހިދުމަތް ރަނގަޅުކުރަން. ސިފްކޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ގައުމީ ސަލާމަތާބެހޭ ކަންކަން ރަނގަޅުކުރަން،" އަފީފް ފާހަގަކުރެއްވި އެވެ.

Advertisement

އަފީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި އެފަދަ ވިޔަފާރިތަކަށް ދައުލަތުން ނުވަންނާނެކަމަށް ބުނެފައިވެ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެހެން ކަންކަމަށް އުފެދިފައިހުރި ސަރުކާރުގެ ކުންފުނިތަކުން ކަމާ ނުގުޅޭ ދާއިރާތަކަށް ވަނުމަކީ ޕްލޭނިން މިނިސްޓްރީގެ ސިޔާސަތެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ އެފަދަ މަޝްރޫއުއެއް ކަމާ ނުގުޅޭ ސަރުކާރުގެ ކުންފުންޏަޔަކާ ހަވާލުކޮށްފައިނުވާނެ އެވެ.

"ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވާން އެބަހުރޭ ލާފަ. އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫން އެކަން ކުރުމަކީ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެމޙިން ވަދެގެން ނުވާނެ އޭގެ ތެރެއަށް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވިޔަފާރި ފުޅާކުރުމުގެ ނަމުގައި ކަމާ ނުގުޅޭ އެހެން ދާއިރާތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަނުމަކީ އެ ކުންފުނިތަކުގެ މައިގަނޑު މަސައްކަތާމެދު ފޯކަސް ގެއްލި، އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށެވެ.

"އެހެންވީމާ ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ހަމަގައިމު ވެސް އަޅުގަނޑު ތަރުހީބުދޭ ކަމެއް ވެސް ނޫން، އަޅުގަނޑު ބާރު އަޅާ ކަމެއް ވެސް ނޫން، ސަރުކާރުގެ ސިޔާސަތެއް ވެސް ނެތް އެ މީހުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތެރެއަށް ވެއްދުމަކަށް،" އަސްލަމް ވިދާޅުވި އެވެ.

މައްސަލައިގެ ފެށުން

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަފީފްގެ ސުވާލު މައިގަނޑު ގޮތެއްގައި އިޝާރާތް ކުރެއްވީ ފައިދާ އިތުރުކުރުމުގެ ގޮތުން ޔޫޓިލިޓީ ވިޔަފާރީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ދާދި ފަހުން ވިދާޅުވި ވާހަކައަށެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ސްޓެލްކޯގެ އާޓިކަލްސް އޮފް އެސޯސިއޭޝަނަށް ބަދަލުތަކެއް ގެނެސް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަރީފް ހާމަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ބޯޑުން ނިންމައިފިން ރިއަލް އެސްޓޭޓް ބިޒްނަސްއަށް ވަދެވޭ ގޮތަށް، އަދި އެހެނިހެން ވިޔަފާރިތަކަށް ވެސް ވަދެވޭ ގޮތަށް،" ޝަރީފް ވިދާޅުވި އެވެ.

މިވަގުތު ސްޓެލްކޯއަށް އާމްދަނީ ލިބެމުންދަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީގެން ރައްޔިތުންގެ އަތުން ނަގަމުންދާ ޓެރިފުންނެވެ. އެގޮތަށް ހޯދާ އާމްދަނީއަކީ 'އަންރިލައިބަލް' އެއްޗެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވި އެވެ.

"ކުންފުނީގެ ފައިދާ ޖެއްސުމަށްޓަކައި އަޅުގަނޑުމެން އެހެން ބިޒްނަސްތަކަށް ޑައިވާސިފައި ކުރަމުން މިދަނީ،" ބޯޑުގެ ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޝަރީފް "އަދަދު" އަށް ވިދާޅުވި އެވެ.

ވަރަށް އަވަހަށް ރިއަލް އެސްޓޭޓް މާކެޓަށް ވަދެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭގެ އިތުރުން ފެން އުފެއްދުމުގެ މާކެޓަށް ވަނުމުގެ ވިސްނުންތަކެއް ވެސް ސްޓެލްކޯއިން ގެންގުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox