އެމްބާޕޭ ރެއާލާ ގުޅެން އޮތީ ނިންމާފައި: ރިޕޯޓް

May 17, 2022, 2:56 AM
އެމްބާޕޭ ރެއާލާ ގުޅެން އޮތީ ނިންމާފައި: ރިޕޯޓް

ޕެރިސް (މެއި 17) - ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަންނަ ސީޒަނުގައި ފެންނާނީ ރެއާލް މެޑްރިޑުން ކަމަށް ސްޕެއިނާއި އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ފްރެންޗް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ވަނަ ފަހަރަށް ހޯދި އެމްބާޕޭ، 23، ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ޕީއެސްޖީން އެމްބާޕޭ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ކުރި ހުރިހާ މަސައްކަތެއް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ސްޕެއިނާއި އިނގިރޭސި މީޑިއާތަކުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމްބާޕޭ ވަނީ މިދިޔަ އޭޕްރީލް މަހު ރެއާލާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. އެކަމަކު، ފްރާންސްގެ ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމައި އަންނަ ސީޒަނުގައި ކުޅޭނެ ވަކި ކްލަބެއް އަދި ނުނިންމާ ކަމަށެވެ.

Advertisement

ފްރާންސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ މުސްތަގުބަލާ މެދު ނިންމި ގޮތެއް އިއުލާނުކުރާނީ ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅޭ ފަހު މެޗަށް ފަހު އެވެ. އެއީ އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި މެޓްޒާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް ފަހު އެވެ.

އެމްބާޕޭ މަޑުކުރުވަން ޕީއެސްޖީން މިހާރު ވަނީ އާ ކޮންޓްރެކްޓަކާ އެކު ބޮޑު ބޯނަހެއް ދޭން ނިންމައިފަ އެވެ. އެ ގޮތުން އެ ބޯނަހުގެ ޖުމްލަ ޕެކޭޖްގެ އަގު 195 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީން އެމްބާޕޭ މަޑުކުރުވަން ކުރާ މަސައްކަތުގައި އެ ޓީމުގެ ކޯޗަކަށް ޒިނެދިން ޒިދާން ގެނެވޭތޯ ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު، ޒިދާން ހުރީ މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސް ގައުމީ ޓީމާ ހަވާލުވުމުގެ އުންމީދުގައި ކަމަށް އޭނާގެ ގާތް ފަރާތްތަކާ ހަވާލާދީ ފްރާންސް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ފްރެންޗް ލީގުގައި މި ސީޒަނުގައި 25 ގޯލު ޖެހި އެމްބާޕޭގެ މުޅި ސީޒަންގެ ޖުމްލަ އަދަދަކީ 36 އެވެ. މިއީ އެމްބާޕޭގެ ކެރިއަރުގައި ގޯލު ޖެހުމަށް ބަލާއިރު، ރަނގަޅު ސީޒަނަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox