ފިންލޭންޑާއި ސްވިޑަންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ތުރުކީ އެއްބަހެއް ނުވާނެ: އުރުދުގާން

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: ރޮއިޓާޒް

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: ރޮއިޓާޒް

އިސްތަންބޫލް، ތުރުކީ (މޭ 16) - ފިންލޭންޑާއި ސްވިޑަންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ތުރުކީއިން އެއްބަސް ނުވާނެ ކަމަށް އެ ގައުމުގެ ރައީސް ތައްޔިބް އުރުދުގާން ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

"ތުރުކީއަށް ދަތިކޮށް، ފިޔަވަޅު އަޅާ ގައުމުތަކުން ސަލާމަތާ ގުޅޭ ޖަމިއްޔާ ނޭޓޯއާ ގުޅުމަށް އަޅުގަނޑުމެންގެ އާނ ބަހެއް ނުލިބޭނެ،" އުރުދުގާން ވިދާޅުވި އެވެ.

ތުރުކީގެ ހިތްހަމަނުޖެހުންތަކާ ގުޅޭ މަޝްވަރާ ކުރުމަށް ސްވިޑަން އާއި ފިންލޭންޑް ސަރުކާރުގެ އޮފިޝަލުން ވަރަށް އަވަހަށް ތުރުކީއަށް ދަތުރު ކުރައްވާނެ ކަމަށް ސްވިޑަންގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ނަމަވެސް އުރުދުގާން ވިދާޅުވީ އެ ދެ ގައުމުގެ ޑިޕްލޮމެޓުން ތުރުކީއަށް ދަތުރު ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ތުރުކީގެ ވިސްނުން މިކަމުގައި ބަދަލު ނުކުރެވޭނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ފިންލޭންޑާއި ސްވިޑަންގެ ސަރުކާރުން ރަސްމީކޮށް ބުނީ ނޭޓޯގެ މެމްބަރު ކަމަށް އެދި ހުށަހަޅާނެ ކަމަށެވެ. މީގެ ކުރިން މި ދެ ގައުމަކީ އަސްކަރީ ގޮތުން ވަކި އަތަކަށް ނުޖެހޭ ދެ ގައުމެވެ.

ނަމަވެސް ޔޫރަޕްގެ އެންމެ އުތުރުގައި އޮންނަ ދެ ގައުމުގެ ޒަމާންވީ ވިސްނުން ބަދަލުވީ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުންނެވެ.

ތުރުކީގައި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތައް ހިންގާ އިރު، ތުރުކީ ސަރުކާރުން ތުހުމަތު ކުރަނީ ފިންލޭންޑާއި ސްވިޑަންއިން ކުރުދީންނަށް އެއްބާރުލުންދޭ ކަމަށެވެ.

އާދީއްތަ ދުވަހު ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ ވެސް ވިދާޅުވީ "ޓެރަރިޒަމަށް ތާއީދު ކުރާ ގައުމުތަކުން ނޭޓޯގައި ހިމެނިގެން ނުވާނެ" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox