އުތުރު ކޮރެއާގައި ކޮވިޑް ފެތުރޭތީ ބޭސް ސަޕްލައި ކުރަން ސިފައިން ނެރެފި

އުތުރު ކޮރެއާގެ ފިހާރައެއްގެ ތެރޭގައި ޑިސްއިންފެކްޓަންޓް ސްޕްރޭ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އުތުރު ކޮރެއާގެ ފިހާރައެއްގެ ތެރޭގައި ޑިސްއިންފެކްޓަންޓް ސްޕްރޭ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސޯލް، ދެކުނު ކޮރެއާ (މޭ 16) - ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ އުތުރު ކޮރެއާގައި ބޭސް ސަޕްލައި ކުރުމުގައި ދިމާވަމުންދާ މައްސަލަތައް ހައްލު ކުރަން ސިފައިން ނެރެފި އެވެ.

ދައުލަތުގެ މީޑިއާ ކޭސީއެންއޭއިން ބުނީ ސިފައިން ކޮމިޝަނުން ވަގުތުން ފިޔަވަޅު އަޅައި، ޕިޔޯންގްޔޭންގް ސިޓީގެ ބޭސް ސަޕްލައި އެއް ވަރެއްގައި ހިފެހެއްޓުމަށް ލީޑަރު ކިމް ޖޮންގް އުން އަމުރު ކުރެއްވި ކަމަށެވެ.

ކިމް ކުރިން ވިދާޅުވީ ބަލި ފެތުރެމުން ދާތީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމަށެވެ. އުތުރު ކޮރެއާއަކީ އެންމެ ގޯސް ސިއްހީ ނިޒާމު އޮންނަ އެއް ގައުމެވެ.

އެ ގައުމުގައި އެއްވެސް ކޮވިޑް ވެކްސިނެއް، ބޭހެއް ވެސް އަދި އެއް ފަހަރާ ގިނަ ބަޔަކު ޓެސްޓު ކުރެވޭނެ ކެޕޭސިޓީއެއް ވެސް ނެތެވެ.

އާދީއްތަ ދުވަހު އޮތް ޕޮލިޓްބިޔުރޯގެ ކުއްލި ބައްދަލުވުމުގައި ކިމް ވިދާޅުވީ އޯޑަރުތައް ރަނގަޅަށް ޕްރޮސެސް ކުރަމުން ނުދާތީ ބޭށް ފިހާރަތަކުގެ ސްޓޮކް ހުސްވަމުންދާ ކަމަށެވެ.

އުތުރު ކޮރެއާގައި ކޮވިޑް ފެތުރޭކަން ރަސްމީކޮށް އިއުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދައުލަތުގެ މީޑިއާއިން ބުނީ 50 މީހުން މަރުވެފައިވާ އިރު، 1،213،550 މީހުން ހުން އައިސްފައިވާ ކަމަށާއި 564،860 މީހުންނަށް ފަރުވާދެމުންދާ ކަމަށެވެ.

ކޮވިޑް ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމުން، އުތުރު ކޮރެއާއިން ވަރަށް ހަރުކަށިކޮށް ބޯޑަރު ބަންދު ކުރި އެވެ. ތަޖުރިބާކާރުން ބުނީ އަވައްޓެރި ގައުމުތަކުގައި ބަލި ފެތުރޭ ނަމަ، ބޯޑަރު ބަންދު ކުރިޔަސް އުތުރު ކޮރެއާއާ ހަމައަށް ބަލި ފޯރާނެ ކަމަށެވެ.

ކިމް ވިދާޅުވެފައި ވަނީ އެ ގައުމުން އަމަލު ކުރާނީ ޗައިނާގެ މެނޭޖްމަންޓް ސްޓްރެޓެޖީ ބަލައި، އޭގެން ލިބޭ ފިލާވަޅުތަކުގެ އަލީގައި ކަމަށެވެ.

ޗައިނާގައި ގެންގުޅެނީ ޒީރޯ ކޮވިޑްގެ ސިޔާސަތެކެވެ. ބައެއް ބޮޑެތި ސިޓީތައް ލޮކްޑައުންކޮށްފައިވާ އިރު، އެއީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.

ޗައިނާ އާއި ޑަބްލިއުއެޗްއޯގެ ކޯވެކްސް ސްކީމުން ކޮވިޑް ވެކްސިން ހަދިޔާ ކުރަން އުޅުމުން، އުތުރު ކޮރެއާއިން ކުރިން ބުނީ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ބަލި ފެތުރޭކަން އިއުލާނު ކުރުމާ އެކު، ޗައިނާ އާއި ދެކުނު ކޮރެއާއިން ވަނީ ވެކްސިން ހަދިޔާ ކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox