އުތުރު ކޮރެއާއިން ކޮވިޑް ފެނުނުތާ ތިން ދުވަސް ތެރޭ 42 މަރު

މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް ފެނުނުކަން ރަސްމީކޮށް އިއުލާނު ކުރި އިރު، ލީޑަރު ކިމް ޖޮންގް އުން ހުންނެވީ ފުރަތަމަ ފަހަރަށް މާސްކު އަޅުއްވައިގެން. -- ފޮޓޯ: އޭއެފްޕީ

މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް ފެނުނުކަން ރަސްމީކޮށް އިއުލާނު ކުރި އިރު، ލީޑަރު ކިމް ޖޮންގް އުން ހުންނެވީ ފުރަތަމަ ފަހަރަށް މާސްކު އަޅުއްވައިގެން. -- ފޮޓޯ: އޭއެފްޕީ

ސޯލް، ދެކުނު ކޮރެއާ (މޭ 15) - އުތުރު ކޮރެއާގައި ކޮވިޑް ފެތުރެމުންދާކަން ރަސްމީކޮށް އިއުލާނު ކުރިތާ ތިން ދުވަސް ތެރޭގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 42 އަށް އަރައިފި އެވެ.

އެ ގައުމުގެ އާދީއްތަ ދުވަހު ބުނީ "ހުން އައިސްގެން" އިތުރު 15 މީހުން މަރުވެފައިވާ ކަމަށެވެ. މިހާރު އުތުރު ކޮރެއާގެ އެކި ހިސާބުތައް ވަނީ އެއްކޮށް ލޮކްޑައުންކޮށްފަ އެވެ.

ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ ބަލި ފެތުރެމުން ދާތީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމަށެވެ. އުތުރު ކޮރެއާއަކީ އެންމެ ގޯސް ސިއްހީ ނިޒާމު އޮންނަ އެއް ގައުމެވެ.

އެ ގައުމުގައި އެއްވެސް ކޮވިޑް ވެކްސިނެއް، ބޭހެއް ވެސް އަދި ޓެސްޓު ކުރެވޭނެ ކެޕޭސިޓީއެއް ވެސް ނެތެވެ.

ކޮވިޑް ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމުން، އުތުރު ކޮރެއާއިން ވަރަށް ހަރުކަށިކޮށް ބޯޑަރު ބަންދު ކުރި އެވެ. ތަޖުރިބާކާރުން ބުނީ އަވައްޓެރި ގައުމުތަކުގައި ބަލި ފެތުރޭ ނަމަ، ބޯޑަރު ބަންދު ކުރިޔަސް އުތުރު ކޮރެއާއާ ހަމައަށް ބަލި ފޯރާނެ ކަމަށެވެ.

ދައުލަތުގެ މީޑިއާ ކޭސީއެންއޭއިން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ޖުމްލަ 42 މީހުން މަރުވެފައިވާ އިރު، ޖުމްލަ 820،620 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 324،550 މީހުންނަށް ދަނީ ފަރުވާ ކުރަމުންނެވެ.

ކިމް ވިދާޅުވެފައި ވަނީ އެ ގައުމުން އަމަލު ކުރާނީ ޗައިނާގެ މެނޭޖްމަންޓް ސްޓްރެޓެޖީ ބަލައި، އޭގެން ލިބޭ ފިލާވަޅުތަކުގެ އަލީގައި ކަމަށެވެ.

ޗައިނާގައި ގެންގުޅެނީ ޒީރޯ ކޮވިޑްގެ ސިޔާސަތެކެވެ. ބައެއް ބޮޑެތި ސިޓީތައް ލޮކްޑައުންކޮށްފައިވާ އިރު، އެއީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.

ޗައިނާ އާއި ޑަބްލިއުއެޗްއޯގެ ކޯވެކްސް ސްކީމުން ކޮވިޑް ވެކްސިން ހަދިޔާ ކުރަން އުޅުމުން، އުތުރު ކޮރެއާއިން ކުރިން ބުނީ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ބަލި ފެތުރޭކަން އިއުލާނު ކުރުމާ އެކު، ޗައިނާ އާއި ދެކުނު ކޮރެއާއިން ވަނީ ވެކްސިން ހަދިޔާ ކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox