އެމެރިކާގެ ފިހާރައެއްގައި ބަޑި ޖަހައި 10 މީހުން މަރާލައިފި

ހަމަލާ ދިން ފިހާރައިގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

ހަމަލާ ދިން ފިހާރައިގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ބަފަލޯ ސިޓީގައި ކަޅު ނަސްލުގެ މީހުން ދިރިއުޅޭ ނެއިބާހުޑެއްގެ ފިހާރައެއްގެ ތެރޭގައި ބަޑި ޖަހައި 10 މީހުން މަރާލައިފި އެވެ.

ހަމަލާ ދިނީ އުމުރުން 18 އަހަރުގެ ދޮން ނަސްލުގެ ފިރިހެނެކެވެ. ކަމާ ބެހޭ އިދާރާތަކުން ބުނީ މިއީ "ނަސްލީ ގޮތުން ދިން އަނިޔާވެރި ހަމަލާއެއް" ކަމަށެވެ.

ހޮނިހިރު ދުވަހު ޓޮޕްސް ފްރެންޑްލީ މާކެޓުގައި ދިން ހަމަލާގައި އިތުރު ތިން މީހުންނަށް އަނިޔާވި އެވެ.

ހަމަލާ ދިން މީހާ ހުރީ ބޮޑީ އާމާ އަޅައިގެން، ރައިފަލް ބަޑި ހިފައިގެންނެވެ. ހަމަލާ ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރު ކުރި އެވެ.

އޮފިޝަލުން ބުނީ ބަފަލޯ ސިޓީގެ ފިހާރައަށް އޭނާ ދިޔައީ ނިއު ޔޯކް ސްޓޭޓުގެ ކައުންޓީއެއްގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެ، ކާރެއްގައި ކަމަށެވެ. އޭނާ ވަނީ ހަމަލާ ވަގުތުން އިންޓަނެޓު މެދުވެރިކޮށް ބްރޯޑްކާސްޓްކޮށްފަ އެވެ.

ފުލުހުން ބުނީ ހަމަލާގައި މަރުވީ ނުވަ ކަސްޓަމަރުންނާއި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ކުރީގެ ފުލުހަކު ކަމަށެވެ.

ސެކިއުރިޓީ ގާޑު ވަނީ ހަމަލާ ހުއްޓުވުމަށް ބަޑި ވެސް ޖަހާފަ އެވެ. ނަމަވެސް ހަމަލާ ދިން މީހާ ވަނީ ގާޑުގެ ގަޔަށް ބަޑި ޖަހައި މަރާލާފަ އެވެ.

ފުލުހުން އައުމުން އޭނާ މަސައްކަތް ކުރީ ކަރުގައި ބަޑި ޖައްސައި އަމިއްލައަށް މަރުވާށެވެ. އެކަމަކު ފުލުހުން ވާހަކަ ދެއްކުމުން އޭނާ ވަނީ ބަޑި ބިންމަތީގައި ބާއްވައި، އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

ހަމަލާ ދިން މީހާއަކީ ނިއު ޔޯކްގެ ކޮންކްލިން ކައުންޓީއަށް ނިސްބަތްވާ ޕެއިޓަން ގެންޑްރޮން ނަމަކަށް ކިޔާ މީހެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ވެސް އެމެރިކާގެ ފިހާރައެއްގައި ބަޑި ޖަހައި ބަޔަކު މަރާލި އެވެ. އެ ފަހަރު ކޮލޮރާޑޯގެ ބޯލްޑާ ސިޓީގެ ކިންގް ސޫޕާޒް ފިހާރައިގައި ދިން ހަމަލާގައި 10 މީހުން މަރުވި އެވެ.

ވިހިވިހި ވަނަ އަހަރު ބަޑީގެ ހަމަލާތަކުގައި އެމެރިކާއިން 19،350 މީހުން މަރުވި އެވެ. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު، 35 ޕަސެންޓް އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox