ވަދާއީ މެޗުގައި ހާލަންޑް ގޯލު ޖަހައިފި

May 14, 2022, 4:36 PM
ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (މެއި 14) - ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެދިން ވަދާއީ މެޗުގައި ޖެހި ގޯލާ އެކު 2-1 އިން ޑޯޓްމަންޑުން ހާތާ ބާލިން ބަލިކޮށްފި އެވެ.

ހާލަންޑް، 21، މި ސީޒަނަށް ފަހު އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަށް 65 މިލިއަން ޑޮލަރުގެ ފީ އަކަށް ބަދަލުވާން ނިންމާފައިވާކަން ދާދި ފަހުން ވަނީ އިއުލާނުކޮށްފަ އެވެ. މިރޭ ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ޑޯޓްމަންޑްގެ ދަަނޑު، ސިގްނަލް އިޑޫނާ ޕާކުގެ މަޝްހޫރު "ޔެލޯ ވޯލް"ގައި ތިބި ސަޕޯޓަރުން ވަނީ ހާލަންޑް ކްލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.

މެޗުގެ 18 ވަނަ މިނިޓްގައި ހާތާ ބާލިން އަށް ލީޑުނަގައިދިިނީ އިޝާކް ބެލްޑޮފިލް އެވެ. މިއީ ޕެނަލްޓީ އަކުން އޭނާ ޖެހި ގޯލެކެވެ. މެޗުގެ 68 ވަނަ މިނިޓްގައި ޑޯޓްމަންޑަށް އެއްވަރުކޮށްދިނީ ހާލަންޑް ވައްދާލި ޕެނަލްޓީންނެވެ. އަދި މެޗުގެ 84 ވަނަ މިނިޓްގައި ޑޯޓްމަންޑް މޮޅުކޮށްދިން ގޯލު ޖެހީ ޔޫސެފާ މޫކޯކޯ އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑޯޓްމަންޑްގައި މަޑުކުރަން ނިންމި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ.

ހާލަންޑް ވަނީ މި ސީޒަނުގައި 30 މެޗުން 29 ގޯލު ޖަހައިފަ އެވެ. ޑޯޓްމަންޑް ޖޯޒީގައި އޭނާގެ ޖުމްލަ ގޯލު ރެކޯޑަށް ބަލާއިރު، 89 މެޗުން 86 ގޯލު ޖަހައި، 23 ގޯލު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޑޯޓްމަންޑް ލީގު ނިންމާލީ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބަޔާން މިއުނިކުން ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ބަޔާނަށް 34 މެޗުން 77 ޕޮއިންޓް ލިބުނުއިރު، ޑޯޓްމަންޑްގެ އޮތީ 34 މެޗުން 69 ޕޮއިންޓެވެ.

ލަނޑު ޖެހުމަށް ފަހު ބަޔާންގެ ލެވަންޑޯސްކީ އުފާފާޅުކުރަނީ: ކްލަބް ބަދަލުކުރަން ލެވަންޑޯސްކީ ވެސް ބޭނުންވޭ.

ލެވަންޑޯސްކީ ބަޔާން ޖޯޒީގައި ކުޅުނު ފަހު މެޗު؟

ލީގުގެ ފަހު މެޗުގައި ބަޔާން މިރޭ ވަނީ ރަށުންބޭރުގައި ވުލްފްސްބާގާ 2-2 އިން އެއްވަރުވެފަ އެވެ. މެޗުގެ 40 މިނިޓް ތެރޭ ޖޯސިފް ސްޓަނިސިޗާއި ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުތަކުން ބަޔާން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ވުލްފްސްބާގުން އެއްވަރުކުރީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ޖޮނަސް ވިންޑް އާއި މެކްސް ކްރޫސާ އެވެ.

މި ސީޒަނުގައި ބަޔާނަށް ޖުމްލަ 50 ގޯލު ޖަހައިދިން ލެވަންޑޯސްކީ އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބަޔާނުން ލެވަންޑޯސްކީ އަށް ދިން އާ ކޮންޓްރެކްޓްގައި ސޮއިނުކުރާނެކަން އޭނާ ވަނީ ކްލަބަށް އަންގައިފަ އެވެ. އެކަން ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަަސަން ސަލިހަމްދްޒިޗް ވަނީ މިރޭގެ މެޗުގެ ކުރިން މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ.

ސަލިހަމްދްޒިޗް ބުނީ ބަޔާނުން އަދިވެސް ނިންމައިގެން ހުރީ ލެވަންޑޯސްކީ ކޮންޓްރެކްޓް އާ ކުރުވުމަށް ކަމަށާއި އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 373 މެޗުން 343 ގޯލު ޖަހައިފަ އެވެ. ބަޔާނާ އެކު 19 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޖަރުމަނު ލީގު އަށް ފަހަރު ހިމެނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލެވަންޑޯސްކީ ބޭނުންވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ބާސެލޯނާ އަށް ބަދަލުވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox