އަލީފާ: ނަމޫނާ ދައްކަމުން އަންނަ ޓޭބަލްޓެނިހުގެ ހިދުމަތްތެރިއެއް

އަލީފާ: ނަމޫނާ ދައްކަމުން އަންނަ ޓޭބަލްޓެނިހުގެ ހިދުމަތްތެރިއެއް

ދާދި ފަހުން ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022 އަކީ ގިނަ ގޮތްގަތަކުން ހާއްސަ މުބާރާތެކެވެ. މިހާތަނަށް ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއްގައި ނުފެންނަ އެތައް މަންޒަރަކާއި، ފޯރިއެއް މި މުބާރާތުން ފެނުނެވެ. މުބާރާތުގެ ތައްޔާރީތަކާއި، ޕްރޮމޯޝަންތަކާއި، ކުރެވުނު ހޭދަ އަށް ބަލާއިރުވެސް މި މުބާރާތް ތަފާތެވެ. މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ހިތްވަރާއި، ސަޕޯޓަރުން ދެއްކި ޖޯޝާއި، މެޗުތަކުގެ އޮފިޝަލުން ވެސް ފެނުނީ ތަފާތު ހުނަރުވެރިކަމެއް ދެއްކި ތަނެވެ.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް މުބާރާތް ކަވަރުކުރިއިރު، އަޅުގަނޑުގެ ލޮލުގައި އަޅައިގަތް އެންމެ ހާއްސަ އެއް ކަމަކީ ރާއްޖޭގައި ހުރި ހަމައެކަނި އިންޓަނޭޝަނަލް އަންހެން އަމްޕަޔަރު، އައިޝަތު އަލީފާ ވިސްނުންތެރިކަމާ އެކު ކެރިގެން އުފުލި ޒިންމާ އެވެ.

އަލީފާ، 49،ގެ ވާހަކަ ފަށަން ޖެހެނީ އަމްޕަޔަރުކަން ކުރުމާއި ހިސާބުންނެއް ނޫނެވެ. އޭނާ އަކީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ވާދަކުރި ޓޭބަލް ޓެނިސް އަންހެން ޓީމުގެ ކުޅުންތެރިއެކެވެ. އޭގެ ކުރިއަށް ޖެހިލާނަމަ އޭނާގެ އެންމެ ކުޑައިރުގެ ހަނދާންތައް ވެސް ގުޅިފައިވަނީ ކުޅިވަރާ އެވެ.

އަލީފާ ޓީޓީ ކުޅެނީ: އޭނާ އަކީ ކުރިން މޮޅަށް ޓީޓީ ކުޅުނު ކުޅުންތެރިއެއް.

ރާއްޖޭގެ އެންމެ ބޮޑު ތާރީހެއް އޮތް އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ބާނީ އަކީ އަލީފާގެ ބައްޕަ މައިނާ އިބްރާހިމް ރަޝީދެވެ. ވިކްޓްރީ އުފެދުނީއް ސުރެ ކުލަބު ހިންގެވުމުގައި 2005 އާއި ހަމައަށް އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. އަލީފާ ފާހަގަކުރާ ގޮތުގައި ބައްޕަ އަކީ ކުޅިވަރަށް "މަރުދޭ" މީހެކެވެ. އެހާ ވެސް ކުޅިވަރާ އޭނާގެ ގުޅުން ބޮޑެވެ.

ޓީޓީގެ ތެރެއަށް އަލީފާ އައުމުގެ އެންމެ ބޮޑު ހިއްސާ އޮތީ އޭނާގެ ބޮޑުބޭބެ އާއެވެ. މަރުހޫމް "ދުންތަރި" އިބްރާހިމް މަނިކާ އެވެ. މަރުހޫމް ދުންތަރި މަނިކަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިއެކެވެ. އެ އާއިލާއިން ކޮންމެ ރޯދަމަހަކު އޭނާގެ ހަނދާނުގައި "ދުންތަރި އިބްރާހިމް މަނިކު މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް" އަންނަނީ ބާއްވަމުންނެވެ. މިހާތަނަށް 11 މުބާރާތް ވަނީ ބާއްވައިފަ އެވެ.

އަލީފާގެ ދެ ކޮއްކޮ ކަމަށްވާ މުހައްމަދު މާޒިން އާއި އަހުމަދު ޝާޒިލް އަކީވެސް ޓީޓީ އާއިލާ ތެރޭގައި މުހިންމު ދެ ނަމެވެ. މާޒިން ވަނީ ކުރިން ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ގައުމީ ޓީމާ ހަމައަށް ނުދިޔަ ކަމުގައިވިޔަސް، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ހިންގުމުގައި ޝާޒިލް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

"އެންމެ ކުޑައިރު ވެސް ހަނދާން ހުރޭ ގޭގައި ޓީޓީ ބޯޑު ބަހައްޓައިގެން އަބަދުވެސް ކުޅޭނެ. އެންމެންނަށް ވެސް ޓީޓި ވަރަށް ޚާއްސަ ވާނެ" އަލީފާގެ ހަނދާންތައް ކިޔައިދިނީ ހިތްހަަމަޖެހިފައި ހުރެ އެވެ.

1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފޮޓޯއެއް.

މި ފަހަރުގެ ސަރަހައްދީ ޖޫނިއާ މުބާރާތުގެ މެޗުތަކަށް އިންސާފު ކުރުމުގައި އެންމެ މުހިންމު އެއް ނަމަކަށް އަލީފާ ވަނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. ބައިނަލް އަގުވާމީ މުބާރާތަކަށް މުޅިން އަލަށް ނުކުތް ޒުވާން އަމްޕަޔަރުން ގޮވައިގެން، ކަންކަން ކިޔައިދިނުމުގައި އަމިއްލަ އަށް އިސްނަގައިގެން އޭނާ އުޅުނެވެ. އޭނާ ނިސްބަތްވާ ދާއިރާ އިން މީހުން ބިނާކުރުމުގެ ޝައުގުވެރިކަން ވެސް ހުރިކަން މި ކަމުން ސާބިތުވި އެވެ.

ބިދޭސީ އަމްޕަޔަރުންނާ ގުޅިގެން ރާއްޖޭގައި މި ނިމުނު ޖޫނިއާ މުބާރާތް ކާމިޔާބުކަމާ އެކު މެޗުތައް ބޭނުންވާ ގަޑިއަށް ފެށުމުގައި އޮފިޝަލް މޭޒުގެ އިރުޝާދާއި އެއްގޮތަށް "ކޯޑިނޭޓް" ކުރުމުގައި އަލީފާ ހުރީ ކުރީ ސަފުގަ އެވެ.

މީގެ ކުރިން ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި އަމްޕަޔަރުކަންކުރި އަލީފާ މި ކަމުގައި އުޅޭތާ މިވީ 10 އަހަރެވެ. ލަންކާގައި 2016 ވަނަ އަހަރު އޮތް ސަރަހައްދީ ޖޫނިއާ މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތަކަށް ނުކުތް އަލީފާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަމްޕަޔަރެއްގެ ގޮތުގައިވިޔަސް ޓީޓީ އަށް ހިދުމަތްކޮށްދިނުމުގެ ފުރުސަތު އޭނާ އަށް ލިބިފައި އޮތުމެވެ.

މި ފަހަރުގެ ޖޫނިއާ ޓީޓީ މުބާރާތުގެ މެޗެއްގެ ތެރެއިން އަލީފާ ސްކޯ އަޅުވަނީ.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މި ފަހަރުގެ މުބާރާތަކީ އަލީފާގެ އަމްޕަޔަރިން ކެރިއަރުގައި އެންމެ ހާއްސަ މުބާރާތެވެ.

"އަސްލު ރާއްޖޭގައި ބާއްވާތީ ވަރަށް އެކްސައިޓްވެފައި ހުރީ. އަނެއްހެން ޖެހިލުމެއް ނުވޭ ސަޕޯޓަރުންގެ ކުރިމަތީގައި މެޗަކަށް އަރާކަށް. ބުރަވިޔަސް ވަރަށް ސަޅި އުފާވެރި ތިން ދުވަސް މުބާރާތުގެ ތެރޭގައި އެދިޔައީ" މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ޓީމާ އެކުު ބައިނަލްއަގްވާމީ މުހިންމު މުބާރާތްތަކަށް ގޮސްފައިވާ އަލީފާ ބުންޏެވެ.

"ދީމާ ކުޅުނު ފައިނަލް މެޗުގައި ކުޑަކޮށް ހާސްވި. އެ މެޗުގައި އިނީ ސްކޯގައި. އެކަމަކު ދުވަހަކު ވެސް ރާއްޖޭގެ ކުޅުންތެރިއެއް އެއް ކޮޅުން ފައިނަލެއް ކުޅުނު މެޗަކަށް ނާރާތީ، ކުޑަކޮށް އާވި. އަނެއްކޮޅުން ޚާއްސަ މެޗެއް ވީމަ ވަރަށް ބޮޑަށް ހިތްތެޅުނު އެ ގަޑީގައި" ކެޑޭޓް ބައިގެ ފައިނަލުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އިންޑިއާގެ ޖެނިފާ ވާދަކުރި ފައިނަލް މެޗު ސިފަކުރަމުން އަލީފާ ބުންޏެވެ.

އަލީފާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ސާފް ގޭމްސް، ކޮމަންވެލްތު ގޭމްސް، އޭޝިއަން ގޭމްސް އަދި ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް ގައުމީ ޓީމަށް ކުޅެ ރާއްޖެ ތަމްސީލުކޮށްފަ އެވެ. ޓީޓީ ކެރިއަރު ނިންމާލީ 2004 ވަނަ އަހަރު އެވެ.

ކުޅުން ހުއްޓާލުމަށް ފަހު އަލީފާ ވަނީ ކޯޗެއްގެ ގޮތުގައި ވެސް ޒުވާން ކުޅުންތެރިން ތަމްރީންކޮށްފަ އެވެ. ޖޫނިއާ މުބާރާތުގައި މި އަހަރު ކުޅުނު ޓީމުގައި އަލީފާގެ އިރުޝާދުގެ ދަށުން ކުޅުން ފެށި ދެ ކުޅުންތެރިއަކު ހިމެނެ އެވެ.

"ވަރަށް ބޮޑު އުފަލެއް ލިބުނު މިހާ ހިސާބަށް އެކުދިން އައިމަ. މިޝްކާ އާއި އުމޭރު ފުރަތަމަ ރެކެޓުގައި ހިފަން ދަސްކޮށްދިނީ އަޅުގަނޑުމެން. އެ ކުދިންގެ ފެށުން އެއީ އަޅުގަނޑުގެ ކޯޗިން ކެރިއަރުގެ ފެށުމޭ ބުނެވިދާނެ" ހަޔާތުގެ ގިނަ ދުވަސްތަކެއް ޓީޓީ ގައި ހޭދަކުރަމުން އަންނަ އަލީފާ ބުންޏެވެ.

އަލީފާ މެޗެއް ފެށުމުގެ ކުރިން ލައިނުގައި.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

އަލީފާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަމްޕަޔަރަކަށް ވުމުގެ ޝައުގުވެރިކަމާ އެކު ކުރިއަށްދާން ތިބި އަންހެން ކުދިން މަދުވުމުވެ. އޭނާ ގަބޫލުކުރާ ގޮތުގައި އަމްޕަޔަރެއްގެ ގޮތުގައި ކުރިއަށްދާން ވިސްނައިފި ޒުވާން އަންހެން ކުދިންނަށް ހުރި ފުރުސަތުތައް ގިނަ އެވެ. ނަމަވެސް ދިރިއުޅުމުގެ ކަންކަން ކުރަމުން މުބާރާތް އޮންނަ ދުވަހުގެ ހުރިހާ ވަގުތެއް މިކަމުގައި ހޭދަކުރަން ޖެހުމަކީ ފަހަރެއްގައި މި ކަމުގައި އަންހެން ކުދިން ފެންނަ މަންޒަރު މަދުވާ ސަބަބަކަށް ވެދާނެކަން ވެސް އަލީފާ ގަބޫލުކުރެ އެވެ.

"މި ފަހަރު މުބާރާތް އޮތް ތިން ދުވަހުގެ ވެސް ނުވައެއް ޖެހުމުގެ ކުރިން ދާ ގޮތަށް ގެ އަށް މި އާދެވެނީ 11 ނޫނީ 12 ޖަހާއިރު، އެހާ ގިނަ ވަގުތު އުޅުމަކީ ފަސޭހަކަމެއް ނޫން، ފަހަރުގައި ވެދާނެ އެއީ ކަމަށް ރީޒަން އަކީ." މުބާރާތުގައި 35 މެޗަށް އިންސާފުކުރި އަލީފާ ބުންޏެވެ.

"އެކަމަކު މިފަހަރުގެ މުބާރާތުގައި ފެނުނު އާ އަމްޕަޔަރުން ވަރަށް ރަނގަޅު. އެ ކުދިން ވަރަށް އަވަހަށް މިކަން ނަގައިގަނޭ. އަނެއްކޮޅުން ވަރަށް ބޮޑަށް ދަސްކުރަން ވެސް އުޅޭ. އެބަހުރި ކުއަލިޓީވެސް އެ ކުދިންގެ ކިބައިގައި. ހުއްޓައި ނުލައި ކުރިއަށް ގޮއްސިއްޔާ އެ ކުދިން ވަރަށް ބޮޑަށް ކުރިއަށްދާނެ" އަލީފާ ބުންޏެވެ.

އަލީފާގެ ވިސްނުންހުރީ މި ދާއިރާ އަށް ޝައުގުވެރިކަން ހުރި ކުދިންނަށް އޭނާގެ ތަޖުރިބާ ހިއްސާކޮށް އާ ޖީލެއް މި ކަމުގައި ބިނާކުރާށެވެ. ކޮންމެ ވެސް ގޮތަކުން އަބަދު ވެސް ޓީޓީ އަށް ޚިދުމަތްކުރަން އޭނާ ބޭނުމެވެ.

ޓީޓީ މޭޒު ކައިރީގައި ކުރިން ރެކެޓެއް ހިފައިގެން ނުކުމެ އެ ދެއްކި ހުނަރާއި ކެރުން މިހާރު އަލީފާ އެ ދައްކަނީ ގޮނޑީގައި އިނދެ މެޗުތަކަށް އިންސާފު ކުރަމުންނެވެ. ކޮންމެ ކުޅިވަރަކަށް ވެސް ބޭނުންވަނީ އަލީފާ ކަހަލަ ޚިދުމަތްތެރިއެކެވެ. އެ ކަހަލަ ކެރުންތެރި މީހުންނެވެ. ވަރުބަލިކަމެއް ނެތި އެންމެންނާ އެކު ތަޖުރިބާ ހިއްސާކޮށް ކުޅިވަރު އޭގެ އަސްލު މާނައިގައި ކުރިއަށްގެންދެވޭނީ މި ފަދަ ފަރާތްތަކުގެ ފިޔަވަޅު މަތީގައި ކުރިއަށް ގޮސްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox