ރާއްޖެ ޖަލުތަކުގައި ތިބި ޓެރަރިޒަމަށް ތުހުމަތުވާ މީހުންނާ އދ. އިން ބައްދަލު ކުރަނީ

މާފުށީ ޖަލު: ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ގައިދީންނާ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ބައްދަލުކުރަން ވަނީ ނިންމައިފައި--

މާފުށީ ޖަލު: ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ގައިދީންނާ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ބައްދަލުކުރަން ވަނީ ނިންމައިފައި--

ރާއްޖޭގެ ޖަލުތަކުގައި ތިބި، ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނާ ބައްދަލުކޮށް، އިންޓަވިއު ކުރަން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ނިންމައިފި އެވެ.

މި ބައްދަލުވުންތައް ކުރިއަށްދާނީ މި މަހުގެ 15 އިން 24 އަށް އެ ކައުންސިލްގެ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ނީ އައޮލައިން ކުރައްވާ ދަތުރުފުޅުގަ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ބުނީ އެ ކަމަނާގެ މި ދަތުރުފުޅުގައި ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންނާ ބައްދަލުކޮށް، އިންޓަވިއު ކުރާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން ރާއްޖޭގައި ގާއިމްވެފައިވާ ބައިނައިލްއަގްވާމީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާ ވެސް ފިއޮނިއުލާ ނީ ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި ދަރިން، އަނބުރާ ރާއްޖެއަށް ގެނައުމުގެ ކަންކަން ކުރިއަށް ދާ ގޮތާ ގުޅޭ ކަންކަން ވެސް މި ދަތުރުގައި އދ.ގެ ސްޕެޝަލް ރެޕަޓުއާ ބައްލަވާނެ އެވެ.

މި ދަތުރުގައި ފާހަގަވާ ކަންކަމާއި އެ ޖަމިއްޔާގެ ރެކޮމެންޑޭޝަންތައް އެކުލެވޭހެން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ރިޕޯޓެއް އަންނަ އަހަރު އާންމު ކުރާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox