ވާދަވެރި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއެކު ސަންގް ޓީވީން ބޭއްވި ބަހުސް: އިންތިހާބުގެ ވޯޓުލުން ވަނީ ފަށާފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއެކު ސަންގް ޓީވީން ބޭއްވި ބަހުސް: އިންތިހާބުގެ ވޯޓުލުން ވަނީ ފަށާފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލުން ފަށައިފި އެވެ.

ޕާޓީގެ އާ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ އެވެ. މީގެ ތެރޭން ފައްޔާޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު އޮތްއިރު, އިމްތިޔާޒު ނުކުމެ ހުންނެވީ ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ތާއިދާއެކު އެވެ.

މިއަދު ހެނދުނު 9:00 ގައި ބައެއް ފޮށިތަކުގެ ވޯޓުލުން ފަށާފައިވީ ނަމަވެސް, އެމްޑީޕީގެ އިންތިހާބީ ކޮމިޓީން މައުލޫމާތު ދިން ގޮތުގައި, ގިނަ ވޯޓު ފޮށިތަކެއްގެ ވޯޓުލުން އަދި ނުފެށެ އެވެ.

އެމްޑީޕީގެ އިންތިހާބުގައި 90,000 މީހުންނަށް ވޯޓުލެވޭ ކަމަށް އެ ޕާޓީން ބުނެފައިވާއިރު, މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ. ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން މިއަދު އަންހެނުންގެ ގޮފީގެ ރައީސް އާއި ޒުވާނުންގެ ރޫހުގެ ރައީސް ހޮވާނެ އެެވެ.

އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ 282 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މާލޭގެ މެމްބަރުން ވޯޓުލަން ޖުމުލަ 15 ފޮށި ބަހައްޓާފައިވެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ބެހިފައިވާ ގޮތަށް ކޮންމެ ދާއިރާއަކަށް ފޮށްޓެކެވެ. އޭގެ އިތުރުން، މާލޭގައި ދިރިއުޅޭ ރަށްރަށުގެ މެމްބަރުން ވޯޓުލުމަށް، މަޖިލީހުގެ އިންތިހާބީ ކޮންމެ ދާއިރާއަކަށް މާލޭގައި ފޮއްޓެއް ހުރެ އެވެ.

އިންތިހާބު ބޯމަތިވެގެން އައިއިރު, އެމްޑީޕީގެ ދެ ފެކްޝަން ވަރަށް ބޮޑަށް ފާޅުވެގެން ދިޔައިރު, ސިޔާސަތާއި ފަލްސަފީ ގިނަ ހިޔާލު ތަފާތުވުންތަކެއް އެ ދެ ފެކްޝަންގެ ތެރޭން ފެނިގެން ދިޔަ އެވެ. ފައްޔާޒުގެ ޓީމުން "އެމްޑީޕީ ހިންގާލަން" ނަމުގައި ކެމްޕެއިން ކުރިއަށް ގެންދިޔައިރު އެންމެ ބޮޑު އަމާޒަކަށް އޮތީ ރައީސް ސޯލިހަށް 2023 ޔަގީން ކުރުމެވެ.

އެ ޓީމުން ތުހުމަތު ކުރާ ގޮތުގައި, އިމްތިޔާޒު ނުވަތަ ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަނީ ރައީސް ސޯލިހަށް 2023 ގެއްލުވާލައި, 2028 ވަނަ އަހަރު އިދިކޮޅު ލީޑަރެއްގެ ގޮތުން އިންތިހާބުގައި ވާދަކޮށް ނަޝީދު ވެރިކަމަށް ވަޑައިގަތުމެވެ. އެކަމަކު, ފައްޔާޒު ވިދާޅުވަނީ އެ ފުރުސަތު ނުދެއްވާނެ ކަމާއި ސަރުކާރާ ގުޅިގެން އެމްޑީޕީ ގަދައަށް ހިންގާލައި, 2023 ހޯއްދަވާނެ ކަމަށެވެ.

އެއާ އިދިކޮޅަށް އިމްތިޔާޒު ވިދާޅުވަމުން ގެންދަވަނީ, އެމްޑީޕީ އާއި މި ސަރުކާރާ ގުޅުން ކުޑަވުމުގެ ސަބަބުންނާއި އެމްޑީޕީން ވީ ވައުދުތައް ފުއްދަމުން ނުދާތީ 2023 ހޯދަން އުނދަގޫވާނެ ކަމަށެވެ. އިމްތިޔާޒު ވަނީ ފައްޔާޒާއި ސަރުކާރަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ވެސް ކުރައްވާފަ އެވެ. އަދި, އެމްޑީޕީން ނަޝީދު ބޭރުކުރަން އުޅޭ ކަމުގެ ތުހުމަތު ވެސް އޭނާ ކުރައްވަ އެވެ.

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވެސް އެމްޑީޕީގެ ތެރޭ އޮތީ ހިޔާލު ތަފާތުވުމެވެ. އެގޮތުން, ނަޝީދު ބޭނުން ވަނީ ރިޔާސީ އިންތިހާބު ނުބާއްވައި, ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާށެވެ. އެގޮތަށް ނުވެއްޖެނަމަ, ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމަށް ވެސް ނަޝީދު ބޭނުންވެ އެވެ.

ރިޔާސީ އިންތިހާބު ބާއްވާނަމަ, އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. މިހާރުގެ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިނުވީ ނަމަވެސް, އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކަމަށް ކެމްޕެއިން ކުރައްވަމުންނެވެ.

އެގޮތުން, ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވެފައިވަނީ ޗެއާޕާސަންގެ އިންތިހާބަށް ނުކުންނަވާ ކުރައްވާ މަސައްކަތަކީ ވެސް ރައީސަށް ދެވަނަ ދައުރެއް ޔަގީން ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. މި އަހަރަށް އެމްޑީޕީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު, ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހެޅުމާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގަ އެވެ.

ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިހާބު ކުރާ ޗެއާޕާސަނަށެވެ. އެމްޑީޕީގެ މި އިންތިހާބު މިހާ ވާދަވެރި, ބޭނުންތެރިވެފައިވަނީ ވެސް މި ސަބަބަށްޓަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox