މަސްއޫދަށް ދިން ހަމަލާ: ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް

ލ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފް: އޭނާގެ ވަކި ކޮޅަކަށް ބުރަވެ މައްސަލައެއް ނިންމިކަމަށް ބުނެ މައްސަލައެއް ވަނީ ޖޭއެސްސީއަށް ހުށަހަޅައިފަ.

ލ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފް: އޭނާގެ ވަކި ކޮޅަކަށް ބުރަވެ މައްސަލައެއް ނިންމިކަމަށް ބުނެ މައްސަލައެއް ވަނީ ޖޭއެސްސީއަށް ހުށަހަޅައިފަ.

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް ލ. ފޮނަދޫގައި މިދިޔަ އަހަރު ތެރޭ މީހަކު ހަމަލާދިން މައްސަލައިގައި ގާޒީ ހުކުމްކޮށްފައިވަނީ ވަކި ފަރާތަކަށް ބުރަވެ، އިންސާފުން ބޭރުންކަމަށް ބުނެ، އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ރޭގަނޑު ވަގުތެއްގައި މަސްއޫދު އޭނާގެ އަނބިމީހާ ފާތިމަތު އާސިޔާއާއެކު ފޮނަދޫގައި ސައިކަލެއްގައި ދަނިކޮށް، އެހެން ސައިކަލެއްގައި އައިސް މަސްއޫދާ އަރާ ހަމަކޮށް ދަގަނޑު ބުރިއަކުން އޭނާގެ އަތުގައި ޖެހި މައްސަލައިގައި ދައުވާ އުފުލީ ލ. ފޮނަދޫ، ދިލްކުސާގެ، އަހްމަދު ޝަމީމްގެ މައްޗަށެވެ. އެ ހާދިސާގެ ވީޑިއޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އެޑްވޮކެސީ ޗޭމްބާޒް ނަމަކަށް ކިޔާ ލޯ ފާމަކުންނެވެ. އެ މައްސަލަ ލޯފާމުން ޖޭއެސްސީއަށް ހުށަހެޅީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ ފަނޑިޔާރު އަދި މަސްއޫދަށް ހަމަލާދިން މައްސަލަ ބެއްލެވި ފޮނަދޫ މެޖިސްޓްރޭޓް ކޯޓު އަދި ލ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްއާ ދެކޮޅަށެވެ.

އެ މައްސަލައިގައި ކޯޓުން ނިންމާފައިވަނީ މަސްއޫދަށް ހަމަލާދިން ކަމަށް ތުހުމަތުކުރާ ޝަމީމް، އެ ހަމަލާދިން ވަގުތު ހުރީ އެހެން ތަނެއްގައި ކަމަށް ބުނެ މައްސަލަ ސާބިތުނުވާ ކަމަށެވެ.

އެ ހުކުމާ ގުޅިގެން ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި އެޑްވޮކަސީ ޗޭމްބާޒްއިން ބުނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުހަލާގެ ތެރެއިން އެ މައްސަލައިގައި މަސްއޫދާއި އާސިޔާގެ ހެކިބަސް ބަލައިގަތުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މައްސަލައިގައި ހުކުމް ކުރިއިރު މަސްއޫދާއި އާސިޔާގެ ހެކިބަސް ބަލައިގަނެވެން ނެތް ކަމަށް ކޯޓުން ނިންމާފައިވާއިރު، އެ ހެކި ބަހަށް ހުކުމްގައި ރިއާޔަތް ނުކުރަން ވެސް ކޯޓުން ނިންމާފައިވާ ކަމަށް އެޑްވޮކަސީ ޗޭމްބާޒްއިން ބުނެ އެވެ.

އެ ލޯ ފާމުން މައްސަަލަ ހުށަހަޅަމުން ބުނީ ކޯޓުން އެގޮތަށް ނިންމާފައިވަނީ މަސްއޫދަކީ އެ މައްސަލައިގައި އަނިޔާ ލިބުނު މީހާ ކަމުގައި ވެފައި، އެ ހެކި ބަހުގައި މަސްއޫދުގެ މަސްލަހަތު އޮތުމުންކަމަށް ބުނެފަ އެވެ. އަދި މަސްއޫދުގެ އަންހެނުން އާސިޔާ ދޭ ހެކި ބަސް ވެސް މަސްއޫދާ އެއްކޮޅަށް އޮންނާނެތީ، ހަމަ އެ ސަބަބުތަކަށްޓަކައި އެ ހެކިބަސް ވެސް ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެޑްވޮކަސީ ޗޭމްބާޒްއިން ބުނީ އެ ހާލަތްތަކަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުހަލާގައި ވެސް އޮތް ހާލަތްތަކެއް ކަމަށާއި އޭރު އެ ހެކިބަސް ބަލައިގަންނަން ނިންމިއިރު، އެގޮތަށް ނިންމީ އެ ހާލަތްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އެނގެން އޮތް ކަމަށެވެ.

އަދި އެއްފަހަރު ނިންމާ ނިންމުމަކާ ތައާރުޒުވާ ގޮތަށް މައްސަލަ ނިންމުމުގެ ބާރު އެ މަރުހަލާއެއްގެ ކޯޓުތަކަށް ލިބިގެންނުވާ ކަމަށް އެޑްވޮކަސީ ޗޭމްބާޒްއިން ބުނެ އެވެ. އަދި އެ މައްސަލައިގައި ނިޔާ ކަނޑައަޅަން ޖެހޭނީ ވަކި ފަރާތަކަށް ބުރަނުވެ ކަމަށް ވެސް އެ ލޯ ފާމުން ބުނެ އެވެ.

މަސްއޫދަށް ހަމަލާދިން މައްސަލަ ނިންމި ގޮތް

އެ މައްސަލައިގައި ދައުވާ އުފުލި ޝަމީމްގެ މައްޗަށް ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުގައި އަސާސީ އަދަބެއްގެ ގޮތުގައި ހަތް އަހަރާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޮންނަ އެ ދައުވާގެ ޝަރީއަތަށް ދައުލަތުން 11 ހެކި ހުށަހެޅި އެވެ.

ވީޑިއޯ ފުޓޭޖު ހިމެނޭހެން 11 ހެއްކެއް ދައުލަތުން ހުށަހެޅިއިރު، އޭގެ ތެރެއިން ގިނަ ހެކި ބަލައިނުގަންނަން ޝަރީއަތުން ނިންމި އެވެ. ދިފާއުގައި އޭރު އޭނާ އެ ވަގުތު ހުރީ ކޮންމެ ވެސް ގެއެއްގައި ކަން ސާބިތު ކުރަން ވެގެން ޝަމީމް ހުށަހެޅި ހަތަރު ހެކިންގެ ބަސް ނަގާފައިވެ އެވެ.

ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓް ޝަރީފް ކުރެއްވި ހުކުމުގައިވާ އޮތީ، އަނިޔާވީ މަސްއޫދުގެ ކަނާއަތަށް ކަމަށް ދައުލަތުން ހުށަހެޅި ލިޔެކިއުންތަކުން ފެންނަން އޮތް ނަމަވެސް މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު ބުނީ އަނިޔާވީ މަސްއޫދުގެ ވައަތަށް ކަމަށެވެ.

މަސްއޫދުގެ އަނބިމީހާގެ ފޯނު ފުލުހުން ހުޅުވާފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވާތީ އެ ވީޑިއޯ ވެސް ބަލައިނުގަތުމަށް މެޖިސްޓްރޭޓް ނިންމެވި އެވެ. އެހެންވެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރު ކުރި އޮފިސަރުންގެ ހެކި ބަސް ވެސް ބަލައިނުގަންނަން ނިންމި އެވެ.

އެ މައްސަލައިގައި މަސްއޫދުގެ ފަރާތުން ހެކިބަސް ދެވުނީ އޭނާއަށް އެކަންޏެވެ. ދައުވާ ރައްދުވާ ޝަމީމްގެ ފަރާތުން ހެކިބަސް ދިން ހަތަރު މީހުން ވެސް އޭނާ އެ ވަގުތު ގެއެއްގައި ސިޓިން ރޫމު ސާމާނުތަކެއް ރާވަން ހުރި ކަމަށް ބުނުމުން ޝަރީއަތުން ބުރަވީ ޝަމީމްގެ ކޮޅަށެވެ. އަދި ދައުވާ ސާބިތު ނުވާ ކަމަށް ނިންމެވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox