ޔުނައިޓެޑްގެ އެންމެ ބޮޑު ޓާގެޓަކީ ބާސެލޯނާގެ ފްރެންކީ ޑި ޔޯން

May 13, 2022, 4:13 AM
ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން: އޭނާ ހޯދަން ޔުނައިޓެޑުން އަންނަނީ ފާރަލަމުން.

ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން: އޭނާ ހޯދަން ޔުނައިޓެޑުން އަންނަނީ ފާރަލަމުން.

މެންޗެސްޓާ (މެއި 13) - މެންޗެސްޓާ ޔުނައިޓެޑް އަންނަ ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑަށް ޓާގެޓްކުރާނެ ކުޅުންތެރިއަކީ ބާސެލޯނާ އަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޑި ޔޯން، 25، ޔުނައިޓެޑަށް ގަންނަން އެންމެ ބޮޑަށް ބާރުއަޅަނީ އަންނަ ސީޒަނުގައި ޔުނައިޓެޑާ ހަވާލުވާން ނިންމާފައިވާ ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް އެވެ. ޓެން ހާގް ވަނީ މީގެ ކުރިން އޭނާއާ އެކު އަޔަކްސްގައި މަސައްކަތް ކޮށްފައިވާ ހުނަރުވެރި މިޑްފީލްޑަރު، ޑި ޔޯން ޔުނައިޓެޑަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެދިފަ އެވެެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މާލީ ގޮތުން ކްލަބް ރަނގަޅު ހާލަތަކަށް ގެންނަން ބާސެލޯނާ އިން ކުޅުންތެރިންތަކެއް ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. އެ ކުޅުންތެރިންގެ ތެރޭގައި ނެދަލެންޑްސްގެ މެމްފިސް ޑިޕާއި އާއި ޑިޔޯން ހިމެނެ އެވެ. ޑި ޔޯން ގަންނަން ޔުނައިޓެޑުން 75 މިލިއަން ޑޮލަރު ދައްކަން ތައްޔާރަށް އޮތް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑި ޔޯން ވިއްކާލުމާ މެދު ބާސެލޯނާގެ ބޯޑުގެ ވިސްނުން އޮތީ ދެކަފިވެފަ އެވެ. އަދި ކޮންމެ ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވެސް ގޮތެއް ނިންމުމުގައި އެންމެ ފަހު ބަސްބުނާނީ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އެވެ. ޒަވީ ވަނީ ޓީމުގެ މުސްތަގުބަލު ގުޅިފައި އޮތް އެއްވެސް ކުޅުންތެރިއަކު ކްލަބް ދޫކޮށްނުދާނެ ކަމަށް ބުނެފަ އެވެ.

ބާސެލޯނާގެ މެޗެއްގެ ތެެރެއިން ޑި ޔޯން ބޯޅަ ހިފައިގެންދަނީ.

ޑި ޔޯންގެ މުސްތަގުބަލާ ބެހޭގޮތުން ޒަވީ ސީދާ ޖަވާބެއް މިހާތަނަށް ނުދެ އެވެ. މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު ޑި ޔޯން ބާސެލޯނާ އަށް ބަދަލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޑި ޔޯން ހޯދަން ބާސެލޯނާ އިން އަޔަކްސް އަށް 83 މިލިއަން ޑޮލަރުގެ ފީ އެއް ދެއްކި އެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ޖުލައި އެއް ވަނަ ދުވަހު ޓެން ހާގް ޔުނައިޓެޑާ ގުޅޭއިރު، ކުރަން ޖެހިފައި އޮތީ އުނދަގޫ މަސައްކަތެކެވެ. އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޔުނައިޓެޑް ނުފެންނާނެކަން ކަށަވަރުވެފައިވާއިރު، ޔުނައިޓެޑަށް އަދި ޔޫރޮޕާ ލީގުގެ ޖާގައެއް ވެސް މުޅިން ކަށަވަރެއް ނުވެ އެވެ.

އަންނަ ސީޒަނަށް ޓީމެއް އެކުލަވާލަން ޓެން ހާގަށް ދެނީ 100 މިލިއަން ޕައުންޑް (120 މިލިއަން ޑޮލަރު) އެވެ. އޭގެ އިތުރުން ޓެން ހާގަށް ހަރަދުކުރަން ލިބޭނީ ޓީމުގައި ތިބި ކުޅުންތެރިން ވިއްކައިގެން ލިބޭ ފައިސާ އެވެ. އެކަމަކު، ޔުނައިޓެޑުން ދާން ތިބި ގިނަ ކުޅުންތެރިންނަކީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ނިންމައިގެން ތިބި ކުުޅުންތެރިންނެވެ. އެއީ ނަމާންޏާ މަޓިޗް، ޕައުލް ޕޮގްބާ، ހުއާން މަޓާ، އެޑިންސަން ކަވާނީ، ޖެސީ ލިންގާޑް އަދި ގޯލްކީޕަރު ލީ ގްރާންޓް އެވެ.

ޔުނައިޓެޑުން ވިއްކާލަފާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި، ފިލް ޖޯންސާއި އާރޮން ވަން ބިސާކާ، ލޫކް ޝޯ، ހެރީ މެގުއާ އަދި އެންތަނީ މާޝިއަލް ހިމެނެ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އަލުން ރެއާލް މެޑްރިޑާ ގުޅިދާނެ ކަމުގެ އަޑުތަކެއް ވަނީ މީޑިއާގައި ފެތުރިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox