ވަޒީރުންގެ ގޯސްތައް ރަނގަޅު ނުކޮށް 2023 ނުލިބޭނެ: އިމްތިޔާޒު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) - ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) - ފޮޓޯ: އަދަދު

ސަރުކާރުގެ ބައެއް ވަޒީރުން ތަކުރާރުކޮށް ގޯސް ހައްދަވަމުން ގެންދަވާ ކަމަށާއި އެ ގޯސްތައް ރަނގަޅުނުކޮށް 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ޓީވީ" އިން ކުރިއަށް ގެންދިޔަ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ބަހުސްގައި އިންތިއާ ވާދަކުރައްވާ އިކޮނޮމިކް ފައްޔާޒް އިސްމާއިލަށް ނުސީދާކޮށް އިޝާރަތް ކުރައްވައި އޭނާ ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތައް އޮތް ކަމަކީ އެމްޑީޕީގެ ވައުދުތަކާއި ވަކާލާތު ކުރަމުން އައި ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރުން ކަމަށެވެ.

"މި ވައުދުތައް ނުފުއްދައި ޑިވައިޑް އެންޑް ރޫލްގެ އުސޫލުތައް ސަރުކާރުން އިސްކުރާތީ އެމްޑީޕީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބަ އޮތް، އެ ކަން އިސްލާހުކޮށް ޕާޓީ އެއްބައިވަންތަ ކުރަން އަޅުގަނޑު ޗެއާޕާސަން ކަމުގައި މަސައްކަތް ކުރާނެ،" އިންތި ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ކުރަން އޮތް އެންމެ މުހިންމު ކަމަކީ "މި ހިނދުން މި ހިނދަށް ވެސް އިތުބާރު ހޯދުން" ކަމަށާއި އިތުބާރު ގެއްލުނީ ވެސް ސަރުކާރުގެ ބައެއް ވަޒީރުންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލިފައި ނެތް އިރު، މި ސަރުކާރުގެ ތެރެއިން ހިންގާފައިވާ ހިޔާނާތްތަކުގެ މައްސަލަ ވެސް ބެލިފައި ނުވާ ކަމަށް އިންތި ވިދާޅުވި އެވެ. އަދި، އެ ވާހަކަތައް ހުއްޓުވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަވާބުދާރީ ކުރަނިވި ދައުލަތެއް އުފެއްދުމަކީ އެމްޑީޕީގެ ޗާލު ވައުދެއް، އެ ކަން ކުރިއަށް ދާން އެބަ ޖެހޭ،" ސަރުކާރު ތެރެއިން ހިނގާ ގޯސްތައް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުހުއްޓުވުން މުހިންމު ކަމަށް ފާހަގަކުރައްވައި އިންތި ވިދާޅުވި އެވެ.

މި ބަހުސްގައި އިންތި ވަނީ ފައްޔާޒަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. ގަމު ދާއިރާގެ ރައީސްކަން ދެވަނަ ދައުރަށް ފައްޔާޒު ފުރުއްވާއިރު ދާއިރާގައި ބައްދަލުވުންތައް ގެންދެވިފައި ނެތް ކަމަށް ވިދާޅުވި އެވެ. ބިދޭސީންގެ މައްސަލަތައް ވެސް އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން ފައްޔާޒަށް ހައްލު ކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު ވެސް ގެންދެވީ އިންތިއާއި އޭނާގެ ޓީމަށް ހޫނު ރައްދުތަކެއް ދެއްވަމުންނެވެ. ޕާޓީގެ ލީޑާޝިޕްގައި އޮތީ އިންތި ޓީމުގެ ބޭފުޅުން ކަމަށާއި، ޕާޓީތެރޭ ފަސާދަ އުފެއްދުން ނޫން ކަމެއް ނުކުރައްވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ވަކި ބައެއްގެ ބާރު އެކަނި ޕާޓީތެރޭ ބޭއްވުން ފަދަ ޑިމޮކްރެޓިކް އުސޫލުތަކާ ދުރު ކަންކަން ތަންފީޒު ކުރަން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، ކޮންމެ ބޭފުޅަކު ވެސް ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރައްވާތީ އެވެ. ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރައްވާކަން ރައީސް ސޯލިހު ވެސް، އަދި ނަޝީދު ވެސް ފާޅުގައި ވިދާޅު ނުވިޔަސް، މި އިންތިހާބުގައި ރައީސް ސޯލިހުގެ ތާއިދު އޮތީ ފައްޔާޒަށެވެ. އަދި ނަޝީދުގެ ތާއިދު އޮތީ އިމްތިޔާޒު އަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް ވުރެ އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox